20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޓީސީސީގެ ހިއްސާ ބެހުން

އެމްޓީސީސީގެ ހިއްސާއަކަށް މިފަހަރު 2.60ރ ބަހަން ނިންމައިފި

 • އެމްޓީސީސީއަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ
 • ދަތުރުފަތުރުކުރުމުގެ ދާއިރާއިން މިއަހަރު ވަނީ ގެއްލުންވެފައި
 • އެމްޓީސީސީން ދަރަންޏަށް ކެނޑުމަށް ފަހު ޖުމްލަ އެސެޓް ހުރީ 964.39 މިލިއަން ރުފިޔާގައި
ސިމާހާ ނަސީމް | sim_kamana

| 27 އޭޕުރިލް 2018 | ހުކުރު 05:23 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ : ސިމާހާ ނަސީމް

ނިމިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 2.60ރ ބަހަން އެ ކުންފުނިން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައި ވަނީ 49 ހިއްސާދާރުންނާއި 452 ޕްރޮކްސީއާ އެކު ޖުމުލަ 501 ހިއްސާދާރުންނެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން 1.29 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް 145.37 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާފައިވާ ކަމަށާއި މިއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 26 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އެމްޓީސީސީއަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެވެ. އެ ދާއިރާ އިން 63 މަޝްރޫއެއްގައި މަސައްކަތްކޮށް 36 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 798 މިލިއަން ރުފިޔާގެ އާންދަނީއެއް ވަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ހޯދާފައެވެ. މިއީ ކުންފުނީގެ މުޅި އާމްދަނީގެ 61 އިންސައްތައެވެ.

ދަތުރުފަތުރުކުރުމުގެ ދާއިރާ އިން 2017 ވަނަ އަހަރު އެމްޓީސީސީއަށް 55.86 މިލިއަން ރުފިޔާ ގެއްލުންވެފައިވާއިރު، 2016 ވަނަ އަހަރު 35.14 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ގެއްލުމުގެ އިތުރުވުމެކެވެ.

މީގެ އިތުރުން ޑޮކިންގް އެންޑް މެއިންޓޭނަންސްގެ ދާއިރާ އިން 1.38 މިލިއަން ރުފިޔާގެ ގެއްލުން މިދިޔަ އަހަރު ލިބިފައިވާއިރު މި ދާއިރާއަށް 2016 ވަނަ އަހަރު ލިބުނީ 7.19 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އެމްޓީސީސީން ދަރަންޏަށް ކެނޑުމަށް ފަހު ޖުމްލަ އެސެޓް ހުރީ 964.39 މިލިއަން ރުފިޔާގައެވެ.

އެމްޓީސީސީން ހިއްސާގެ ފައިސާގެ ގޮތުގައި 2016 ވަނަ އަހަރު ހިއްސާއަކަށް 24ރ. ވަނީ ބަހާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކިއްލިގޮއްޓެއްވެސް

10 މަސް ކުރިން

ނުލިބޭނެ ކިއްލިގޮއްޓެއްވެސް 2.60ރ އަކަށް

0
0