21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޕޯޓް

އަސްރު ދިޔައީ ގެއްލިގެން.................

  • މަރިޔަމް ސައީދު އަވަހާރަވީ ލަންކާގައި
  • އެކަމަނާ އަވަހާރަވީ 87 އަހަރު ފުޅުގައި
  • އެކަމަނާ ވަނީ ދިވެހި އަދަބަށް ގިނަ ޅެންތަކެއް ދޫކުރައްވާފައި
އަހުމަދު މުހުސިނު | dhonbandaara

| 26 އޭޕުރިލް 2018 | ބުރާސްފަތި 19:27 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މަރްޔަމް ސައީދު: ގެއްލިގެން ދިޔައީ ކުޅަދާނަ ޅެންވެރިއެކެވެ. -- ދިވެހި ޑައިޖެސްޓް

" އަސްރު ދިޔައީ ގެއްލިގެން" މިއީ އާދައިގެ ޅެމެއް ނޫނެވެ. ޅެމުގެ ޙަޤީގީ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާތީ އަޑު އެހިއަސް މިޅެމުގެ މާނަ މުޅިން އެހެން އޮތެކޭ ބުނެވޭވަރަށް ވުރެ ތިލަވެފައި ސާދާކަން ބޮޑެވެ.

ޅެމަށް ބަލާއިރު ޅެން ފައްޓަވާފައިވަނީ އުއްމީދު ކުރަމުން އައި އުފާވެރިކަން ގެއްލިގެން ހިނގައްޖެ ކަމަށް ބުނަމުންނެވެ. ޅެންވެރިޔާގެ ބަހުންނަމަ އުފާވެރިކަމުގެ ބަގީޗާގައި ފޮޅެމުންއައި މަލަށް ކުރެވުނު އުއްމީދު ފުނޑުފުނޑުވެ މަލުގެ ފިޔަތައް ޚަރީފް މޫސުމުގެ ގަދަވަޔާއެކު ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ.

ދެވަނަ ބައިތުގައި ވަނީ ޅެންވެރިޔާއާއި އޭނާގެ ލޯބިވެރިޔާ ހޭދަކުރަމުން އައި އުފާވެރިކަން ގެއްލުވާލާ އެލޯތްބަށް ނިމުން އަންނަކަން އެދެމީހުންނަށް ވެސް ފެންނަމުން ދިޔަ ވާހަކައެވެ.  މުޅި ކައުނު އަނދިރި ކޮށްލާ ފަދަ ސާލެއް ދައުރުވަމުން ފަތުރަމުން އައިހެންނެވެ.

އިތުރަކަށް ޅެމުގެ ބައިތަކަކަށް ދާނެހާ ހިތްވަރެއް ނެތެވެ. މީހަކު އޭނާގެ ލޯބިވެރިޔާ ބީވެގޮސް އުފާވެރި ދިރިއުޅުން ނިމުމާއެކު އެކުރެވޭ އިހްސާސްތައް ތިޔަބޭފުޅުންނަށް ދޫކޮށްލާނަމެވެ. ހަމަގައިވެސް ޅެން ވެރިޔާ އެވަނީ އެއަސަރު ގަދަ ވާހަކަތައް ޅެންބަހުން ބަރުތީލަ ކޮށްފައެވެ. އޭނާގެ އެވޭނީ އުދާސްތައް އޮބި ނޯވެގެން ބަންޑުން ކޮށްލާފައެވެ. އެކަމަކު ޅެންވެރިޔާގެ އެވާހަކަތައް އަޑު އަހާފައި މިއަދަކު ދިވެހި ޤައުމަކަށް ވެސް ކެތެއް ނުވިއެވެ. ޅެންވެރިކަމުން ދިވެހި އަދަބަށް އެތައް މަލެއް ފޮޅުވައިދިން އެއަސަރުގަދަ ޅެމުގެ ވެރިޔާ މ ބަގީޗާގޭ މަރިޔަމް ސައީދު ދުނިޔެ ދޫކުރުމުންނެވެ.

މަރްޔަމް ސައީދަކީ ދިވެހި އަދަބީ ޤުލްޝަނަށް އެފަދަ އެތައް ޅެމެއް ދޫކުރެއްވި ކުޅަދާނަ ޅެންވެރިއެކެވެ. މަރިޔަމް ސައީދުގެ ޅެންވެރިކަމުގެ މުދައްރިސަކީ ދިވެހި އަދަބިއްޔާތުގައި ދެވަނައެއް ނުވާ އަދި ޅެންވެރިކަމުގެ ބަގީޗާގައި ފޮޅުނު އޯކިޑް މަލެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލުގެ ގޮތުގައި ދައްތާފުޅު ފާތިމަތު ސައީދު އުފެއްދެވި ސުމުއްވުލް އަމީރް އަލްމަރްހޫމް މުހައްމަދު އަމީން ދީދީއެވެ.  އަދި ބައްޕާފުޅު އައްޝައިހް ހުސައިން ސަލާހުއްދީނެވެ. އާއިލާގައި ދެން ތިއްބެވީ ވެސް ކުޅަދާނަ އަދީބުންނާއި ޅެންވެރިންނެވެ. ޅެންވެރިކަމުގައި މަރިޔަމް ސައީދު ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ހިތްވަރު ހޯއްދެވީ، ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ، އައިމިނަތު ފާއިޒާގެ ކިބައިންނެވެ.

މަރްޔަމް ސައީދު ފާހަގަ ވެފައިވަނީ  ކަމާކަން ފަށައި ޅެން ހައްދަވަން އިންނެވުމުގެ ބަދަލުގައި ހިޔާލަށް އަންނަ ޝުއޫރުތައް ފަސޭހަކަމާ އެކު ޅެން ބަހަށް ބަދަލުކުރެއްވި ކުޅަދާނަ ޝާއިރެއްގެ ގޮތުގައެވެ. އެކަމަނާގެ އެތައް ޅެމެއް މިއަދުވެސް އެހުރީ ފެންނާށެވެ. ކިޔަވާ ކުދިންނަށާއި ދިވެހި އަދަބިއްޔާތައް އެއީ ގުނާ އަދަދު ނުކުރެވޭ ވަރުގެ ޚަޒާނާއެކެވެ.

ދެވަނަ ޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރްޔަމް ސައީދަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. އޭގެ އިތުރުން ތައުލީމަށް ވެސް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.  އޭރުގެ މާފަންނު މަދަރުސާ ކަމަށްވާ މަދަރަސުލް ސަލާހިއްޔާގެ މުދައްރިސްކަން ވެސް އެކަމަނާ ކުރެއްވިއެވެ.

ތެދެކެވެ. އުމުރުފުޅުން 87 އަހަރުގައި މަރްޔަމް ސައީދު އެވަނީ މިފަނާ ކުރަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެކަމަނާ ވިދާޅުވާހެން "އަސްރު ގެއްލިގެން ދިޔަ" ގޮތަށެވެ. އެކަމަކު އެކަމަނާގެ ޅެންތަކާއި އަދަބަށް ކުރެއްވި ޚިދުމަތް ފަނޑުވުމެއް ނެތި ދެމިއޮންނާނެއެވެ. އަސްރު ގެއްލިގެން ދިޔަޔަސް އެއްގޮތަކަށް ވެސް އެއަސަރާ އެފަށުވި ޅެންތައް ތާއަބަދަށް ގެއްލިގެނެއް ނުދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް