26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ!

 • ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން
 • ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ޤަބޫލުކުރެއްވޭ ގޮތް
 • ރައީސް ޔާމީނަށް ރައްޔިތުންގެ ޙާލު އެނގިވަޑައިނުގަންނަވާކަން ފަޅާއަރައިފިކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ
މިއުވާން މުހައްމަދު | Miuvaan

| 26 އޭޕުރިލް 2018 | ބުރާސްފަތި 18:03 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
 8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


މާލެ ތޮއްޖެހިފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސް ޔާމީން (ވ) ވިދާޅުވީ \'ރަށްވެހި ތަރައްޤީ\' ފޮތް ނެރެދެއްވަމުން -- ރައީސް އޮފީސް

މާލެ ތޮއްޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމުން ބަޔަކު މީހުން ވަރަށް ކަންބޮޑުވެގެން އުޅެއެވެ. އެމަނިކުފާނަށް ރަތް މަހަކަށް ނުގޮވާ ވަރަށް މީހުން ސޯޝަލް މީޑިއާގައި އެއްޗެހިކިއެވެ. ރައީސް ޔާމީންގެ ސިކުނޑިފުޅާއި ލޯފުޅު ޓެސްޓްކުރަން މީހުން ގޮވިއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ދެއްކެވީ ތެދުވާހަކަފުޅެކެވެ.

ތެދުވާހަކަފުޅެކޭ މިދެންނެވީ އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ޤަބޫލުކުރެއްވީ ގޮތުގައި މާލެ ތޮއްނުޖެހޭ ވާހަކައެވެ. ކަމެއްގެ ދެކޮޅު ނުބައްލަވައި، ހަޤީގަތް ނުބައްލަވައި، ބޭނުންފުޅު ގޮތަކަށް ކަމެއް ޤަބޫލުކުރައްވައިގެން އުޅުއްވުމަކީ އަދި ވަކި ވާހަކައެކެވެ. ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވަނީ މޮޓޯ ކޭޑުގައި ވަރަށް ބާރު ސްޕީޑްގައި ހަތިޔާރު އެޅި ސިފައިންނާއިއެކުގައެވެ. އާއްމު ރައްޔިތަކަށް މަގުތަކުގެ ބާރު ބޮޑު ގަޑިއެއްގައި 15 މިނެޓުން ސައިކަލުގައި ދެވޭ ތަނަކަށް ރައީސް ޔާމީނަށް ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅުގައި ސްޕެޝަލް ފޯސަސް ސިފައިންނާއިއެކު 2 މިނެޓުން ދެވޭނެއެވެ. ނުވިތާކަށް އެވަޑައިގަންނަވާ ވަގުތޮކޮޅު މުދާ އުފުލާ ލޮރީއަކާއި ހެދި 5 ސިކުންތު ލަސްވިޔަސް، މުޅި އިޤްތިޞާދަށް އޭގެ އަސަރުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް މުދާ އުފުލާ ގަޑިތަކަށް ގެނެސްގެންވެސް ތަންތަނަށް ވަޑައިގަތުން އަވަސްކުރެއްވިދާނެއެވެ. އެހެންވީމާ މާލޭގެ މަގުތަކުތަކުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާނީ އެއްވެސް ވަރަކަށް ތޮއްޖެހިފައިނުވާ މަންޒަރެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ. 

ރައީސް ޔާމީންއަކީ މީހުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތްފަހުން ހުކުރު ނަމާދަށް އާއްމުންދާ މިސްކިތަކަށް ރައީސް ޔާމީން ވަޑައިގަތްތަން ފެނިގެން އެވާހަކަ ދެއްކި މީހަކާއި ދިމަލެއް ނުވެއެވެ. ކެމްޕޭން ދުވަސްވަރުވެސް މާލޭގެ ގެތަކަށް މާބޮޑަށް ޒިޔާރަތްކުރައްވައި މީހުންގެ ހާލެއް ނުބައްލަވައެވެ. އެކަން ކުރެއްވީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްމެން ފަދަ ބޭބޭފުޅުންނެވެ. ރައީސް ޔާމީން ބައްދަލުކުރެއްވީ މާލޭގައި ބިން ހުރި، ބޮޑެތި އެޕާޓްމަންޓްތައް ހުރި މުއްސަނދި ވިޔަފާރިވެރިންނާއި ބިންވެރިންނާއެވެ. އެހެން ވީމާ، މާލޭގައި ރައްޔިތުން ދިރިއުޅޭ ޙާލެއް ރައީސް ޔާމީނަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ. 

މާލޭގައި އާއްމުކޮށް މީހުން އެއްތަނަކަށް ޖަވާމާ ތަންތަނަކީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކެވެ. ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޕީޕީއެމްއިން އާއްމު ޖަލްސާއެއް ބާއްވާލިޔަސް އެތަންތަނަށް އެދަނީ އަބަދު ދާ މަދު އެއް ބަޔެކެވެ. ދެން އަބްދުއްރަހީމާއި ނިހާން ވަޑައިގެން ރައީސް ޔާމީން އަރިހު "މިތިބީ ހައްތަހާވެސް މަނިކުފާނުގެ ސަޕޯޓަރުންނޭ"، "މަނިކުފާނަށް ވަރަށް ތާޢީދު އެބައޮތޭ"، ދެންނެވީމާ ރައީސް ޔާމީނަށް ހީވާނީ އެތަނުގައި އެތިބީ މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑުބައެއް ކަމަށެވެ. މަޖުބޫރުކޮށްގެން ސަރުކާރު މުވައްޒަފުންނާއި އާއިލާތަށް ޖަލްސާތަކަށް ގެންދިޔައީމާ، ރައީސް ޔާމީނަށް ހީފުޅުވާނީ އެ ދެހާހެއްހާ މީހުންނަކީ މާލޭގެ އާބާދީގެ ބޮޑު ބައި ކަމަށެވެ. އެމަނިކުފާނަށް ބަޔަކު މީހުން ވިސްނައިދީފައި އޮންނަނީ އެހެންނެވެ. އެމަނިކުފާނަކީ ރިޔާސީ ގަނޑުވަރުން، ރައީސް އޮފީހަށް، އަދި ރައީސް އޮފީހުން އާރަށަށް ނޫން އެހެން މާގިނަ ތަންތަނަށް ދަތުރުކުރައްވާ ބޭފުޅަކަށް ނުވާތީ އެމަނިކުފާނަށް އެކަން އެނގިވަޑައިނުގެންފާނެއެވެ. މައްސަލައަކީ ކައިރީގައި ތިބެ އެމަނިކުފާނަށް އެހެން ވިސްނައިދޭ މީހުންނެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ. 

ރައީސް ޔާމީނަށް މިމައްސަލައިގައި އެއްވެސް މީހަކު ކުޑައިމިސް ބަހެއް ބުނެގެންވާނެ ކަމަށް އަޅުގަނޑު ނުދެކެވެ. އެމަނިކުފާނު ވިދާޅުވީ ތެދުފުޅެކެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭ ގޮތުގައި މާލެ ތޮއްޖެހިގެންނެއް ބަޔަކު އުޅޭކަށް ނުޖެހެއެވެ.

މިކަމުން ދޭހަވެގެންދަނީ އެމަނިކުފާނަށް ރައްޔިތުން އުޅޭ ހާލު ނޭނގުން ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުމެން ފަދަ ބޭބޭފުޅުން ވިދާޅުވުމާއި، އަދި ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުތެރޭގައި މޮޔަ ސިފަ ޖެހިފައިވުން ކަމަށް މެމްބަރު އިމްތިޔާޒް ފަހުމީމެން ފަދަ ބޭބޭފުޅުން ވިދާޅުވުމަކީ އަދި މުޅިން ތަފާތު ވާހަކައެވެ. ވެރިކަމަށް ވަޑައިގަތްފަހުން މިއަދާއި ހަމަޔަށް އައި އިރު އާއްމު ރައްޔިތުންގެ މީހާގެ ހާލު ރައީސް ޔާމީން ނުބެއްލެވުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. ޝަކުވާއަކާއިގެން ބަޔަކު ބައްދަލުކުރައްވަން ބޭނުންފުޅު ވިޔަސް އެކަމަށް ރައީސް ޔާމީން ފުރުސަތު ނުދެއްވުމަކީ އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. މާލޭގެ ރައްޔިތުންނަށް ޚިދުމަތްދޭން އޮތް ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި، މާލޭގެ ދާއިމީ އަދި ވަގުތީ އާބާދީއަށް ދޭން ޖެހޭ ޚިދުމަތްތައް މެދުކަނޑުވާލުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. މާލޭގެ ރައްޔިތުންގެ އަޑު އިއްވަން މަޖިލިސް މެމްބަރުންނަށް މަޖިލީހަށް ވަދެވެން އޮތް ދޮރުގައި ތަޅުއަޅުވާފައި ހުރުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފަސީ

5 މަސް ކުރިން

ކެމްޕޭން ދުވަސްވަރުވެސް މާލޭގެ ގެތަކަށް މާބޮޑަށް ޒިޔާރަތްކުރައްވައި މީހުންގެ ހާލެއް ނުބައްލަވައެވެ. އެކަން ކުރެއްވީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްމެން ފަދަ ބޭބޭފުޅުންނެވެ މިފަހަރު މެޑަމް ފާތުން ނެރެގެން މިއުޅެނީ މިހެންވީމަ ދޯ. ރައްޔިތުން ކައިރިއަށް ނިކުންނަން ނުކެރިގެން. .

0
0
ފުލެޓު

5 މަސް ކުރިން

ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް ޔާމީނު ވަރުގެ ވެރިއެއް މިގައުމަކައް ނާދެ

3
4