19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އެމެރިކާ

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

އައިޝަތު ޝާނީ | Shaaknee

| 7 ޖެނުއަރީ 2017 | ހޮނިހިރު 15:04 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑޮނާލްޑް ޓްރަމްޕް -- ގޫގުލް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް އެހީވެ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ގެއްލުން ލިބޭ ފަދަ ކެެމްޕޭނެއް ކުރިއަށް ގެންދިއުމަށް ރަޝިއާގެ ރައީސް ވްލާޑަމިއެރ ޕުޓިން "ސީދާ" އަމުރު ކުރެއްވި ކަމަށް އެމެރިކާ އިންޓެލިޖެންސް ކޮމިއުނިޓީން ނިންމައިފިއެވެ.

 

އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ނެރުނު އިންޓެލް ރިޕޯޓްގައި ބުނާ ގޮތުން، ޓްރަމްޕަށް އެހީވުމަށް އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒް ފޯރުވުމުގެ އަމުރެއް ޕުޓިން ކުރެއްވިކަން ވަނީ ކަށަވަރުވެފައެވެ.

 

"ރަޝިއާގެ ގޯލަކީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމާއި ކްލިންޓަންއަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލުން"ކަން ފާހަގަކޮށް ރިޕޯޓްގައި ބުނީ، ޕުޓިން އާއި ރަޝިއާގެ ސަރުކާރުން ޓްރަމްޕަށް ތާއީދު ކުރިކަން އެނގިފައިވާ ކަމެވެ.

 

އެގޮތުން، ޓްރަމްޕަށް އެހީވުމަށް ޕުޓިން ފެއްޓެވި ކެމްޕޭންގެ ތެރެއިން ސައިބަރބުލީ ކުރުމާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން "ޓްރޮލުން"ނަށް ފައިސާ ދިން ކަމާއި، ރަޝިއާގެ މިލިޓަރީ އިންޓެލިޖެންސް އިން މީޑިއާއަށް މައުލޫމާތު ހިއްސާކުރުން އަދި އިލެކްޓޮރަލް ބޯޑްތަކަށް ވަނުން ހިމެނޭ ކަމަށް ރިޕޯޓްގައި ވެއެވެ.

 

ރިޕޯޓްގައިވާ ގޮތުން، ހިލަރީ އިންތިހާބު ކާމިޔާބުކުރައްވަފާނެ ކަމަށް ހީވުމުން، ކެމްޕޭންގެ ފޯކަސް ބަދަލުވީ ހިލަރީއަށް ގެއްލުން ދިނުމަށް ކަމަށެވެ.

 

މީގެ އިތުރުން، ގުސިފަރ 2.0 އަދި ޑިސީލީކްސް.ކޮމް ބޭނުންކޮށްގެން ހެކްކޮށްގެން ހޯދި މައުލޫމާތު ލީކްކޮށް މީޑިއާތަކާއި ވިކިލީކްސް ހިއްސާކުރީ ރަޝިއާގެ މިލިޓަރީ އިންޓެލިޖެންސުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖްވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

 

އިންތިހާބަށް ނުފޫޒް ފޯރުވުމަށް ޕުޓިން ކެމްޕޭނެއް ފަށާފައިވާ ކަމަށް ރިޕޯޓްގައި ބުނާއިރު، ކެމްޕޭންގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރިތޯ ނުވަތަ ނޫންތޯ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ. 304 އިލެކްޓޮރަލް ވޯޓާއެކު ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އާންމުންގެ ވޯޓުން ޓްރަމްޕްވަނީ ތިން މިލިއަން ވޯޓުން ބަލިވެފައެވެ.

 

އިންތިހާބަށް ނުފޫޒް ފޯރުވުމުގައި ރަޝިއާގެ އަތެއް ނުވާ ކަމަށް ޓްރަމްޕްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

 

ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ހެކް ކުރަން ފުރުސަތު ލިިބުނީ ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީގެ އިހްމާލުން ކަމަށެވެ. އަދި އެމީހުންނަށް ހަމަލާ ނުދެވުނީ ރިޕަބްލިކަން ނެޝަނަލް ކޮމިޓީގެ ޑިފެންސް "ވަރުގަދަ"ކަމުން ކަމަށެވެ.

 

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހެކްކުރި މަސައްކަތުގައި ރަޝިއާގެ ބައިވެރިވުމެއް ނުވާ ކަމަށާއި، އެކަމާ އެހެން ބަޔަކާ ގުޅުމެއް ވާކަމުގެ ހެކި އެބަހުރި ކަމަށް ޓްރަމްޕްވަނީ ނިމިގެން ދިޔަ ހަފްތާގައި ވިދާޅުވެފައެވެ. އަދި އެ މައުލޫމާތަކީ އެއްވެސް ބައެއްގެ އަތުގައި އޮންނާނެ މައުލޫމާތެއް ނޫން ކަން ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރައްވާނެ މަށެވެ.

 

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒް ފޯރުވުމަށް ރަޝިއާގެ ބައިވެރިވުން ވާކަން ގަބޫލުކުރެވޭ ކަމަށް ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ވެސް ބުނެފައި ވެއެވެ. އަދި ރައީސް ބަރަކް އޮބާމާވަނީ އެ މައްސަލަައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އަމުރުކުރައްވާފައެވެ.

 

ވިކިލީކްސްއަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ރަޝިއާ ސަރުކާރާ ގުޅުން އޮންނަ ފަރުދުން ބައިވެރިވެފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ. މިކަމާ ގުޅިގެން، އެމެރިކާއިން ވަނީ ހެކްކުރުމާ ގުޅުން ހުރި ކަމަށް ބުނެ، ރަޝިއާގެ 35 ޑިޕްލޮމަޓުން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

 

ރައްދުގައި ޕުޓިން ވިދާޅުވީ، ރަޝިއާއިން އެ ފެންވަރަށް ނުވެއްޓޭނެ ކަމަށެވެ.

 

ރައީސްކަމަށް ޓްރަމްޕް ހުވާކުރައްވާ، ވައިޓް ހައުސްއަށް ވަޑައިގަންނަވާނީ ޖެނުއަރީ 20 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް