16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މަގޭ ރިޕޯޓް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

 • މެންބަރުން މަޖިލީހުގައި ނިންމި ނިންމުންތަކުން އެ މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައި
 • ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ދެ ފަނޑިޔާރުން ވަނީ ހައްޔަރު ކޮށްފައި
 • 5 ފަނޑިޔާރުން ނެރުނު އަމުރުގެ ބައިތައް 3 ފަނޑިޔާރުން ވަނީ ބާތިލް ކޮށްފައި
އަހުމަދު މުހުސިނު | dhonbandaara

| 25 އޭޕުރިލް 2018 | ބުދަ 19:27 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ސުޕްރީމް ކޯޓު: ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން -- ފޮޓޯ : މުހައްމަދު ޝަރުހާން

ގޭގެ ރަނގަބީލު ޖަހާލުމުން ދޮރު ހުޅުވާލުމާ އެކު މީހަކު ދިއްކޮށްލީ ސިޓީ އުރައެކެވެ. ކަނޑައި ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. "ސަރުކާރުގެ ބޭނުމަކަށް ތިޔަ ބޭފުޅާގެ އަނބިމީހާ ވަރިކޮށްފީމެވެ." އޭގައި އޮތެވެ. ސަބަބު ވެސް އޮތެވެ. އެވެސް ކިޔާލައިފީމެވެ. ސަބަބަކަށް އޮތީ ތިޔަ ދެމަފިރިން އިނދެގެން އުޅުމަކީ ސަރުކާރަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނޭ ކަމަކަށް ވާތީ ކަމަށެވެ. އެހެން ނިންމީ ކީއްވެތޯ ވެސް ލިޔެފައި އޮތެވެ. ރުންކުރުވެ ހުރެ ބަލައިލީމެވެ. ތިޔަ ދެމަފިރިންނަކީ ނުލާހިކު ހަމަޖެހިގެން އުޅޭ ދެމަފިރިން ކަމާއި ދަރިއަކު ލިބެން ވާއިރަށް އެއީ މޮޅު ކުއްޖަކަށް ހެދުމަށް ކުރެވިފައިވާ ބޮޑެތި ޕްލޭންތައް އެނގިފައިވާއިރު އެފަދަ ކުއްޖަކު ބޮޑުވެއްޖެ ނަމަ ސަރުކާރަށް ދިމާވެދާނެ ބޮޑެތި ގޮންޖެހުންތަކާއި އެފަދަ ކުއްޖަކަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަދާކުރަން ޖެހޭ ހައްޤުތަކުގެ ސަބުން ސަރުކާރަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިވެދާނޭ ކަމަށް ބެލެވޭތީއެވެ. އަދި މިއީކީ ތިޔަ ދެމަފިރިންނަށް ނޫޅެވިގެން ނުވަތަ ޖެހިފައިވާ މައްސަލައަކާ ގުޅިގެން ސަރުކާރަށް ހުށަހެޅި މައްސަލައެއް ހައްލުކޮށްދިނުމަށް ނިންމި ނިންމުމެއް ނޫން ކަމަށާއި މިއީ ސަރުކާރަށް ކުރިމަތިވެފައިވާ ހާލަތުއް ޟަރޫރާގެ ސަބަބުން ސީދާ ސަރުކާރުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

ހޭލެވުނީ އަނބިމީހާ ގޮވާލީމައެވެ. ފެނުނީ ހުވަފެނެއްކަން އެނގުނީ އެހާ ހިސާބުންނެވެ. އެކަމަކު ވެސް އެހުވަފެނާ މެދު ވިސްނާލެވުނެވެ. ފަހުމްވީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާގެ މަތިންނެވެ. ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރެއަށް ލުމަށް ކޮންމެހެން މަޖްބޫރުވެގެން ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާއެވެ. ކޯލިޝަން ރޫޅި ބަލިކަށިވެފައިވާތީ ސަރުކާރު ދަމަހައްޓަން ގެންނާން ޖެހޭ ޙާލަތުއް ޟަރޫރާއެވެ. ހިތަކަށް ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނީތީ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލަން ޖެހުނު ހާލަތުއް ޟަރޫރާއެވެ. އެމެންބަރުން މަޖިލީހަށް ވަދެ ނިންމުމެއް ނިންމަފާނެތީ އެމަޖިލީހުގެ ދޮރުގައި ބޮޑުތަޅެއް އަޅުވައިގެން މަޖިލިސް ހިސޯރު ކުރަން ޖެހުނު ހާލަތުއް ޟަރޫރާއެވެ. ހީނުކުރާވަރުގެ ހުކުމެއްކޮށްފައި ވާތީ ދެން ކޮށްފާނޭ ހުކުމެއް ކުރިއަ ނުދިނުމަށް އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރުކުރަން ކޮންމެހެން މަޖްބޫރުވި ޙާލަތުއް ޟަރޫރާއެވެ. މިކަންކަމުގެ ސަބަބުން އިންތިހާ ދަރަޖައިގެ ބިރުވެރިކަން ރައްޔިތުންނަށް ކުރިމަތިވި ޙާލަތުއް ޟަރޫރާއެވެ.

މިފަދަ ގޮތަކަށް ޙާލަތުއް ޟަރޫރާ މެދުވެރިވި ސަބަބާމެދުވެސް ވިސްނާލެވުނެވެ. ހިތަށް އެރިއެވެ. މިހުރިހާ ކަމެއް ކުރީ މަޖިލީހުގެ ތެރެއިންނާއި ކޯޓު ތެރެއިންނެވެ. މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ޑޮކްޓަރިންގ އޮފް ނެސެސިޓީ ނުވަތަ ޙާލަތުއް ޟަރޫރާ އަމިއްލައަކަށް ގެނައީ އެމެންބަރުންނެވެ. މިއަދު އެމެންބަރުންނަށް އޮތީ ނުގޮތަކަށް އިސްއުފުލާލިއަސް މަޖިލީހުގެ ގޮނޑި ގެއްލިދާނެ ކަމުގެ ޙާލަތުއް ޟަރޫރާ ކުރިމަތިވެފައެވެ. އެމަޖިލީހުން ނިންމާނެހާ ނިންމުމެއްގައި ސިއްކަ ޖަހާލަން އޮތީ ކޯޓުތަކުންނެވެ. އެވެރިންނަށް ވެސް އެވަނީ ޙާލަތުއް ޟަރޫރާއާ އެކު އެނޫން ގޮތެއް ނެތިފައި ކަމަށް ބެލެވޭވަރަށް ކޯޓުތަކުގެ ނިންމުމާ މެދު މީހުން ބަސްކިޔަމުން ދެއެވެ. އެ ހާލަތުއް ޟަރޫރާ ކުރިމަތިވި އަމުރު ނެރުނީ މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ސޮޔާ ވެސް އެކުއެވެ. އެއަމުރާ ގުޅިގެން އެފަނޑިޔާރުންގެ ދެއަޚުން ހައްޔަރު ކުރަން ސަރުކާރަށް މަޖްބޫރުވެގެން އެކަން ކުރުމަށް ފަހު އެއަމުރުގެ ބައިތައް ބާތިލް ކުރަން ހުށަހެޅީ ވެސް ހާލަތުއް ޟަރޫރާގެ ސަބަބުންނެވެ. ފުރާޅުން ޓިނު ނަގައިގެން ދަމާ ކޫއްތާފައި ގެންދިޔަ ގޮތުން ކަމެއް، ކޯޓު ތެރޭގައި ތިބި ސިފައިންގެ ގިނަކަމުން ހާލަތުއް ޟަރޫރާ ކަމެއް ނޭނގެއެވެ. އަމިއްލަފުޅަށް ނެރުއްވި އަމުރުގެ ބައިތައް އެވަނީ ބާތިލް ކޮށްފައެވެ. މިފަހަރަކު ހާލަތުއް ޟަރޫރާއެކޭ ބުނާކަށް ނެތީމެވެ.

އެހާ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. މިހާރު އެ އަންނަނީ މަޖިލިސް މެންބަރުން ފަދައިން އެ ފަނޑިޔާރުން ވެސް އެމަޤާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނޭ ހާލަތުއް ޟަރޫރާއަކާ ދިމާލަށެވެ. ސަރުކާރުން އެކަން ނުކޮށް ނުވާވަރުގެ މަޖްބޫރީ ހާލަތެއްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާގެ ސަބަބުން ގެންނަން އުޅޭ ފަނޑިޔާރުންގެ ޤާނޫނުގެ އިސްލާހް ބަލައިގަނެ ސުޕްރީމް ކޯޓުން ބަލައިގެންފާނޭ ކަމުގެ ހާލަތުއް ޟަރޫރާ ކުރިމަތި ވެދާނެ ކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. އެއީ މަޤާމް ގެއްލިގެން ދިއުން ނުވަތަ ޖަލުގެ ކުޑަގޮޅިން ޖާގައެއް ލިބުން ފަދަ ހާލަތުއް ޟަރޫރާއަކަށް ވެސް ވެގެން ހިނގައިދާނެއެވެ.

ކޮންމެއަކަސް މިއީކީ އަހަރެން ވިސްނަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ނޭނގި ހުއްޓާ ހާލަތުއް ޟަރޫރާއެއް ކުރިމަތިވި ފަހަތުން އައިސް ބިޑިއަޅުވަފާނެތީއެވެ. އެކަމަކު އެހެން ހީކޮށް ހުރެގެން ވާނެ ވަކި މޮޅެއް ނެތޭ ހީވާވަރަށް އެންމެންނަށް ވެސް މިވަނީ ހާލަތުއް ޟަރޫރާ ކުރިމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް