17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދަތުރުކުރުން

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

  • އެންމެ ގިނަ މީހުން މާލެ އަންނަނީ ވަޒީފާއަށާއި ކިޔެވުމަށް
  • ދަތި އުނދަގޫ ކަންތަކާ ކުރިމަތިވޭ
  • ރިވެތި އުސޫލުތަކާއި އަހުލާގަށް އަހުލުވެރި ކުރުވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެއް
ސިމާހާ ނަސީމް | sim_kamana

| 24 އޭޕުރިލް 2018 | އަންގާރަ 23:03 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


މާލޭ ފަޅުތެރެ -- ގޫގުލް

މާލެސިޓީ ތޮއްޖެހުމާއި ގުޅިގެން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކޮށް ތަރައްޤީކުރަން ފެށީ ހުޅުމާލެއެވެ. އެތަން ތަރައްޤީކޮށް ފުލެޓްތައް ދޫކުރަން ފެށުމާއި ގުޅިގެން އެކި އާއިލާތަކުގެ ދިރިއުޅުން ވަނީ ހުޅުމާލެއަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް ހުޅުމާލެ ކިތަންމެ ރީތިކޮށް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްފައި އޮތް ކަމުގައިވީ ނަމަވެސް ބާޒާރު ކުރުމަށާއި ކުދިން ސުކޫލަށް ދިޔުމަށާއި ވަޒީފާއަށް ދިޔުމަށްޓަކައި ހަމަ މި އަންނަން ޖެހެނީ މާލެއަށެވެ.  

ބާޒާރު ކުރުމަށް މާލެ އަންނަ މީހުންނަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަޒީފާގައި އުޅޭ މީހުންނާ ސުކޫލަށްދާ ކުދިން ހުޅުމާލެއިން މާލެއަށް ދަތުރު ކުރަންޖެހެއެވެ. ކޮންމެ ބޭނުމެއްގައިވިޔަސް ދަތުރުފަތުރު ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް ހާލަތު ހުންނަ ގޮތުން އެކި ބޭނުންތަކުގައި ދަތުރު ކުރަން މަޖުބޫރު ވަނީއެވެ. ދަތުރުފަތުރު ކުރާއިރު އެތަކެއް އުނދަގޫތަކާއި އެބަ ކުރިމަތިލާންޖެހެއެވެ. އެއީ ގިނަ ފަރާތްތަކެއް އެއްފަހަރާ ދަތުރުކުރާއިރު ދިމާވާ އުނދަގޫ ކަންތައްތަކެވެ. ޓިކެޓް ނަގަން ކައުންޓަރގައި ކިޔޫ ލައިން ހަދާފައިވާއިރު ބައެއް މީހުން ކިޔޫ ލައިން ފަޅާލާ މަންޒަރު ވެސް ފެނެއެވެ. އަދި ނުކުޅެދޭ މީހުންނަށާއި މުސްކުޅިންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައިވެސް އެއްވެސް ބަލާލުމެއްނެތި އިށީންނަ މަންޒަރު ވެސް ފެނިގެންދެއެވެ.

މީގެ އިތުރުން ޓާރމިނަލްގެ ދޮރު ހުޅުވުމަށްޓަކައި އެމްޓީސީސީގެ މުވައްޒަފު އައުމުގެ މާ ކުރިން މީހުން ކޮޅަށް ތެދުވެ  ކުރިން ގޮސް ފެރީއަށް އެރުމަށްޓަކައި މަސައްކަތް ކުރެއެވެ. މި ފެންނަނީ ރިވެތި އުސޫލުތަކާއި ހިލާފު ކަންތައްތަކެވެ. ފެރީއަށް އަރާއިރުވެސް މުސްކުޅިންނަށާއި ކުޑަކުދިންނަށާއި އަދި ނުކުޅެދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ ގޮޑިތަކުގައި އެއިން އެއްވެސް ކެޓަގަރީއަކަށް ނުފެތޭ މީހުން ގޮސް އިށީންނަ މަންޒަރުވެސް ފެނިގެންދެއެވެ. އަދި މަދު ބައެއް ފިޔަވައި އެހެން ހުރިހާ އެންމެންވެސް އެފަދަ މީހުންނަށް ފުރުސަތު ނުދޭތަން ވެސް ފެނިގެންދެއެވެ.

މިއީ ޓާރމިނަލް ސަރަހައްދުގައި ކަން ހިނގާ ގޮތުގެ ބައެއް މިސާލުތަކެވެ. މިގޮތަށް ކަންތައްތައްވާތަން ފެނުމުން ހިތުގައި އުފެދެނީ ސުވާލުތަކެކެވެ. ޒަމާނުއްސުރު ކާބަފައިން ދަސްކޮށްދެމުން އައި ދިރިއުޅުމުގެ ރިވެތި އުސޫލުތަކާއި ރިވެތި އަހުލާގުތަކަށްވީ ކިހެނެއްބާއޭ؟ ދިވެހިންގެ މެދުގައި އޮތް ރިވެތި އުސޫލުތަކާ އަހުލާގުތައް ނެތިގެންދިޔައީބާއޭ؟

މުޖުތަމައު ހެޔޮ ގޮތުގައި ބިނާކޮށް އެންމެން ވެސް ރިވެތި އުސޫލުތަކާއި އަހުލާގުތަކަށް އަހުލުވެރި ކުރުވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެކެވެ. މިއީ ދިވެހިން ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.

 

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަރަނބުޅި

7 މަސް ކުރިން

މިހާރަކަށް އައިސް ދިވެހިންނަށް ދަސްވެފައިވާ އަދި ދަސްވަމުންދާ ގޮތަކީ އެމީހަކަށް ވީގޮތަކުން އެމީހަކު އަމިއްލަޔަށް ގަދަވެގަތުމެވެ. މިގޮތްކުޑަ ގޮތް ނެތިގެންނޫނީ މިކަހަލަ ކަންކަން ރަނގަޅެއް ނުވާނެއެވެ. ބޮޑެތިމީހުން މިހެން އުޅެންޔާ ކުޑަކުދިންނަށް މިގޮތް ސަޅިވާނީ އެކަންޏެއް ނޫނެވެ. އެއީ ރަނގަޅު ގޮތޭވެސް ހީވާނީއެވެ. މޮއތިވާ ރާއްޖެއެކެވެ!!!!

0
0
ޙޯނު

7 މަސް ކުރިން

ތިކަން ކަމަކީ ހުސްއެކަނި ސަރުކާރު ބޮލަށް ޖަހައިގން ފަރުޖެއްސޭނެ ކަމެއް ނޫން އާންމުން ވެސް ކޮންމެސް ވަރެއްގެ ޒިންމާއެް ތިކަމުގަ އުފުލުން އެއީ އޮންނަ ކަމެއް، މުސްކުޅިން ކުޑަކުދިން ތިބިކަން ދަނެގެން އެއޮންނަ އުސޫލްތަކުގެ ތެރެއިން ކަންކަން ކުރާނަމަ މިހެނެއް ނުވާނެ.

0
0