16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އަލީ ހަމީދު

އަލީ ހަމީދު ކޮންމެރެއަކު އަވަހާރަފުޅު ލައްޕަވަނީ އޮކްސިޖަން ގުޅައިގެން: ވަކީލު

  • އަލީ ހަމީދު ކޮންމެ ރެެއަކު 9: 00ގައި އަވަހާރަލައްޕަވަން ޖެހޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 24 އޭޕުރިލް 2018 | އަންގާރަ 21:33 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މާލެ ގެންނަވައި ލޯންޗުން ބާލަނީ: އެމަނިކުފާނުގެ ހާލު ރަނގަޅު ނޫން ކަމަށް ވަކީލުން ވިދާޅުވި -- ފޮޓޯ : މުހައްމަދު ޝަރުހާން

މާފުށީގައި ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޮންމެ ރެއަކު އަވަހަރާލައްޕަ ވަނީ އޮކްސިޖަން ގުޅައިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކޯޓުގައި ވިދާޅުވެއްޖެއެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ ބަލިހާލާ ގުޅޭ ގޮތުން ވަކީލުން ވާހަކަ ދެއްކެވީ މައްސަލައިގެ އަޑުއެހުންތައް އަވަހަށް ތާވަލުކުރަމުންދާތީއެވެ.

އަލީ ހަމީދުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ އަލީ ހަމީދު ކޮންމެ ރެއަކު ވެސް އަވަހާރަފުޅު ލައްޕަވަނީ 9:00 ގައި އޮކްސިޖަން ގުޅައިގެން ކަމަށެވެ. ކަރެކްޝަނަލް ސާވީސްއަށް ވެސް އެކަން އެނގޭނެ ކަމަށް ވިދާޅުވުމުން މައްސަލަ ބައްލަވަން އިން ގާޒީ އާދަމް އާރިފު ވިދާޅުވީ ކޯޓަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އަލީ ހަމީދު ކޮންމެރެއަކު އޮކްސިޖަން ގުޅައިގެން އަވަހާރަލައްޕަވާކަން އެ ވަގުތު އަޑުއެހުމުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނުސީދާ ގޮތުގައި ވިދާޅުވިއެވެ. 

މި ހަފްތާގައި ޖެހިޖެހިގެން ކޮންމެ ދުވަހަކު ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ހާޒިކުރަން އަލީ ހަމީދު ކަނޑުމަގުން މާލެ ގެންނަވައިކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު ވެސް މާފުށީގައި ޑޮކްޓަރުން އެމަނިކުފާނަށް ފަރުވާ ދީފައިވާ ކަމަށެވެ. މަހްފޫޒު ވިދާޅުވީ އެދަތިތަކާ ކުރިމަތިވަނީ ކޮންމެ ދުވަހަކު ދަތުރުކުރަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. 

އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާއާ ގުޅޭ ގޮތުން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ސުވާލު ކުރެއްވި ނަމަވެސް ޝަރީއަތް މާބޮޑަށް ދިގުލައިގެން ދާތީ އަލީ ހަމީދާ ސުވާލު ކުރުމުގެ ބައި ދެން އޮންނަ އަޑުއެހުމެއްގައި ބޭއްވުމަށް ނިންމައި އަޑުއެހުން ވަނީ ނިންމާލާފައެވެ. ނަމަވެސް މަހްފޫޒު ވަނީ ދެން އަޑުއެހުން ނިންމުމެއް ބުދަ ދުވަހަށް ތާވަލުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަލީ ހަމީދުގެ މާފުށީގައި ބަންދުކޮށް ބަހައްޓާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާތީއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް