22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ރައީސް ޔާމީން

އެކަކަށް ތަބާވާންޖެހޭ ނިޒާމަށް ކިޔަނީ ޑިކްޓޭޓާޝިޕް!

  • ހުރިހާ ބާރުތަކެއް ވަނީ ރައީސް ޔާމީންގެ މުށުތެރެއަށް ލައްވާފައި
  • ފުލުހުންނާއި ސިފައިން ވެސް ތަބާވާންޖެހެނީ އެމަނިކުފާނަށް
  • ހިތްޕުޅާ ނުވާ ހުކުމްތައް ގަބޫލުފުޅެއް ނުކުރައްވާ
އަލީ ޔޫސުފް | AliYooosuf

| 24 އޭޕުރިލް 2018 | އަންގާރަ 18:35 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން -- ރައީސް އޮފީސް

ބަޔަކު ކެމްޕެއިންކޮށް ދިވެހިންނަށް ވިސްނައިދިނީ ބަރުލަމާނީ ނިޒާމެއްގައި ދެ ދުވަހުން އެއް ދުވަހު ސަރުކާރު ބަދަލުވާނެ ކަމެވެ. އަދި ހުރިހާ ބާރެއް އޮންނާނީ ސިޔާސި ޕާޓީ ނުވަތަ އެ އިރެއްގައި ބާރު އޮންނަ ބައެއްގެ އަތުގައި ކަމަށެވެ. ރިޔާސީ ނިޒާމެއްގައި ބާރުތައް އޮންނާނީ ވަކިކުރެވިފައި ކަމަށް ދިވެހިންނަށް ވިސްނައިދިނެވެ. އެއްބާރުން އަނެއް ބާރުގެ މައްޗަށް ބާރު ނުފޯރުވޭނެ ކަމަށް ބުންޏެވެ. ގިނަ ދިވަހިން އެގޮތަށް ގަބޫލުކޮށް ރިޔާސީ ނިޒާމެއް ގެނައީ އެހެންވެގެންނެވެ. ނަމަވެސް މިއަދު ހިތާހިތުން ކުރެވޭ ސުވާލަކީ ހަގީގަތުގައި ވެސް ބާރުތައް އޮތީ ވަކިވެފައިތޯއެވެ؟ މިއީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯއެވެ. ނުވަތަ ރަސްކަމެއްތޯ ވެސް ސުވާލު އުފެދޭ ވަރަށް ކަންކަން ވަނީ ގޮސްފައެވެ.

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރަސްކަމެއް ވެސް ކުރެވިދާނެއެވެ. އިނގިރޭސި ވިލާތާއި އެ ނޫން ވެސް އެތައް ގައުމެއްގައި އެ ނިޒާމު އެދަނީ އަމާންކަމާއި އޮމާންކަމާ އެކު ތަންފީޒުކުރެވެމުންނެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އޮތީ ރަސްކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. އެއަށް ވުރެ މި ވެރިކަން ވައްތަރީ ހަމަ "ފުލް ފުލެޖް ޑިކްޓޭޓާޝިޕް" އަކާއެވެ. ދިވެހިންނަށް 2008 ވަނަ އަހަރު ގެނެސްދިން ގާނޫނު އަސާސީގައި ރިޔާސީ ނިޒާމެކޭ، މިއީ ތިންބާރު ވަކިވެފައިވާ ނިޒާމެކޭ ލިޔެވިފައި އޮތް ނަމަވެސް ކަން ހިނގަމުންދާ ގޮތުން ފެންނަނީ އެހެން މަންޒަރެކެވެ. ހުރިހާ ބާރެއް ތަބާވާންޖެހެނީ އަދި ކޮންޓްރޯލްކުރާތަން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. ސިފައިންނާއި ފުލުހުން ވެސް ތަބާވާންޖެހެނީ ސީދާ ރައީސް ޔާމީނަށް ކަމަށް ޚުދު އެމަނިކުފާނު އެގެންދަވަނީ ވިދާޅުވަމުންނެވެ.

ޝަރުއީ ނިޒާމާ މެދު އެގޮތަށް ފާޅުގައި ވިދާޅުނުވިއެއް ކަމަކު އެ ބާރު ވެސް ތަބާވާންޖެހެނީ އެމަނިކުފާނަށް ކަން އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. އެމަނިކުފާނު ހިތްނުރުހޭ ގޮތަކަށް ކުރާ ހުކުމަކީ ދައުލަތުގެ އެހެން އެއްވެސް ބާރަކުން ތަބާވާންޖެހޭ ހުކުމަކަށް ނުވެއެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި ހުކުމަކީ ބަޣާވާތެއް ކަމަށް އެ ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ހަމަ އެ ހުކުމުގައި ސޮއިކުރެއްވި ތިން ފަނޑިޔާރަކު އެ މަނިކުފާނު ހިތް ރުހޭ ގޮތަށް ކުރައްވަމުން ގެންދަވާ ހުކުމްތަކަކީ ރަނގަޅު ހުކުމްތަކެއް ކަމަށް އެ ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލިސް ވެސް ތަބާވާންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަން އެ ގެންދަވަނީ ހާމަކޮށްދެއްވަމުންނެވެ. ގާނޫނުއަސާސީގައި ބާރުތައް ވަކިވެފައި އޮތް ކަމަކު އެ ތަންފީޒުވާތަނެއް ނުފެނެއެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނަސް އެތަނުން ފާސްކުރެވެނީ ހަމައެކަނި ރައީސް ޔާމީނު ހިތްޕުޅާވާ ގާނޫނުތަކެވެ. ކޮންމެ ބައެއްގެ ވެސް މަސައްކަތަކަށް ވާންޖެހެނީ މިވެރިކަން ދުފާއުކުރުމެވެ. މުޅި ގާނޫނުއަސާސީގެ ދުސްތޫރު ވެސް މިހާރު ބިނާވެފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރު ދުފާއުކުރުމަށް ކަމަށް އެ މަނިކުފާނުފާނުގެ ވާހަކަފުޅުތަކުން ދޭހަވެއެވެ.

ސިފައިންނާއި ފުލުހުންނާއި ޝައުރީ ނިޒާމާއި މަޖިލީސް ވެސް ހިނގަންޖެހެނީ ރައީސް އަބްދުﷲ ޔާމީނު ހިތްޕުޅާވާ ގޮތަށް އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެވޭނެ ގޮތަށެވެ. އެނޫން ކޮންމެ ފިޔަވަޅަކީ ބަޣާވާތެކެވެ. ގާނޫނުއަސާސީގައި މިއީ ޑިމޮކްރަސީގެ ސިފަތައް ހިމެނޭ ދައުލަތެއް ކަމަށް ބުނެފައިވީ ނަމަވެސް އަދި ޖުމްހޫރީ ދައުލަތެއް ކަމަށް ބުނެފައިވީ ނަމަވެސް އެއިން އެއްވެސް ސިފައެއް މިހާރު މި ގައުމުގައި އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ހުރިހާ ބާރުތަކެއް އެއް ފަރާތަކަށް ތަބާވާންޖެހޭ ނިޒާމެއް ނަމަ އެ ނިޒާމަކަށް ކިޔަނީ ޑިކްޓޭޓާޝިޕެވެ. ރާއްޖޭގައި މިހާރު މިއޮތީ ހަމަ ފައްކާ ޑިކްޓޭޓާޝިޕެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

12 މަސް ކުރިން

އެކެއް ފެބްރުއަރީގެ ބަޣާވަތް ނާކާމިޔާބުވީ ސިފައިންގެ އިހްލާސްތެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއި އެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން!

0
0
ހ މ ޒ

12 މަސް ކުރިން

ރާއްޖޭގައި އިސްލާމްދީން އޮންނާތީ އާއި ފާއިތުވި ހަތަރު އަހަރު ރާއްޖެ އިން އިޤުތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ހަސަދަވެރިން އެބަތިބި ކަމަށާއި ނަމަވެސް އިޤުތިޞާދީ ގޮތުންނާއި ބައިނަލްއަޤުވާމީ ގޮތުން ވެސް ދިވެހިރާއްޖެ ހަމައިސްކޮޅަށް ތެދުވާނެ!

0
0