
| 24 އޭޕުރިލް 2018 | އަންގާރަ 18:23 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލޭގެ މާރުކޭޓަށް ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން ކަމަށް މިނިސްޓްރީ އޮފް ފިޝްރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް އަތޮޅުތަކުން މާލޭގެ މާރުކޭޓަށް ގެނައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ގެނެސްފައި ވަނީ ލ. އަތޮޅުންނެވެ. ލ. އަތޮޅުން 20 އިންސައްތަ ގެނެސްފައިވާއިރު ތ. އަތޮޅުން ގެނެސްފައި ވަނީ ހަތަރު އިންސައްތައެވެ. އަދި ށ. އަތޮޅުން ގެނެސްފައިވަނީ އެއް އިންސައްތައެވެ.
ފާއިތުވި ހަފްތާގައި އަތޮޅުތަކުން ގެނެސްފައިވާ ދަނޑުވެރިކަމުގެ މައިގަނޑު ބާވަތްތައް ކިލޯ އިން ބަލާއިރު އެންމެ ގިނައިން ގެނެސްފައި ވަނީ ފަޅޮލެވެ. 10,000 އަށްވުރެން ގިނަ ކިލޯ ގެނެސްފައިވާއިރު 9,000 ކިލޯގެ ފަތްކެޔޮ ވަނީ ގެނެސްފައެވެ. އަދި 1,000 ކިލޯ އަށް ވުރެން ގިނައިން ބައްޓާއި ގިތެޔޮ މިރުހާއި ޗިޗަންޑާގެ އިތުރުން ޗައިނީސް ކެބެޖް ވަނީ ގެނެސްފައެވެ. މާރުކޭޓުގައި ފަޅޯ ގިނަވަމުން އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ކިލޯއެއް 12ރ. އަށް ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން 1,000 ކިލޯގެ ކިއުކަންބާ ގެނެސްފައިވާއިރު 900 ކިލޯގެ ތޮރާ އާއި ފާގަ ވަނީ އަތޮޅުތަކުން މާރުކޭޓަށް ގެނެސްފައެވެ. އަދި 100 ކިލޯ އަށް ވުރެން ގިނައިން ކަރާ، ބޯށި އަދި އަނބު ގެނެސްފައިވާއިރު އެންމެ މަދުން ގެނެސްފައި ވަނީ މުރަނގަތޮޅިއެވެ. އެގޮތުން 10 ކިލޯގެ މުރަނގަތޮޅި ވަނީ މިދިޔަ ހަފްތާގައި މާރުކޭޓަށް ގެނެސްފައެވެ.
ވިޔަފާރިވެރިން ވެސް ބުނެފައި ވަނީ މާރުކޭޓުގައި ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބާވަތްތައް ގެނެސްފައި ވަނީ އއ. އަތޮޅުން ކަމަށާއި އާންމު ގޮތެއްގައި މިދިޔަ ހަފްތާގައި ވެސް އަދި މި ހަފްތާގައި ވެސް ވިޔަފާރި ރަނގަޅު ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
10 މަސް ކުރިން
އަދިކިރިޔާތަ ހޭވެރިކަމެއްވީ؟