11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އައްޑޫ ސިޓީން ގެއްލުނު ކުދިން

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

  • ހަސަނަކީ ކަންފަތުން އަޑު ނީވޭ ވާހަކަ ނުދެއްކޭ މީހެއް
  • ހަސަންގެ މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން
  • ހަސަންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދީފައި
މުހަންމަދު ވިސާމް | sampathmasiw

| 24 އޭޕުރިލް 2018 | އަންގާރަ 16:57 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ބުލޫ ރޯޒް ހަސަން ދީދީ -- ރާއްޖެއެމްވީ

އޭނާ ކޮންމެ ދުވަހަކު ހިތަނދޫ ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު އަތިރިމައްޗަށް ދެއެވެ. ފުއްޓަރު ފާރާތުން ނަގާ ބިޔަ ރާޅުތަކަށް އޭނާ ބަލަހައްޓައިގެން ހުރެއެވެ. ހިޔާލީ ދުނިޔެއެއްގެ ތެރޭގައެވެ. އެ ބިޔަ ރާޅުތަކަށް ފުއްޓަރަށް ބިންދާލާ އަޑެއް އޭނާއަކަށް ނީވެއެވެ. މިއީ ބިޔަ ރާޅުތަކުގެ ތެރެއަށް ކަނޑުވަމުން ދިޔަ ސ.ހިތަދޫ/ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފްގެ ފުރާނަ ސަލާމަތް ކުރި ސ.ހިތަނދޫ/ބުލޫރޫމް، ހަސަން ފަހުމީގެ ވާހަކައެވެ. އޭނާއަކީ އަޑު އިވުމުން މަހްރޫމްވެފައިވާ ވާހަކަ ނުދެއްކޭ މަންމަނެކެވެ.

ހޯމަ ދުވަހު ހިތަދޫ ފުއްޓަރު ފަރާތު (ކިނބިވަލު) ސަރަހައްދުގައި ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުއްޓިލައިގެން ހުއްޓެވެ. އެތަނުގައި ތިބި އެހެން މީހުން ކައިރީ އެއީ ކާކުތީ އޮޅުން ފިލުވީމެވެ. އެއީ "ރާއިފުގެ ފުރާނަ ސަލާމް ކޮށްދިން ހަސަނޭ ބުނުމުން" އޭނާއާ ވާހަކަ ދައްކާލަން މަސައްކަތް ކުރީމެއެވެ. އެއީ އަޑު އިވުމާއި، ވާހަކަ ދެއްކުމުން މަޙްރޫމްވެފައިވާ (މަންމަން) މީހަކަށް ވުމުން ވާހަކަ ދައްކާނީ ކިހިނެތޯ ހިތުގައި ސުވާލު އުފެދުނުއެވެ. ހަސަން ކައިރިއަށް ގޮސް އަތުގެ އިޝާރާތުން އެ ރާޅުތަށް ދައްކާލީމެއެވެ. އަހަރެން އެހީ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ހިތަދޫ ޓޮޕާޒްގޭ އުމުރުން 14 އަހަރުގެ މަޔާމީން އަލީ އާއި، ހިތަދޫ ޗަނބޭލީ ގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ ވާހަކަން އޭނާއަށް އެނގުނެއެވެ. އަތުގެ އިޝާރާތުން އެ ހިތްދަތި ހާދިސާ ހިނގައި ދިޔަ ގޮތް ކިޔަދެމުން ދިޔައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ އަހަންނަށް ފަހުމްވާ ވަރުވީ އެދިމާލު އަތިރި މަތީގައި ހުރި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ، އުމުރުން 47 އަހަރުގެ ޒުލޭހާ ހުސެއިން ހަސަންގެ އެހީތެރިކަމާ އެކުގައެވެ. ހަސަނު އިޝާރާތުން ދައްކަމުން ދިޔަ ވާހަކަތައް ޒުލޭހާ ދިޔައީ ތަރުޖަމާ ކޮށްދެމުންނެވެ.

ހަސަން އަތުގެ އިޝާރާތުން ވާހަކަ ދައްކަނީ

ޒުލޭހާ ބުނި ގޮތުގައި ހޮނިހިރު ދުވަހު ހަސަން ފުއްޓަރުފަރާތު އަތިރިމައްޗަށް ދިޔައީ އެ ދުވަހު ރާޅު ބޮޑުކަމުންނެވެ. ހަސަން އެދުވަހު މޫދަށް ދިޔައިރު، ސ. ހިތަދޫ/ ޔަމާނީ ހަދީޖާ ހުސެއިންގެ އާއިލާ އައި އަތިރި މަތިން ދިމާވިއެވެ. އެދުވަހުގެ ބިޔަ ރާޅުތަކާ އެކު، ހަދީޖާ ހުސެއިންގެ ދެމަފިރިންނާ އޭނާގެ ދެ ކުދިން މޫދުގަ ތިއްބާ ގޮނޑުދޮށައް އެއްލާލިއެވެ.

ޒުލާހާ ބުނި ގޮތުގައި ހަދީޖާގެ އާއިލާ މެމްބަރުން މޫދަށް ދިޔަ އިރު، އެދިމާލު ބޭރުގައި ތިން ކުދިން މޫދުގައި ތިބި ކަމަށް ހަދީޖާ ބުންޏެވެ. އެހެންމަވެސް އެއީ ކޮންބައެއް ކަން އެމީހުންނަކަށް ނޭނގެއެވެ. އެބިޔަރާޅާ އެކު އެ ތިން ކުދިން ލޯކުރިމަތިން ގެއްލުމުން އެކުދިންނަން ވީ ކިހިނެތްތޯ ބަލާލަން ހަސަން ކައިރީގައި ބުނީ ހަދީޖާގެ ދަރިފުޅުކަމަށް ޒުލޭހާ ބުންޏެއެވެ. 

އެއީ ފަހުމީ، މަޔާމީން، ރާއިފު އޮއިގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލަމުން ދިޔަ ވަގުތެއެވެ. އެ ތިން ކުދިން އޮއިވަރުގައި ޖެހި ރާޅުތަކާ އެކު ކަނޑަށް ދަމަމުން ދިޔަ ސަރަހައްދަކީ ހަސަނާއި ހަދީޖާގެ އާއިލާ ތިބި ސަރަހައްދާ 2000 ވަރަކަށް ފޫޓް ދުރެއެވެ. ހަސަން ބަލަހައްޓަން ނުހުރެ ވަރަށް ބާރަށް ދުއްވައިގަތެއެވެ. ފުއްޓަރު ފަރާތު އަތިރިމަތީގައި އޮތް ގާތަކުގެ ތެރެއިންނެވެ.

އެ ދުވަހު ނެގި ރާޅުގެ ބޮޑުކަން ހަސަންގެ އަތުގެ އިޝާރަތުން ދައްކާލަނީ 

"ޒުލޭހާއޭ ބުނީ، ބުނީމަ މީނައަށް ފެނުނީއޭ ތިން ކުދިން، ބުނެގެނޯ މީނަ ދުވެފައި ދިޔައީ" ހަސަންގެ އިޝާރަތަށް ބަލަމުން ޒުލާހާ ބުންޏެއެވެ.

ހަސަން ދުވެފައި ގޮސް މޫދަށް ފުންމާލައި ގޮނޑުދޮށާ އެންމެ ކައިރީގައި އޮތް ރާއިފް ސަލާމަތް ކުރިއެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް ފަހު، ފަހުމީ އާއި މަޔާމީން ސަލާމަތް ކުރަން ބެލި އިރު، ހަސަނަކަށް އެ ކުދިންނެން ނުފެނުނެވެ.

"ގޮސް ސަލާމަތް ކުރި ކުއްޖާ (ރާއިފް) އޭ އެންމެ ކައިރީގައި އޮތީ، އޭނާގެ (ރާއިފް) އަތުގައި ހިފާފަ ތިމަންނަ އޭނަ ނެގީއޯ، ހަމަ ނެގި ތަނާ ވަރަށް ބޮޑެތި ރާޅުތައް ތިމަންނަގެ ބޯމަތިން އައޭ. އެ ރާޅުތަކާ އެކު އަނެން ދެކުދިން ނެތޭ ފެންނާކަށް" ހަސަންގެ އިޝާރަތަށް ބަލަމުން ޒުލޭހާ ބުންޏެއެވެ.

ރާއިފް އުރައިގެން ބިޔަ ރާޅުތަކުގެ ތެރެއިން ހަސަނު އެއްގަމަށް އެރި އިރު، ގިނަ ބަޔަކު އަތިރި މަތީގައި ތިއްބެވެ. އޭރު ރާއިފް އޮތީ ޚަބަރު ހުސްވެފައެވެ. ލަސްތަކެއް ނުވެ، އެމްބިއުލެންސްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހަސަންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ހަނދާނީ ލިޔުން ހަވާލުކުރަނީ 

ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކެނޑި ނޭޅި ވައިގެ މަގުންނާއި ކަނޑު މަގުން ދަނީ ކުރަމުންނެވެ. ގެއްލިފައިވާ ދެކުދިންގެ އާއިލާއިން ބުނީ އެކުދިން ދިރި ތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ފަތަން ވެސް އެނގޭ ދެކުދިން ކަމަށް އާއިލާ އިން ބުނެއެވެ. މަޔާމިން، ފަހުމީ، އަދި ރާއިފްއަކީ ހިތަދޫ ސްކޫލްގައި ކިޔަވަމުންދާ ތިން ކުދިންނެވެ. އެ ތިން ކުދިންގެ ތެރެއިން ރާއިފް ސަލާމަތް ކުރި ހުސަނަށް ޝޯސަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ކުރި މަސައްކަތަށެވެ. ހަސަންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހަނދާނީ ލިޔުން ވެސް ދީފައެވެ. ހަސަނަކީ އެދުވަހުގެ ހީރޯއެވެ.

ހަސަންގެ ވާހަކަތަށް އަޑުއެހުމަށް ފަހު ގެއަށްދަން ނައްޓާލިތަނުން ޒުލޭޙާ ބުންޏެއެވެ. ހަސަނަކީ "ކުޅަނޅަދާނަ މަސްވެރިއެއް" ކަމަށެވެ. އެހެންކަމުން ހަސަންނަކީ ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް ވިއަސް، އާދައިގެ މީހެއް ނޫންކަން އެނގުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Shaxo

8 މަސް ކުރިން

Inshaa allah thiya kuri hivarah hama saabas..allah thibaa ah heyo jaxaa dhehvaashi.adhi gehlifaivaa ailaa ah kehtherikan dhehvaa e kudhin heyo haalugaa fennaane goiy min varu kurahvaashi..ameen yaa rahbbu

3
0