22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އައްޑޫ ސިޓީން ގެއްލުނު ކުދިން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

  • މަޔާމީންއަކީ ހިތަދޫ ސްކޫލް ގްރޭޑް 9 ގައި ކިޔަވާ ކުއްޖެއް
  • މަޔާމީންގެ ބައްޕަ ދަނީ ކެންސަރާ ހަނގުރާމަ ކުރަމުން
  • މަޔާމީން ކުޅެން ގޮސްފައި އައިސް ބޫޓް ގޭގައި ބެހެއްޓެހި
މުހަންމަދު ވިސާމް | sampathmasiw

| 24 އޭޕުރިލް 2018 | އަންގާރަ 16:28 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


އާއިޝަތު އިބްރާހިމްދީދީ -- ރާއްޖެއެމްވީ

އައްޑޫ ސިޓީ ހިތަދޫ ޓޮޕާޒްގޭގެ އުނދޯލީގައި އޭނާ އިށީނދެގެން އިނނީ ދަރިފުޅުގެ ކޮންމެވެސް ޚަބަރެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެވަގުތު ވެސް އޭނާ ކައިރީގައި އާއިލާގެ ބައެއް މީހުންނާއި ގާތް ރަޙްމަތްތެރިން ތިއްބެވެ. މޫދަށް ގޮސް އުޅެނިކޮށް ހޮނިހިރު ދުވަހު މަޔާމީން އަލީ ގެއްލުމުން އެ އާއިލާއަށް ބޮޑު ހިތާމައެއް ވަނީ ލިބިފައެވެ. ގޭތެރޭގައި އެއްވެސް ދިރުމެއް ނެތެވެ. މުޅިން ހަމަހިމޭން ވެފައެވެ. ކެންސަރާ ހަނގުރާމަ ކުރަމުންދާ މަޔާމީންގެ ބައްޕަ އަލި ދީދީ އޭރު ވެސް ކޮޓަރީގެ އެނދެއްގައި އޮތެވެ. މަޔާމީންގެ މަންމަ އާއިޝަތު އިބްރާހިމް ދީދީ އުނދޯލީގައި މާޔޫސްވެފައި އިނނެވެ.

އާއިލާގެ ހުރިހާ އެންމެންގެ ލޯބި ލިބިފައިވާ މަޔާމީން ހޮނިހިރު ދުވަހު ދިޔައީ ފުޓްބޯޅަ މުބާރާތަކަށް ޕްރެކްޓިސް އަށެވެ.

އާއިޝަތު އިބްރާހިމް ބުނީ ޕްރެކްޓިސް ނިންމާފައި މަޔާމީން ގެއަށް އައިސް "ސައިބޯން ހުރީ ކޯއްޗެއްތޯ" އެހި ކަމަށެވެ.

އާއިޝަތު އިބްރާހިމްދީދީ 

"އެ ދުވަހުގެ 10:30 އާއި 11:00 ދޭތެރޭގައި ގެއަށް ވަދެއްޖެ. އައިސްފައި ސައިބޯން ހުރީ ކޯއްޗެއްހޭ ބުނީމަ، މަސްހުންޏާއި ރޮއްޓާ އޭ ބުނީމަ ބުނީ، ސައެއް ނުބޯނަމޯ، ސައިބޯއެއްޗެއް ގަންނަން ދިހަ ރުފިޔާ ދޭށޭ. ދެން ބައްޕަ އަތުން ދިހަ ރުފިޔާ ހިފައިގެން ފިހާރައަށޭ ކިޔާފަ ދިޔައީ،" މަޔާމީންގެ މަންމަ އައިޝަތު އިބްރާހިމްދީދީ ބުންޏެވެ.

" އައިސް ބުނީ ބައްޕާއޭ ތިމަންނަ ސައިބޯން އެއްޗެއް ގަންނަން ރުފިޔާ ދޭށޭ، ބުނީމަ ބުނިން މިތާގައި އެ އޮތީ ތަޅުދަނޑިއޭ، ރުފިޔާ ނަގާށޭ ވަތްގަނޑުގައި އެހުރީ ރުފިޔާއޭ، ދިހަ ރުފިޔާ ނަގައިގެން އައިސް ތަޅުދަނޑި ނެގި ތަނުގައި ބާއްވާފައި ބުނީ، މި އޮތީ އޭ ތިމަންނަ ނެގީ ހަމަ ދިހަ ރުފިޔާ އޭ، ދެން ރުފިޔާ ހިފައިގެން ދިޔައީ،" ކެންސަރާ ހަނގުރާ ކުރަމުންދާ މަޔާމީންގެބައްޕަ އަލިދީދީ ބުންޏެވެ.

އައިޝަތު އިބްރާހިމްދީދީ ބުނި ގޮތުގައި ދަރިފުޅު ކުޅެ ނިންމާލާފައި ގެއަށް އައީ އެހެން ދެ ކުއްޖެއްގެ ބޫޓް ވެސް ހިފައިގެންނެވެ. އޭނާގެ ބައްޕަ އަތުން ދިހަ ރުފިޔާ ހިފައިގެން ބޭރަށް ދިޔަތާ 45 މިނެޓް ނުވަނީސް އޭނާގެ އާއިލާގެ މެމްބަރެއްގެ ފަރާތުން ދަރިފުޅު މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން އުޅޭކަން އެނގުނު ކަމަށް އައިޝަތު ބުންޏެވެ. އޭރު މަޔާމީންގެ ބައްޕަ ހުރީ މެންދުރު ނަމާދަށް ވުޟޫކުރަން ފާހާނާގައެވެ.

އާއިޝަތު އިބްރާހިމްދީދީ އާއި އަލިދީދީ

"މެންދުރު ނަމާދަށް ވުޟޫ ކުރަން ހުއްޓާ އަންހެނުން އައިސް ބުނަނީ އަލިދީދީ އޭ، ރޮއިގެންފަ ދަރިފުޅު ކަނޑަށް ހިގައްޖެއޭ، މޫދަށް ވެއްޓިފަ ކަނޑަށް ހިގައްޖެއޭ، ބުނީމަ އަހަރެން ވެސް ވުޟޫ ވެސް ނުކޮށް ފާހާނާއިން ނުކުމެ ރޮވުނީ،" އަލި ދީދީ ވަރަށް އަސަރާ އެކު ބުންޏެވެ.

މަޔާމީންއާ އެކު އިތުރު ދެ ކުދިން މޫދަށް ދިޔައީ ހިތަދޫ ހޮސްޕިޓަލާ ދިމާލު ބޭރު އެރަށު ފުއްޓަރު ފަރާތަށެވެ. އެއީ ގެއްލިގެން ހޯދާ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ހިތަދޫ ބްލޫގޭ އަލީ ރިފާއުއާ އެކުވެ. އަލީ ރިފާއު ސަލާމަތްވިއެވެ. އޭނާގެ މައިންބަފައިން އަދިވެސް ތިބީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. އެމީހުންގެ އުންމީދަކީ އެމީހުންގެ ދަރިފުޅު އަނބުރާ އެމީހުންގެ ގާތަށް އައުމެވެ.

ސިފައިންނާއި އާންމު ރައްޔިތުން މެދުކެނޑުމެއް ނެތި ރެއާ ދުވާލު ކަނޑުގައި ދަނީ އަތްފުނާ އަޅަމުންނެވެ. އާއިލާގެ ދުއާއަކީ އެ ދެ ކުދިން ދިރިހުއްޓައި ފެނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް