23 މެއި 2018 | ބުދަ | 04 ރޯނު

ޢަބްދުﷲ ރިޔާޒް

ޢަބްދުﷲ ރިޔާޒް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

  • މިހުކުމް އަޔަސް ރިޔާޒްގެ ގޮނޑިއެއް ނުގެއްލޭނެ
  • ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ
  • ރިޔާޒް މިވަގުތުވެސް ހުންނެވީ ޖަލުގައި
އަހުމަދު މުހުސިނު އަދި މުހައްމަދު ފަޒީން | dhonbandaara

| 24 އޭޕުރިލް 2018 | އަންގާރަ 14:58 | |

ރިޔާޒް: މިވަގުތުވެސް ހުރީ ޖަލުގައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ރިޔާޒު ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް ރިޔާޒުގެ މެންބަރުކަން ގެއްލިގެނެއް ނުދާނެ އެވެ. އެހެންނަމަވެސް އެ ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.

ރިޔާޒްގެ މައްޗަށް މިހުކުމް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުންނެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށް ފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މިމައްސަލާގައި ހުކުމްކޮށްފައި ވަނީ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މިހާރު ވެސް ރިޔާޒު ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރު ކޮށްފައެވެ. ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައި ހޭޓް ޔާމިން

4 ހަފްތާކުރިން

އެވަރުންވެސް އަދި ހިޔެއްނުވޭ ޔާމީނަށް ހަމަ ނިދި ނިދާ؛ެވޭނެހެން.

0
0