18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ލައިފް ސަޕޯޓް

ލައިފް ސަޕޯޓްގެ ރީސެލަރ ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

  • މި ޕްރޮގްރާމްގެ ސަބަބުން ޕާޓްނަރުންނާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ
  • ރީސެލާރ ޕާޓްނަރުންގެ ގޮތުގައި 4 ފަރާތެއްވަނީ ލައިފް ސަޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 24 އޭޕުރިލް 2018 | އަންގާރަ 13:05 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ބްލޭޒަން

މާލެއާއި އަތޮޅުތެރޭގައި ލައިފް ސަޕޯޓްގެ ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމާއި ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ލައިފް ސަޕޯޓްއިން ރީސެލާރ ޕާޓްނާޝިޕް ޕްރޮގްރާމް އޭޕްރިލް 21 ވަނަ ދުވަހު އިފްތިތާހުކޮށްފިއެވެ.

ލައިފް ސަޕޯޓް އިން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ޕާޓްނަރުންނާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި އެފަރާތްތަކުގެ އާމްދަނީ އިތުރުވެ، ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ރީސެލާރ ޕާޓްނަރުންގެ ގޮތުގައި 4 ފަރާތެއްވަނީ ލައިފް ސަޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ފަރާތްތަކަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ފާމަސީގެ ވިޔަފާރި ހިންގާ ޕޮއިންޓް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެމް.އެޗް.އޭ މާޓާއި، އިހްސާން ފިހާރަ އާއި ހާމަ ފިހާރަ ހޯލްސޭލް ސެންޓަރއެވެ.

މި އެއްބަސްވުމުގައި ލައިފް ސަޕޯޓްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ލައިފް ސަޕޯޓްގެ މެނޭޖިންގް ޑިރެކްޓަރ ޑރ. މަރިޔަމް ވަސީމާއެވެ.

މިޕްރޮގްރާމުގެ ދަށުން ލައިފް ސަޕޯޓްގެ ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތަކަށް ޕްރޮޑަކްޓްތަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތާއި، ޕްރޮޑަކްޓްތަކާއި ގުޅޭ  ޓްރެއިނިން އަދި މާކެޓްކުރުމަށް ބޭނުންވާނެ މަޢުލޫމާތު ފޯރޮކޮއްދެވޭނެވެ.

އަދި ޕްރޮގްރާމްގެ ދަށުން ލައިފް ސަޕޯޓްގެ ޕާޓްނަރުންނާއި، ކަސްޓަމަރުންނާއި ދެމެދު ފުޅާ ނެޓްވޯކެއް ގާއިމްކުރެވި ހުރިހާ ފަރާތްތަކަށް ވެސް ލާބައާއި މަންފާ ލިބޭގޮތަށް ވިޔަފާރީގެ މުޢާމަލާތްތަށް ބައްޓަން ކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ލައިފް ސަޕޯޓްގެ ޕާޓްނަރުންނާއި، ކަސްޓަމަރުންނަށް ދެމެހެއްޓެނެވި ގޮތެއްގައި ދުނިޔޭގެ ފެންވަރުގެ ކޮލެޓީ މޮޅު ޕްރޮޑަކްޓްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ލައިފް ސަޕޯޓް އިން ބުންޏެވެ.

ލައިފް ސަޕޯޓަކީ ބޭސް ފަރުވާއާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ކޮލެޓީ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފޯރުކޮށްދޭ ވިޔަފާރި ކުންފުންޏެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Fathun

7 މަސް ކުރިން

Hamza saabas

0
0