22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގުޅިފައިވާ ޕާޓީތައް

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

  • ރޯދަ މަހު ރޯދަ ހިފާނީ މި ވެރިކަމާ ނުލައި: ޝަހީމް
  • ކާމިޔާބު ތިލަވާކަން ޔަގީން: މޫކޭ
  • ވެރިކަން ބަދަލު ކުރާނީ ކޯނީ ރިޕޯޓުގައިވާ ގޮތަށް: ޝަހީމް
ޙުސައިން ޙަސަން | hucenhassan

| 24 އޭޕުރިލް 2018 | އަންގާރަ 08:11 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން އިދިކޮޅުން އުފާފާޅު ކުރަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ސިޔާސީ އުދަރެހުން ބޮޑު ރާޅެއް ނަގާ ކޮންމެ ފަހަރަކު އިޝާރާތެއް ކުރެއެވެ. އިދިކޮޅު ސަޕޯޓަރުންނަށެވެ. އެއީ ކަމެއް ވެދާނެ ގޮތުގެ އަންދާޒާއެވެ. ލަފާކުރެވޭ ގޮތެވެ. މިފަހަރު ބުނަމުންދަނީ ރޯދައިގެ ކުރިން ބޮޑު ކަމެއްވާނެ ކަމުގެ ވާހަކައެވެ.

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ އޮފީސް ކުރިމަތީ، ސޯސަންމަގުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ވިދާޅުވީ އަންނަ ރޯދަ މަހު ދިވެހިން ރޯދަ ހިފާނީ ރައީސް ޔާމީންގެ ވެރިކަމާ ނުލައި ކަމަށެވެ. އަދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓުގައި ބުނާ ގޮތަށް ވެރިކަން ބަދަލުކޮށްލާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ކޯނީ ރިޕޯޓުގައިވާ ގޮތުގެ މަތިން އަބްދުﷲ ޔާމީންގެ ވެރިކަން އަޅުގަނޑުމެން ވައްޓާލާނަން. ތިޔަބޭފުޅުން އިރާދަ ކުރެއްވިއްޔާ މިފަހަރު ރޯދަ ހިފާނީ ތިޔަބޭފުޅުން މިނިވަންކަމާއެކުގައި އަބްދުﷲ ޔާމީންގެ ކިބައިން ސަލާމަތްވެތިބެ،" ފެބްރުއަރީ އެކެއްގެ އަމުރާއެކު މާލޭގައި ކުރި އިހްތިޖާޖުތައް ލީޑު ކުރައްވަމުން ގެންދަވަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ޝަހީމް ވިދާޅުވިއެވެ.

ރޯދައިގެ ކުރިން އިދިކޮޅު ފަރާތްތަކަށް ކާމިޔާބީއެއް ލިބޭނެ ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވެސް ވިދާޅުވީ ރޯދަ މަހު ރޯދަ ހިފާނީ "މި ވެރިކަމާ ނުލައި" ކަމަށެވެ. އެ ވާހަކަ އޭނާ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ ކަަމަށް މޫކޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނުބައި ވިސްނުންތަކާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރާނެ ކަމަކަށް ދުވަހަކު ވެސް އުންމީދެއް ނުކުރާ ކަމަށެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ. ހިތްވަރަށް ދެގޮތެއް ނުވެ ސާބިތުކޮށް ތިބެއްޖެނަމަ، ކާމިޔާބު ތިލަވާކަން ކަށަވަރުވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މި ރޯދަ މަހު ރޯދަ ހިފާނީ ވެރިކަމާ ނުލައި. ވެރިކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލު ކުރާނެ. އެކަން ކުރާނެ. އެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑު މި ވާހަކަ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ،" ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މޫކޭ ވިދާޅުވިއެވެ.

އެ ބޭފުޅުން އެ ވާހަކަތައް އެ ދައްކަވަނީ އުންމީދެއް އޮތީމަ ކަމަށް އެބަ ވިދާޅުވެ އެވެ. މި ވަގުތަކީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ތައްޔާރުވެ އަނެއްކާވެސް، ކަމަރު ބަދެލަންވީ ވަގުތު ކަމަަށް އެ ދަނީ ބުނަމުންނެވެ. އެ ވާހަކަތައް އެ ދައްކަނީ ހުސް އަނގަތަޅާކަށް ނޫނެވެ. އެ އަޑުތަކުން އެނގިގެން އެ ދަނީ ސަރުކާރު ބަލިކަށިވެފައި އޮތް ކަމުގެ އިންޒާރެވެ. އަޑެއް ކިޔައިފިއްޔާ ޔަގީނުން ވެސް ރެނދެއްލާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފުލެޓްދޮންބެ

5 މަސް ކުރިން

އިރާދަކުރެއްވީޔާ މޭޑޭގެކުރިން ކައްޕިހިފާ ހައްޔަރުކުރާނެކަމުގެ ޔަގީންކަންއަރުވަން

8
8