19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މީރާ

މީރާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި

  • ރާއްޖޭގެ 12 ސަރަހައްދެއްގައި މީރާގެ ގޮފިތައް ވަނީ ހުޅުވާފައި
ސިމާހާ ނަސީމް | sim_kamana

| 23 އޭޕުރިލް 2018 | ހޯމަ 20:41 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މީރާގެ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވިއުނިއު (މީރާ) ގެ ބްރާންޗެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.

މީރާ އިން ހުޅުމާލޭގައި ހުޅުވި ބްރާންޗް ހުންނާނީ ހުޅުމާލެ ހޮސްޕިޓަލު ކުރިމަތިން އޮންނަ ކޮމާޝަލް ބްލޮކްގައެވެ.

މީރާ ހުޅުމާލެ ބްރާންޗް އޮފީސް ހުޅުވުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒީދު ވިދާޅުވީ މީރާގެ ހުޅުމާލެ ބްރާންޗަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާ ވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތެއް ލިބެއެވެ. އޭގެ ތެރޭގައި ވިޔަފާރީތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 12 ސަރަހައްދެއްގައި މީރާގެ ގޮފިތައް ވަނީ ހުޅުވާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް