26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މަގޭ ރިޕޯޓް

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

  • ވެރިކަމަށް ވަޑައިގެންނެވިއިރު، މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް
  • ކޯޓުތަކަށް ނުފޯޒު ފޯރުވަމުން ގެންދެވި ކަމަށް ތުހުމަތުކުރެވޭ
  • މަޖިލީހާއި ސުޕްރީމް ކޯޓުގެ އިތުބާރު ސަރުކާރަށް ނެތުމުން މިހާރު ބޭނުންކުރަނީ ސިފައިންނާއި ފުލުހުން
މުހައްމަދު ފަޒީން | phaxyn

| 23 އޭޕުރިލް 2018 | ހޯމަ 13:39 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރައީސް އަބްދުﷲ ޔާމީން: މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން -- އާކައިވް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ފުޅާ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. ރާއްޖޭގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ދެވަނަ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްމެން ފަދަ ބޭބޭފުޅުންގެ ސިދާ މަސައްކަތްތަކުންކަން އެއީ ދިވެހި ރައްޔިތުން ގަބޫކުރާ ހަގީގަތެކެވެ. އެއީ ރައީސް ޔާމީންގެ އޮތް ތާއީދެއްގެ ބޮޑުކަމުން ލިބިލެއްވި މަގާމެއް ނޫންކަން ހުދު ޕީޕީއެމަށް ނިސްބަތްވާ އިސް ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި މި ދެންނެވި ހުރިހާ ބޭފުޅުންނަށް މިއަދު ލިބިފައިވާ މަގާމަކީ ޖަލެވެ. އެއީ އެބޭފުޅުންނަށް ހައްގު މަގާމުކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރެއްވުމަކީ އެމަނިކުފާނާ މެދު ރައްޔިތުން ނަފްރަތު އުފެދޭ އެއް ސަބަބެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އެ މަނިކުފާނަށް ލިބިފައިވާއިރު، އަދުލްއިންސާފުގެ ދާއިރާގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތެވެ. ސަރުކާރުން ހުކުމެއް ކުރަން ބޭނުން މީހުއްގެ މައްޗަށް ބޭނުން ވައްތަރެއްގެ ހުކުމެއް ދިޔައީ ކުރަމުންނެވެ. 

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންދާއިރު މިވަނީ މުޅި މަންޒަރު ބަދަލު ވެފައެވެ. މުޅި ޓީމު ޑިފެންސަށް ފައިބައި ގޯލަށް ބޯޅަ ވަނުން ސަލާމަތް ކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް އެހެން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވެސް ގޯލް ޖެހޭތަން އެބަފެނެއެވެ. ބައިކޮޅަށް ގޯލްތައް ޖެހޭލެއް ގިނަ ވެގެންގޮސް، ސަރުކާރު ޓީމުގެ ބައެއް މެމްބަރުން ދަނޑުން ވެސް ފައިބައިފިއެވެ. ޓީމުގެ ކައްޕި ހިތުހުރި ގޮތަކަށް ކުޅެން އުޅުމުން ގިނަ މެމްބަރުންތަކެއް އިދިކޮޅު ޓީމާ ގުޅުމަކީ ކައްޕިއަށް ބަލަހައްޓައިގެން ހުރެވޭ ކަމަކަށް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާ އެކު އަދުލްއިންސާފުގެ ދާއިރާއިން ވެސް ސަރުކާރަށް ދެން ބޭނުންވާހާ ގޮތަކަށް ހުކުމްތައް ނުނެރެވޭނެކަން އެނގުމުން ދެން ފެށީ ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ބޭނުން ހިފާށެވެ. ސަލާމަތީ ހިދްމަތްތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދެއްވާނެ ކަމަށާއި ފްލެޓް ވެސް ދޭނެ ކަމަށް ބުނެ ފިސާރި ރަނގަޅަށް ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ބޭނުން ސަރުކާރުން އެބަކުރެއެވެ. ދިވެހި ސިފައިންނާއި ފުލުހުންނަށް މުއައްސަސާތަކަށް ނިސްބަތް ކުރައްވާ ރައީސް ޔާމީން ވިދާޅު ވަނީ ވެސް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ނަމުގައެވެ. އެއީ ވެސް މިހާރު ދައުލަތުގެ ބާރަކަށް ވެއްޖެއެވެ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ގޮތުގައި ގާނޫނުއަސާސީގައި ބުނާ ތިން ބާރުގެ ތެރޭގައި ސިފައިންނާއި ފުލުހުންނެއް ނުހިމެނެއެވެ. އެއީ ދައުލަތުގެ ސަލާމަތީ ހިދްމަތްތަކެވެ. އެއީ ރައީސް ޔާމީންގެ ނުވަތަ ސަރުކާރު ދިފާއުކުރަން އޮތް ދެ މުއައްސަސާއެއް ނޫނެވެ. ދިވެހި ސިފައިންނާއި ފުލުހުން ތަބާވާންޖެހެނީ ގާނޫނުއަސާސީއަށެވެ.

ނަމަވެސް ކުރިން ފާހަގަ ކުރި ގޮތަށް މުޅި މަންޒަރު މިވަނީ ބަދަލުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާ އެކު ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު މިވަނީ ސިފައިން ހިސޯރުކޮށްފައެވެ. މަޖިލީހުގެ އިދާރާއަށް މެމްބަރުން ވެއްނެވުމަށް ސިފައިން ހުރަސް އަޅަމުންދާއިރު ހީވަނީ އެއީ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ގެކޮޅު ހެންނެވެ. ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުންގެ ދަތް ދޮޅި ދުއްވާލީމުހޭ ވިދާޅުވިއިރު، މި ޑިފެންސް މިނިސްޓަރަށް ގާނޫނުއަސާސީގައި ބުނާ އެއްޗެއް ފަހުމްވާހެނެއް ވެސް ހިއެއް ނުވެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީނަކީ އަލިރަސްގެފާނު ފަދަ ބޭފުޅެކޭ ވިދާޅުވެދާނެއެވެ. މިނިވަން ދުވަސް ފާހަގަ ކުރާ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެއީ މުހައްމަދު ތަކުރުފާނު ފަދަ ބޭފުޅެކޭ ވެސް ވިދާޅުވެދާނެއެވެ. ސިފައިން އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީން އަމަލު ކުރެއްވީ މަހާތަމާ ގާންދީ އަމަލު ކުރެއްވި ބީދައިން ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވެދާނެއެވެ.

ޑިފެންސް މިނިސްޓަރަކީ ކުރިން ދިވެހި ކިޔަވައިދެއްވަން އުޅުއްވި މުދައްރިސެއް ވީމަ ވަރަށް ފަށުވި އިބާރާތުން ވާހަކަ ދެއްކެވި ދާނެއެވެ. އެކަމަކު މަގާމުގެ ދިފާއުގައި ގާނޫނުއަސާސީގައި ކޮޅުފައިން ޖަހުމަކީ ބޮޑު ގޯހެކެވެ.

ކޮންމެ ތާކުން ކޮންމެ ފަދަ އަމުރެއް ކުރެއްވިޔަސް، ސިފައިން އަމަލު ކުރަންޖެހޭނީ ދިވެހި ސަރުކާރުގެ ދިފާއުގައި ކަމަށް ރައީސް ޔާމީނަށް ވިދާޅުވެވެނީ ތިޔަފަދަ ޑިފެންސް މިނިސްޓަރުންނާއި ހޯމް މިނިސްޓަރުން އެމަނިކުފާނުގެ އަރިހުގައި ތިއްބެވީމައެވެ. ރައީސް ވިދާޅުވެއްޖެއްޔާ ކޮންމެ ކަމެއް ވަރިހަމަ ކޮށްލައިގެން މަގާމުގެ ދަހިވެތި ކަމުގައި ތިއްބަވާ ވަޒީރުން މިނޫނިއްޔާ ވަރަށް ނުފެނެއެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރެފައިވާ އަމުރަކީ ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، އުއްތަމަ ފަނޑިޔާރާ އެކު އެކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ އަމުރެކެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ތަންފީޒު ކުރަންޖެހޭ އަމުރެއް ކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެނގިވަޑައި ނުގެންނެވި ނަމަވެސް ދިވެހި ރައްޔިތުންނަށް އެކަން އެނގެއެވެ. ބޭރުގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން ސިފައިން ގައުމު ސަލާމަތް ކުރަން ކުރަންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާވުމުންނާއި ތިމަން މަނިކުފާނު ވެރިކަން ބޭނުން ވެގެން ކޮންމެހެން ނޫޅުއްވާ ކަމަށް ވިދާޅުވަމުން ގެންދަވާއިރު، ވަމުންދާ ގޮތާއި ކަންކުރަމުންދާ ގޮތް ނޭނގޭ ދިވެހިރައްޔިތެއް ނެތެވެ.

ގާނޫނީ ހުކޫމަތޭ، ކޮރަޕްޝަނޭ، ހިޔާނާތުގެ ތުހުމަތުގެ އިނގިލިތައް އެހެން ފަރާތަކަށް ދިއްކުކުރުމުގެ ބަދަލުގައި މިސަރުކާރުގެ އެފަދަ އަމަލުތައް ހުރީ އިންތިހާއަށް މަތީގައެވެ. މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ އަމަލުތަކަކީ މިހާތަނަށް ސަރުކާރަކުން ހިންގާފައިވާ އެންމެ ބޮޑެތި އަމަލުތަކެވެ. ޖަލަށްލީ އެއް ފަނޑިޔާރު ދެ ފަނޑިޔާރުންނެއް ވެސް ނޫނެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއް ވެސް ޖަލަށް ލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި ސިފައިން ހިސޯރުކޮށްފައިވާއިރު، ސުޕްރީމް ކޯޓު ވެސް ވަނީ ސިފައިން ހިސޯރުކޮށްފައެވެ.

މިހާރު ރާއްޖޭގެ މިސްރާބު މިހުރީ ސީރިއާގެ ރައީސް ބައްސާރުލް އަސަދާއި މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީގެ ވެރިކަން ކުރަމުންދާ ގޮތުގެ މިސްރާބަށެވެ. މިލިޓަރީ ބޭނުންކޮށްގެން ގައުމު ހިންގާށެވެ. މިހާރު މިގައުމުގައި ގާނޫނުއަސާސީއަށް ގާނޫނުތަކަށް ބޯލަނބާ ބަޔަކު އުޅޭހެން ވެސް ހިއެއްނުވެއެވެ. ޝަރުއީ ކޯޓުތަކުން ހިތަށް އެރި ގޮތަކަށް އަމަލު ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅު ވަނީ އަމުރަކީ ތިމަންމަނިކުފާނުގެ އަމުރު ކަމަށެވެ. ތަންފީކުރަންޖެހޭނީ ތިމަންމަނިކުފާނުގެ އަމުރު ކަމަށެވެ. މިކަންކަމުން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވަނީ ކޮން ބޭފުޅެއްކަން އެނގޭ ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

5 މަސް ކުރިން

ބަލަ! ވަރިހަމައެއް ނު "ވަން ފޮރ މީ ވަން ފޮރ ދަ ބާސްކެޓް" ގެ އުސޫލުން ނަމަވެސް އަހަރެން ކޮށްދޭ ކަންތައްތަކެއް ނުފެނޭތަ އަދި މުސްތަގުބަލްގައި ކުރަން ހުރި ކަންތައްތައް އަދި މާގިނައެވެ.

1
1
ބެއްޔާ

5 މަސް ކުރިން

ޤާނޫނުގައި އޮތީ ވަން ފޯރ މީ ވަން ފޯރ ދަބާސްކެޓް ހެއްޔެވެ