19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

މާސްޓާރ ކްލާސް

މާސްޓާރ ކްލާސް ވޯކްޝޮޕްގައި 150 ޝެފުން ވަނީ ބައިވެރިވެފައި

  • ވޯކްޝޮޕް ބާއްވާފައިވަނީ އޭޕްރިލް 19 ވަނަ ދުވަހު
  • ވޯކްޝޮޕްގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުން
  • ޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ ސެޕްޓެމްބަރު 12-9
ސިމާހާ ނަސީމް | sim_kamana

| 23 އޭޕުރިލް 2018 | ހޯމަ 11:03 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


މާސްޓާރ ކްލާސް ވޯކްޝޮޕްގެ ތެރެއިން -- ބެސްޓް ބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގައި ތިބި ޝެފުންނަށް އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީއެމްއެމް) އިން އިންތިޒާމު ކޮށްގެން އޭޕްރިލް 19 ވަނަ ދުވަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ކުރިއަށް ގެންދިޔަ މާސްޓާ ކްލާސް ވޯކްޝޮޕްގައި 150 ޝެފުން ވަނީ ބައިވެރިވެފައެވެ.

ބީބީއެމް އިން ބުނީ މި ވޯކްޝޮޕްގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުން ކަމުގައެވެ.

މި ވޯކްޝޮޕްގައި މައިގަނޑު ހަތަރު ކަމެއް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އެއީ  ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތައް ކިޔަދިނުމާއި ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާއިރު ޖަޖުން މާކްސް ދޭނެ ގޮތާއި މާކްސް ދޭއިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކިޔައިދިނުމެވެ.

މާސްޓާ ކުލާސް އާއި ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީއެމްއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމުގައެވެ.

މި އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން ކަމަށާއި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން ކަމަށްވެސް އަފްރާހް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މެކްސްގެ އޮފީހުން ލިބެން ހުންނާނެއެވެ.

ކްލާސްތަކުގައި ކިޔައިވައިދީފައިވަނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތު ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތީގަހަމަބައިވެރިވާހާ

9 މަސް ކުރިން

ތީގަހަމަބައިވެރިވާހާ އެންމެނަކީވެސްހަމަ ޝެފުންތަ؟

0
0