20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދެންވެސް ކިޔަނީ އިސްލާމުންނޭ

ނެތް ނުކުރާކަ ކަމެއް މަދަރިންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ

 • ހެޔޮ ގޮތް ބުނެދޭ މީހުންގެ އަމަލުތައް ގޯސްނަމަ ބޮޑެތި އަދަބު ލިބޭނެ
 • އިސްލާމްދީން ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށް
 • އިސްލާމްދީނުގެ ވާހަކަ ދައްކާ ބައެއް މީހުން ފަތިފުން މުޑުދާރުވެފައި
ހުސެން ފިޔާޒް | hussainfiyaz

| 22 އޭޕުރިލް 2018 | އާދީއްތަ 18:30 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
 3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
 4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
 5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
 6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
 7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
 8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ބިނާކަމުގައިވާ އިސްލާމީ މަރުކަޒު: މުންކަރާތްތަކަށް އަރައި ނުގަތުމަށް ގޮވާލާ ބައެއް މީހުން ދަނީ މުންކަރާތްތަކަށް އަރައި ގަންނަމުން -- ގޫގުލް

ބޭރުގެ ޖަމާއަތްތަކުންނާއި ގައުމުތަކުން ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަށް ގޮވާނުލާ އިރެއް ނެތެވެ. ނަމަވެސް، ރާއްޖޭގައި އިސްލާމްދީން ގާއިމުވި ފަހުން، މިއަދާ ހަމައަށް އެހެން ދީނެއްގެ ބިންގަލެއް އެޅިފައެއް ނެތެވެ. ސަބަބަކީ ދިވެހިން އެކަމަށް ނޭދޭތީ އެވެ. ބޭނުން ވެސް ނުވާތީ އެވެ.

ރަސްކަމުން ފެށިގެން ޖުމްހޫރީ ވެރިކަން ގާއިމުކުރި ފަހުން މިކަން އޮތީ މިގޮތަށެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް، ރައީސް ވަހީދުގެ ވެރިކަމުގައި ވެސް އަދި މިހާރު ހިންގަމުން މިދާ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަށް ބޭރުގެ އެކި ފަރާތްތަކުން ގޮވާލާފައިވެ އެވެ. އެކަމަށް އެއްވެސް އިރެއްގައި ފުރުސަތެއް ދީފައެއް ނެތެވެ. ނަމަވެސް، ސިޔާސީ ޕާޓީތައް ވުޖޫދުވި ފަހުން، މިފަދަ ގޮވާލުންތަކާ ގުޅިގެން ސަރުކާރުން ފޫޅުގަނޑާފައި ވަނީ ސިޔާސީ ވާދަވެރިންގެ ބޮލަށެވެ. އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާ އަޑަކީ މިހާރު ދިވެހިންނަށް ބައު އަޑެކެވެ. އެ ސުވާލަށް ޖަވާބުދީ ނިމިފައިވާ ގޮވެއްޔެކެވެ. އިސްލާމްދީން މިއަދާ ހަމައަށް ފެތުރިގެން ގޮސްފައި ވަނީ ގައުމުތަކުގެ ރައްޔިތުންގެ އައިޑީ ކާޑުގައި ގަދަކަމުން "މުސްލިމް" ޖަހައިގެނެއް ނޫނެވެ. ކަނޑިބަނޑިންނެއް ނޫނެވެ. އިސްލާމީ އުސޫލްތަކާއި ރިވެތި އަޚްލާގުގެ މަތިވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް ދީނީ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އެކަން ބޭނުން ކުރަމުންދާ މަގުސަދަށާއި، ސައްތައިން ސައްތަ މުސްލިމް މި ދިވެހި އުއްމަތު ހާލަތާމެދު ވިސްނާލަން ހިނގާށެވެ. އެވާހަކަ ވަރަށް ކުރުކޮށް ވަރަށް ފޮނި ކޮށް ބަޔާން ކޮށްދެއްވާފައިވާ ކުޅަދާނަ ދިވެހި އަދީބެއްގެ ބަސްކޮޅެއް މިހާ ހިސާބުން ހަނދާނަށް އާދެއެވެ.

އެންމެން ކިޔެވީ އެއްފޮތަކުންނޭ ފެންނަގޮތުން ދިހަބާރަ ފޮތުންނޭ

ނެއް ނުކުރާކަ ކަމެއް މަދަރިންނޭ ދެންވެސް ކިޔަނީ އިސްލާމުންނޭ

ބަދު އަޙްލާޤުން ހޯދާ ޝުހުރަތު ލަދުތަދު ފިސްކޮއް ނައްތާ ޣީރަތު

މަދުއެތިކޮޅަކަށް ވިއްކާ ޢިސްމަތު ދެންވެސް ކިޔަނީ އިސްލާމުންނޭ

ދީނުގެ އަސްލެއްނޭގި އުސޫލެއް އީމާންވާނޭ ނޭގި ރަސޫލެއް

ސީދާމަގުނުމެ ކޮންމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

ތަރުހީބު ދެނީ އޮތްލަޢުނަތަކަށް މަރުދީބަލަނީ އޮތް ބިދުޢަތަކަށް

ކަރުމަރު ހިފަނީނަމަ ރިޝްވަތަކަށް ދެންވެސް ކިޔަނީ އިސްލާމުންނޭ

ނިވަލެއް ނެތި ތިބެ ދޭދޭ ޖިންސުން ނިވަނީ ހިތުގެ އެދުންތައް މީހުން

ދުވަނީ މިކަމާމެދު ތެޅި ފޮޅެމުން ދެންވެސް ކިޔަނީ އިސްލާމުންނޭ

ހެޔޮނެތެ ކުރެވޭ އެއްވެސް ޢަމަލެއް ހެޔޮކަމަކަށް ނަމަ ކުރަނީ ޖަދަލެއް

އެއުރެނަކަށް ނެތެ ހަމަވުން އަޖަލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

އުދަގޫ ކަމެކޭ އަޅުކަން ކުރުމީ މުދަލުން ދޭންވާ ސަދަޤާތް ދިނުމީ

ނުދަތުމުގައިވެސް ޒިިކުރެއް ކުރުމީ ދެންވެސް ކިޔަނީ އިސްލާމުންނޭ

ފަސް ވަގުތޭ ތޯ ކޮންފަސްވަގުތެއް އަސްތާނުލިބޭ ގޮސްލަންވަގުތެއް

މަސްއޫލިއްޔަތަކީ ބޮޑުމަސްތެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

ބޭރުން މީހުން ގުޅެނީ ދީނާ ފޭވާން މިއުރެން އުޅެނީ ދީނާ

ހޭގާ ތިބެ ފޮށެނީ މާތްދީނާ ދެންވެސް ކިޔަނީ އިސްލާމުންނޭ

ޝާއިރުގެ މި ފުރިހަމަ ބަސްތަކުން އަޅުގަނޑުމެންގެ ހާލަތު ވަރަށް ރަނގަޅަށް އެނގެ އެވެ. ހަގީގަތުގައި ވެސް ދެން ވެސް ކިޔަންވީ އިސްލާމުންތޯ އެވެ. އިސްލާމަކަށް ވަނީ އައިޑީކާޑުގައި އެގޮތަށް ޖެހުމުން ހެއްޔެވެ. ނޫނެކެވެ. އިސްލާމީ އުސޫލްތަކާއި އަޚްލާގާއެއްގޮތަށް އަޅުކަންކުރަންޖެހެ އެވެ. ދުނިޔެ ޖާހިލުކަމުގެ އަނދިރީގައި އޮތްވައި ހަތް އުޑުގެ މަތިން އިސްލާމްދީން ބާވާލެއްވީ އިންސާނުންނަށް ތެދުމަތު ދައްކަވައި، މި ދުނިޔޭގެ ބިމުގައި އިންސާފު ގާއިމުކުރުމަށެވެ.

އިސްލާމްދީނުގެ އެންމެ ބޮޑު އެއް އަސާސަކީ އަދުލްއިންސާފާއި ހަމަހަމަކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމް ދިވެހި އުއްމަތުގައި އަދުލް އިންސާފު އެބަ އޮތްތޯ އެވެ. އަދުލް އިންސާފް ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަމުގައިވާ ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މިހާރު ވެސް އެ ތިއްބެވީ ހިފައި ހައްޔަރުކޮށްފަ އެވެ. މި ހިސާބުން އިންސާފު އޮތް މިންވަރު އެނގޭނެ އެވެ. މިވަރުން ވެސް ކިޔަވަންވީ އިސްލާމުންތޯ އެވެ. ޝާއިރު ވިދާޅުވެފައިވާ ފަދައިން ނަމުގައި އިސްލާމްވިޔަސް، އަމަލުން ފެންނަމުން ދަނީ މުޅިން ތަފާތު މަންޒަރުތަކެވެ. ދައުލަތުގެ މަގާމުގައި ހުންނަ މީހަކު، ހަދިޔާގައި ހިފުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަކަށް ނުވިޔަސް، މިހާރު މިރާއްޖެއިން ފެންނަމުން ދަނީ އެކަމަށް ވެރިން ހިތްވަރު ދޭ ތަނެވެ. ކަނޑެއް ފަޅެއް ބެލުމެއް ނެތި މޭޒު ދަށުން ދިއްކޮއްކާ ސިޓީ އުރައިގައި ހިފުމަކީ މިހާރު ރީތި ކަމެކެވެ. ކުރަންޖެހިފައި އޮންނަ ކަމެކެވެ. ހަލާލެއް ހަރާމެއް ބެލުމެއް ނެތެވެ. ކަދުރު ކޮޅެއް އަތުޖެހުނަސް، ހައްޖުކޯޓާ އެއް ލޮލުކޮޅަށް ފެނުނަސް ފެންނަނީ އެއިން ނެގޭނެ ނާޖާއިޒް ފައިދާ ހޯދުމަށް އަވަސް ވާތަނެވެ. އަމާނާތެއް، ޒިންމާއެއް ދަންނަ މީހަކު ހުރި ކަމަކަކަށް ނުވެއެވެ. ހެއްދެވި ފަރާތެއް، އާޚިރަތެއް ދަންނަ މީހަކު ހުރި ކަމަކަށް ނުވެއެވެ. ރައްޔިތުންގެ ތިޖޫރީ ބޮޑުތަނުން ފޫގޮސް، ޚުދު އިސްލާމީ ކަންކަން ބަލަހައްޓަން މަތިކޮށްފައިވާ ވުޒާރާގައިވެސް ފަސާދައެވެ. ސިހުރުހާހޫރަ ހެދުމާއި ބަރަހަނާކޮށް ތިބެ ނެށުމާއި ރާބުއިމާއި ޒިނޭކުރުން މި ފަސްގަނޑުގައި ވަނީ ގިނަވެފަ އެވެ. މީހުން މެރުމާއި އެ މަރުތަކަށް އިންސާފު ނުހޯދުމަކީ މި ދިވެހިރާއްޖޭގައި މާބޮޑު ކަމަކަށް ނުދެކެ އެވެ. ދެންވެސް ކިޔަންވީ އިސްލާމުންނޭ ހެއްޔެވެ؟

ބަދަލު ހިފުމަކީ މާތް ރަސޫލާ ދައްކުވައި ދެއްވ އަޚްލާގެއް ނޫނެވެ. އެކަލޭގެފާނު ޒަހަމްވަންދެން ޠާއިފްގެ ރައްޔިތުންގެ އަނިޔާކުރި އެވެ. ނަމަވެސް ބަދަލު ހިތްބެވުމުގެ ބަދަލުގައި ﷲގެ ހަޟްރަތުގައި ދުއާ ދެންނެވީ، އެ ބައިމީހުންގެ ބުރަކަށިތަކުން ﷲއަށް އަޅުކަންކުރާނެ ދަރިންތަކެއް ނެރެދެއްވުމަށެވެ. ކިހައި މަތިވެރިތޯ އެވެ. ނަމަވެސް މި ދިވެހި އިސްލާމީ އުއްމަތުން ފެނިގެން ދަނީ ވައިއެޅިލިޔަސް، ނުވަތަ ވައި އެޅެން އުޅޭހެން ހީވިޔަސް، ނުވަތަ ކަހީނަކު ބުނާ ބަހަކަށް ވިޔަސް ފްރޭމްކޮށް މީހުން ނުހައްގުން ޖަލަށްލާ ތަނެވެ. ގާނޫނެއް، އިސްލާމީ ޝަރީއަތެއް ބެލުމެއް އެބަ އޮތްތޯ އެވެ. މިފަދަ މީހުންނަށް ވެސް އިސްލާމުންނޭ ކިޔަންވީ ހެއްޔެވެ؟

ދިވެހި ބިމުގައި ހަރާފާތްތަކަށް ތަބާވެ އަމަލުތައް ކުރުން އިތުރުވެފައިވާއިރު، ދުނިޔޭގެ މަޖަލުގައި މިސްކިތްތައް ނަގައި އެތަންތަނުގައި ކުޅިވަރުކުޅޭ ތަންތަން އަޅަމުންދާއިރު ވެސް ކިޔަންވީ މުސްލިމުންނޭ ހެއްޔެވެ. މި ދަރަޖައަށް ގައުމުގެ ހާލަތު ގޮސްފައިވާއިރު، ދީނީ މިނިވަންކަމޭ ބުނާއިރަށް މިފަހަކަށް އައިސް އެންމެ އަޑުހަރުކޮށް ތެދުވާ ބައެއްމީހުންގެ ހާލަތަށް ވިސްނާލަންޖެހެ އެވެ. އަލީއެއް، އަހްމަދެއް، ރަހީމެއް ކާސިމުގެ އިތުރުން އެތައް ބައެކެވެ. އެ މީހުން ނުހައްގު މުއްސަނދިކަން ހޯދި އެވެ. ލަގްޒަރީ ފްލެޓްތަކާއި ބޯޓް ފަހަރާއި މާލެއިން ފިހާރަތަކާއި ވިޔަފާރިތައް ހޯދި ގޮތެއް ނޭނގެ އެވެ. ފައިސާ ގޯނި ހިފައިގެން ބެހި މީހާއަށް ވީކަމެއް ނެތެވެ. ސަރުކާރު މުވައްޒަފުންނާއި ވެހިކަލް ބޭނުންކޮށްގެން ސިޔާސީ ބޭނުންތައް ކޮށްދިން މީހާއަށް ދެމުންދަނީ ތަރުހީބެވެ. ފައިސާ ހޯދުމައި ހަރާމެއް ހަލާލެއް ބަލަނީ ކާކުތޯ ބުނި މީހާ އަށް ވެސް ދެނީ ހޫނުތަރުހީބެވެ. މުޅި ދައުލަތުގައި ހިޔާނާތެވެ. އިސްލާމީ އުސޫލްތައް ދަމަހައްޓަން އޮތް މުއައްސަސާގައި ވެސް ވަނީ ހިޔާނާތުގެ ފަނި އަޅައި ދަނީ ކަމުންނެވެ. 

ރަނގަޅު ގޮތް ރައްޔިތުންނަށް ބުނެދޭން ތިބި މިފަދަ މީހުންގެ ހާލަތު އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި ރަސޫލާ އަށް ދެއްކެވި އެވެ. އެ ދަތުރުފުޅުގައި، އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔަކު ރަސޫލާއަށް ދެއްކެވި އެވެ. އެއީ މީސްތަކުންނަށް ހެޔޮ ކަންތައްތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާއިރު އެ މީހުންގެ އަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތާލައިފައިވާ މީހުންނެވެ.

ވިސްނާށެވެ. އާހިރަތަށް ބިރު ގަންނާށެވެ. އިސްލާމް ދީނޭ އިސްލާމް ދީނޭ ކިޔަކަސް މާ ތަގުވާވެރި މުސްލިމަކަށް ވީކަމަށް ހެދިގެން ނޫޅޭށެވެ. ނަމުގައި އިސްލާމުންނަށް ވެގެން ނުތިބެ، ހަގީގީ އިސްލާމީ އަޤީދާއާ އެއްގޮތަށް އުޅޭށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް