20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އާއިލީ ގުޅުން

ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

  • އަޅުގަނޑުމެންގެ ޙަޔާތް ހޭދަކުރެވޭނަމަ ޢާއިލީ ގުޅުން ބަދަހިވާނީ ކިހިނަކުންތޯއެވެ؟
އަހްމަދުﷲ ޖަމީލް | adjameel

| 22 އޭޕުރިލް 2018 | އާދީއްތަ 12:52 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ޢާއިލާތައް ބަދަހިކުރެވޭނީ އަޅުގަނޑުމެންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކުރެވިގެންނެވެ. -- ފޮޓޯ : މުހައްމަދު ޝަރުހާން

(16 އޭޕްރީލް 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

އަދިވެސް އިތުރު އެކަލޭގެފާނުގެ ޙަދީޘެއްގެ މާނާގައި ވެއެވެ. "އެމީހެއްގެ ދީނާއި އަޚުލާޤާ މެދު ރުހޭ މީހަކު ތިޔަބައި މީހުންގެ ގާތަށް އަތުވެއްޖެނަމަ، އެ ކައިވެނިކޮށްދޭށެވެ. އެހެން ނުހައިދައިފިނަމަ، ބިމުގައި ފިތުނަ ފަސާދަ ފެތުރިގެން ހިނގައިދާނެއެވެ."

ދީންވެރި ޚުލްޤު ރަނގަޅު މީހަކު ދަނެގަތުމަށްޓަކައި އެމީހެއްގެ ޢާއިލާގެ މީހުންގެ އުޅުން ހޯދައި ބަލައިފިނަމަ އެކަން ގިނަފަހަރަށް އެނގޭނެއެވެ. ނަމަވެސް ތިމާ ދުވަހަކު ނުވެސް ދަންނަ އަދި ދެކެފައި ވެސް ނުވާ އަދި އޭނާގެ މައިންބަފައިންނާ ޢާއިލާވެސް ނުދަންނަ ކުއްޖަކު ހަމައެކަނި ބޭރުފުށުން ފެންނަ ފެނުމަށް ބަލައި ޙަޔާތުގެ ބައިވެރިއަކަށް ހެދުމުން ގިނަފަހަރު އޮންނަނީ ހިތި ތަޖްރިބާތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެހެން ކަމުން އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ކޮންމެ ޒުވާނަކުމެ ކައިވެނި ކުރުމުގެ ކުރިން އެކަމާބެހޭ ގޮތުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ މަޝްވަރާކޮށް ތިމާގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅަންވާނެއެވެ. އެހެނީ ކައިވެންޏަކީ ވަރަށް މަތިވެރި މަޤުޞަދެއްގައި ކުރެވޭ ވަރުގަދަ މުޢާހަދާ އަކަށްވާތީއެވެ.

ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކުރުމުގައި ބަލަންވީ އެންމެ އެކަށީގެންވާ މިންގަނޑު އިސްލާމްދީނުގައި މިގޮތަށް އައިސްފައިވީ ނަމަވެސް އަޅުގަނޑުމެންނަށް މި މިންގަނޑަށް ބަލައިލެވެނީ ކިހާވަރަކަށްތޯއެވެ؟ ކައިވެނީގެ ގޮތުން ތިމާ މިގުޅޭ ޢާއިލާގެ މާޒީގެ ޙަޔާތަށް ބަލައިލެވޭތޯއެވެ؟ އޭނާގެ މައިންބައިފައިންގެ އުޅުމަށާއި ޚުލްްގަށް ބަލައި ލެވޭތޯއެވެ؟

ތިމާ މި އިޚްތިޔާރުކުރި ޙަޔާތުގެ ބައިވެރިޔާ އަކީ ކާކުގެ ކޮން ޢާއިލާއެއްގެ ކުއްޖެއްތޯ ކައިވެންޏާ ހަމަޔަށްދާއިރު ވެސް ގިނަ ފަހަރަށް ބެލިފައެއް ނޯވެއެވެ. މިގޮތަށް ހޯދާ ބައިވެރިޔާ އޭނާގެ ޙަޤީޤީ ސޫރައިގައި ފެންނަން ފަށަނީ ކައިވެނިކުރާ ފަހުންނެވެ. އެކީގައި އުޅެން ފެށުމުންނެވެ. ނަތީޖާއަކަށް ވަނީ އެއް ކުއްޖަކު ދެކުއްޖަކު ލިބޭފަހުން ވަރިވެ ޢާއިލާ ރޫޅޭގޮތް މެދުވެރިވުމެވެ. ޝިކާރައަކަށް ވަނީ އެދެމަފިރިންނަށް ލިިބިފައިވާ މަޢުޞޫމު ތުއްތު ކުދިންނެވެ. އެކުދިންނަށް މިފަދަ ޙާލެއް އަޅުގަނޑުމެން ކުރިމަތިކުރުވާއިރު މިކަމުގައި އެކުދިންގެ ކުށަކީ ފަހެ ކޮބައިތޯއެވެ؟ ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކަ ދައްކާއިރު މުޖުތަމަޢުގެ އެހެން ދިމާއަކަށް ބަލައިލަމާތޯއެވެ؟ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް އެކަކު އަނެއްކެއްގެ ފަރާތުން ލިބެންވާ އުފާ ފުރިހަމައަށް ނުލިބޭކަމުގެ ޝަކުވާއަކީ ވެސް މަދު ޝަކުވާއެއް ނޫނެވެ. މިހުރިހާ ޝަކުވާތަކަށް ބަލައިލުމުގެ ބަދަލުގައި ހަމައެކަނި ބަލައި ލާނީ ގޭތެރެއިން ހިތްހަމަ ނުޖެހުމުން، ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އުފާ ޙާޞިލްކުރަން ދެން ޢަމަލުކުރާ ގޮތުގެ މައްޗަށެވެ.

ފިރިމީހާ ގެއަށް އަންނަ އިރު އަނބިމީހާ ނިދައި ނުހޭލާ އޮވެދާނެއެވެ. ނޫނީ ފިލްމެއް ބަލަން އިނދެފާނެއެވެ. ނޫނީ އިންނާނީ އަވަދި ނެތިފައެވެ. ކޮންމެވެސް މަސައްކަތެއްގައި ދާހިއްލާފައެވެ. ނޫނީ ގެއަކު ނުއުޅޭނެއެވެ. ނޫނީ ރައްޓެއްސަކާ ފޯނުން ވާހަކަ ދައކަން އިނދެފާނެއެވެ. ގެއަށް މީހަކު އަޔަސް ފިރިމީހާ އައިކަމުގައި ވިޔަސް އިޙްސާސެއް ނުކުރެވޭނެއެވެ. މިފަދަ ކިތަންމެ ކަންތައްތަކެއްގައި އަވަދިނެތިއުޅެއެވެ. ނިކަން ހިތަށް ގެންނަވައި ބައްލަވާށެވެ. މިފަދަ ވަގުތެއްގައި ތިޔައިން ބޭފުޅަކުނަމަ، ކުރެއްވޭނެ އިޙްސާސަކީ ކޮބައިތޯއެވެ؟ ދެން ނިކަން ވިދާޅުވެ ބައްލަވާށެވެ! އޭނާގެ މުޅި ޙަޔާތަކީ މިފަދަ ޙަޔާތަކަށް ވެއްޖެނަމަ ދެންވާނީ ކިހިނެއްތޯއެވެ؟

އޭގެ ބަދަލުގައި ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ކުރަންހުރި ކަމެއްނަމަ ކޮށް ނިންމައިލައި ފެންވަރައި ރީތިވެގެން ފިރިމީހާގެ އިސްތިޤުބާލުގައި ހުއްޓާ ގެއަށް އަންނަ ފިރިމީހާއަށް ކުރެވޭނެ އިޙްސާސާ މެދު ވިސްނަވާށެވެ. މާތް ނަބިއްޔާ z އަޅުގަނޑުމެންނަށް އިރުޝާދު ދެއްވައިފައި ވަނީ އަޅުގަނޑުމެން ކުރެ މީހަކު ދަތުރެއްކޮށްފައި އަންނަ އިރުވެސް އަންގައި ނުލައި އައިސް ރޭގަނޑުގެ ވަގުތުތަކުގައި ގެއަށް ނުވަނުމަށެވެ. އޭގެ ސިއްރަކީ ކޮބައިތޯއެވެ؟

ގިނަ ފަހަރަށް އަލުގަނޑުމެންނަށް މިވާގޮތަކީ ދެމަފިރިންވެސް ދާނީ ކޮންމެވެސް ތާކަށް ވަޒީފާ އަށެވެ. ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ގެއަކު ނުއުޅޭނެއެވެ. އޭނާ އައިސް ގޭތެރެ ހާވައިލައިފައި  ކޮންމެވެސް އެއްޗެއް ހަދައިގެން ކައިލައިގެން ނިދައިފާނެއެވެ. ނޫނީ އަނެއްކާވެސް މަސައްކަތަށް ދާނީއެވެ. އަންހެނުން ވެސް ގެއަށް އަންނައިރު ފިރިމީހާއެއް ނުހުންނާނެއެވެ. ކުދިން ތިބޭނީ ކޮންމެވެސް އަވަށްޓެރިއެއް ނުވަތަ ތިމާގެ މީހެއްގެ ގާތުގައި ނުވަތަ ކުދިން ބަލަހައްޓާ ތަނަކަށް ފޮނުވާފައެވެ. ޢާއިލާއާއި އެކުގައި ބައްދަލުވާ ވަގުތެއް ނުލިބޭނެއެވެ.

މިގޮތުގައި އަޅުގަނޑުމެންގެ ޙަޔާތް ހޭދަކުރެވޭނަމަ ޢާއިލީ ގުޅުން ބަދަހިވާނީ ކިހިނަކުންތޯއެވެ؟

ޢާއިލާތައް ބަދަހިކުރެވޭނީ އަޅުގަނޑުމެންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކުރެވިގެންނެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކުރެވޭނީ ތަރުބިޔަތުކުރާން ތިބި މީހުންނަކީ، އެކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެންނެވެ.

ޢާއިލާއެއްގައި ދެމަފިރިންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ z ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައި މީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާންޖެހޭނެ މީހެކެވެ. ފަހެ ވެރިމީހާއީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާންޖެހޭނެ މީހެކެވެ. އަދި ފިރިހެނާއަކީ (ފިރިމީހާއީ) އޭނާގެ ޢާއިލާގެ ތެރޭގައިވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާ މެދު މަސްއޫލުވާންޖެހޭނެ މީހެކެވެ. އަންހެނާއަކީ (އަނބިމީހާއީ) އޭނާގެ ފިރިމީހާގެ ގޭގައިވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާ ބަލަހައްޓަން ޖެހިފައިވާ މީހުންނާ މެދު މަސްއޫލުވާނޖެހޭނެ މީހެކެވެ."

ޢާއިލާއެއްގައި ނަމަ ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތައްކަށް ރައްކާތެރިވުމެވެ. –-ނިމުނީ-

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް