26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އައްޑޫ ސިޓީ ކައުންސިލް

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

  • ހަސަންގެ މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން
  • ހަސަނަކީ ކަންފަތުން އަޑު ނީވޭ ވާހަކަ ނުދެއްކޭ މީހެއް
  • ކުދިން އެހީއަށް އެދުނުކަން ކޮންމެސް ގޮތަކުން ހަސަނަށް އިހްސާސްވި
މުހަންމަދު ވިސާމް | sampathmasiw

| 22 އޭޕުރިލް 2018 | އާދީއްތަ 10:31 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ބުލޫ ރޯޒް ހަސަން ދީދީ -- ފޭސްބުކް

ތިން ކުދިން މޫދަށް ގޮސް އުޅުމުގެ ތެރޭގައި ދެ ކުދިން ވަނީ ގެއްލިފައެވެ. މިހާރުވެސް އެ ދެ ކުދިންގެ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެންނާނެ ކަމުގެ އުންމީދުގައެވެ. އެ ކުދިން ގެއްލިފައި ވަނީ މަޝްހޫރު އޮއިވަރު ބާރު ކޯއްޓޭ ސަރަހައްދަށެވެ. އޮއިވަރުގައި ޖެހި، ބިޔަ ރާޅުތަކުގެ ތެރެއަށް ދެ ކުދިން ގެއްލިގެން ދިޔައީ އައްޑޫ ސިޓީ ބޭރުމަތި އަވަށު، ބުލޫ ރޫމް ހަސަން ދީދީ ގެ ލޯ ކުރިމަތިންނެވެ. ހަސަނަކީ ކަންފަތަށް އަޑުނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ވަނީ ކޯއްޓޭ ސަރަހައްދުގެ ބިޔަ ބޮޑު ރާޅުތަކުގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކޮށްފައެވެ. އެހެންނަމަވެސް ލޯ ކުރިމަތިން އަނެން ދެ ކުދިން ބީވެގެން ދިޔައީއެވެ.

ހޮނިހިރު ދުވަހު ހަސަން ވެސް އާއިލާގެ ބައެއް މެމްބަރުންނާއި އެކު ދިޔައީ މޫދަށެވެ. އެހެން ނަމަވެސް ކޯޓޭ ސަރަހައްދުން ނަގާ ބިޔަ ރާޅުތަކުން މޫދަށް ނޭރި އޭނާ މަޑުކޮށްލިއެވެ. އޭރު މިހާރު ގެއްލިގެން ހޯދަމުންދާ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަދި ޓޮޕާޒް މަޔާމީން އަލީ، 14، ގެ އިތުރުން ރާއިފް އަލީ، 16 (ސަލާމް ކުރެވުނު ކުއްޖާ) ތިބީ މޫދުގައެވެ. އެ ސަރަހައްދުން ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ތެރެއިން އެކުދިން އެހީތެރި ކަމަށް އެދުނުކަން ހަސަނަން ކޮންމެވެސް ގޮތަކުން އިނގުނެވެ. އޮއިވަރު ބާރު އެސަރަހައްދަށް ހަސަން އެރިގެން ގޮސް، އެކުދިން ސަލާމަތް ކުރަން ކުރި މަސައްކަތުން އޭނާ އަށް ސަލާމަތް ކުރެވުނީ ރާފިއު އަލީ އެކަންޏެވެ.

 

ސަލާމަތްވި ކުއްޖާ

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އައްޑޫ ބައެއް މީހުން ބުނީ ތިން ކުދިން އޮއިގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި އެކުދިން ހަޅޭލެވި ވަގުތުގައި ގޮނޑުދަށުގައި ތިބީ ހަސަން ދީދީ އާއި ދެތިން އަންހެނުން ކަމަށެވެ. ހަސަންދީ އަށް އެމަންޒަރު ފެނުމުން މޫދަށް ފުންމާލާ ގޮނޑު ދަށާ އެންމެ ކައިރީގައި އޮތް ކުއްޖާ އޭނާ ސަލާމަތް ކުރި ކަމަށެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް ފަހު، ދެން ތިބި ދެ ކުދިން ސަލާމަތް ކުރަން ބެލި އިރު، އެ ކުދިންނެން ހަސަނަން ނުފެނުނެވެ.


"ހަސަން ވެސް އާއިލާގެ ބައެއް މެމްބަރުންނާއި އެކު އެދުވަހު ދިޔައީ މޫދަށް، އެހެން ނަމަވެސް އޮއިވަރު ހުރުމުން މޫދަށް ނޭރި މާޑުކޮށްލީ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޔަޝްރިފް ވިދާޅުވިއެވެ.

ކުދިންގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި އާންމުން

ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކެނޑި ނޭޅި ވައިގެ މަގުންނާއި ކަނޑު މަގުން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުން ހޮނިހިރު ދުވަހުގެރޭ  އެކުދިން ލައިގެން ތިބި ޖޯޒީ ކަމަށް ބެލެވޭ ޖޯޒީއެއް ފެނިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ގެއްލިފައިވާ ދެކުދިންގެ އާއިލާއިން ބުނީ އެކުދިން ދިރި ތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ފަތަން ވެސް އެނގޭ ދެކުދިން ކަމަށް އާއިލާއިން ބުނެއެވެ.

މަޔާމިން، ފަހުމީ، އަދި ރާފިއު އަކީ ހިތަދޫ ސްކޫލްގައި ކިޔަވަމުންދާ ތިން ކުދިންނެވެ. އެ ތިން ކުދިންގެ ތެރެއިން ރާއިފް ސަލާމަތް ކުރި ހުސަންއަށް ޝޯސަލް މީޑިއާގައި އެތައް ބައެއް ދަނީ ތައުރީފް ކުރަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ކުރި މަސައްކަތަށެވެ. ހަސަން މަސައްކަތް އައްޑޫ ސިޓީގެ ކުދިބޮޑު އެންމެން ފާހަގަކުރެއެވެ. ސާބަސްދެއެވެ. މުއައްސަސާއަކުން، ކައުންސިލުން އެކަމުގެ އަގު ވަޒަން ނުކުރިއަސް، އާންމު ރައްޔިތުންގެ ލޯބި ވަނީ ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް