19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ފުޓުބޯޅަ

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ނާފިއު ރަޝީދު | NaphiuR

| 7 ޖެނުއަރީ 2017 | ހޮނިހިރު 13:07 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އަލީ އަޝްފާގް (ދަގަނޑޭ) ނިއު ރޭޑިއަންޓަށް ކުޅުނު އިރު- ފޮޓޯ: ގޫގަލް -- ގޫގުލް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ސޮއި ހޯދަން އުޅޭ ފަދަ އިޝާރާތެއް އެ ކްލަބުގެ އާ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު ދެއްވައިފި އެވެ.

 

ހުކުރު ދުވަހުގެރޭ ބޭއްވި ނިއުގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މި މަހުގެ 15 ނޫނީ 16 ވަނަ ދުވަހު ވަރަށް ހާއްސަ ކުޅުންތެރިއަކު އެޓީމާއެކު އެއްބަސްވުމަކަށް އަންނާނެ ކަމަށާއި އަދި އެ ކުޅުންތެރިޔާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ކުޅުންތެރިއެއް ކަމެއް ޒިޔާދު ވިދާޅެއް ނުވެ އެވެ.

 

ޒިޔާދު ވިދާޅުވީ އެ ކުޅުންތެރިޔާ ކްލަބާ ގުޅުމުން މިހާރު އޮތް ހާލަތުން އަރައިގަނެ ސަޕޯޓަރުންނަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

 

އަންނަ ސީޒަނުގައި ނިއު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އުހުގައި ތިބި ބައެއް ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއްވަނަ ގޯލް ކީޕަރު އިމްރާނު މުހައްމަދާއި މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ އަލީ ފާސިރު (ސެންޓޭ) އާއި އޭނާއާއެކު ޓީސީއަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ) އަދި އަކްރަމް އަބްދުލް ގަނީ ހިމެނެ އެވެ.

 

މި ކުޅުންތެރިންގެ ތެރެއިން ކީޕަރު އިމްރާނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އޭނާއަކީ އެޓީމު މިހާރު އޮތް ހާލަތުން ކުރީގެ ހާލަތަށް ރުޖޫއަ ކުރުމަށް ބޭނުންވާނެ ފަދަ ގާބިލް ކަމެއް ހުރި ކުޅުންތެރިއެއް ކަމަށާއި އަދި ޓީމެއް ގޮވައިގެން ނުކުމެވޭ ފަދަ ހުނަރެއް ހުރި ލީޑަރެއް ކަމަށެވެ. އަދި އިމްރާން އެގޮތުގައި ހުރި ނަމަ އޭނާގެ ފުޓުބޯޅަ ކެރިޔަރު ނިންމާލަން އެދެނީ ވެސް ނިއުގައި ހުރެގެން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް