21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ހޮލީވޫޑް

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

އައިޝަތު ޝާނީ | Shaaknee

| 7 ޖެނުއަރީ 2017 | ހޮނިހިރު 13:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕެރިހުގައި ހިނގި ހާދިސާއަށް ފަހު ސޯޝަލް މީޑިއާ ދުރުވި، ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ސޯޝަލް މީޑިއާގައި އަލުން ހަރަކާތްތެރިވާން ފަށައިފި. ފޮޓޯ: -- ގޫގުލް

ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕެރިހުގައި ހިނގި ހާދިސާއަށް ފަހު ސޯޝަލް މީޑިއާ ދުރުވި، ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ސޯޝަލް މީޑިއާގައި އަލުން ހަރަކާތްތެރިވާން ފަށައިފިއެވެ.

 

އަންގާރަ ދުވަހުގެ ރޭ ކިމްވަނީ އިންސްޓަގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް އޭނާގެ އާއިލާގެ ފޮޓޯއެއް އާންމުކޮށްފައެވެ. ކިމް އާންމު ކުރި ފޮޓޯއިން ފެންނަނީ ކިމްް އާއި ފިރިމީހާ، މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް އާއި އެމީހުންގެ ކުދިން، ތިން އަހަރުގެ ނޯތު ވެސްޓާއި އެއް އަހަރުގެ ސެއިންޓް ވެސްޓެވެ.

 

އަދި ފޮޓޯ ޝެއާ ކުރުމަށް ފަހު، ޓްވިޓަރ މެދުވެރިކޮށް ބައެއް ފޭނުންނާ ކިމްވަނީ މުއާމަލާތްކޮށްފައެވެ.

 

ފޮޓޯގެ ކެޕްޝަނަކަށް "ފެމިލީ" ޖެހުމަށް ފަހު ކިމް ފޮޓޯއެއް ޝެއާކޮށްފައި މިވަނީ އޭނާއާއި ކާންޔޭއާ ދެމެދު މައްސަލަ ޖެހި، ވަރިއަށް ދަނީކަމަށް ގިނަ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.

 

އޮކްޓޯބަރ މަހު، ޕެރިސް ފެޝަން ވީކް ބެލުމަށް ކިމް ފްރާންސަށް ކުރި ދަތުރުގައި، އޭނާ ހުރި ހޮޓަލް ރޫމަށް ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު ވަދެ، ކިމް ބަނުމަށްފަހު އެތައް މިލިއަން ޑޮލަރުގެ ގަހަނާވަނީ ވަގަށް ނަގާފައެވެ. އަދި ކިމްއާ ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ.

 

އޮކްޓޯބަރު މަހުން ފަށައިގެން ކިމްގެ ހަރަކާތެއް ސޯޝަލް މީޑިއާއިން ފެނިފައި ނެތް ނަމަވެސް، ކިމްގެ ފޮޓޯތައް އާއިލާއާއި އެކުވެރިންވަނީ ޝެއާކޮށްފައެވެ. އަދި އެއަށް ފަހު ކިމް ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އާންމުކޮށްފައިވާއިރު، އޭނާގެ އެޕްވެސް ދިޔައީ ބަރާބަރަށް އަޕްޑޭޓްވަމުންނެވެ.

 

ކާޑޭޝިއަން އާއިލާއިން ބުނެފައިވަނީ ކިމްއަށް ދިމާވީ ކުޑަ ކަމެއް ނޫންކަމަށާއި "އޯކޭވާން ދުވަސްކޮޅެއް ނަގާނެ"ކަމަށެވެ. އަދި، މިއީ ސޯޝަލް މީޑިއާގައި ބަލައިގެން އުޅެން ދަސްކޮށްދިން ފިލާވަޅެއް ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް