
| 7 ޖެނުއަރީ 2017 | ހޮނިހިރު 12:51 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އާ އަހަރަށް މަރުހަބާ ކިޔުމަށް ކޮންމެ އަހަރަކު އޭބީސީން ބާއްވާ "ނިއު ޔިއަރޒް ރޮކިންގ އީވް"ގެ 2017 ވަނަ އަހަރުގެ ޝޯވގައި މަރާޔާ ކެރީއަށް ދިމާވި މައްސަލަތަކުގެ ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން ކަމަށްވާ، ޑިކް ކްލާކް ޕްރޮޑަކްޝަންސް (ޑީސީޕީ)ން ކަމަށް އޭނާގެ ޓީމުން ބުނެފިއެވެ.
މައިކްގެ މައްސަލަތަކާ ގުޅިގެން މަރާޔާ ވަނީ ޝޯވގެ ތެރެއިން ލަވަ ކިޔުން ހުއްޓާލާ، ވަކި ހިސާބަކުން ޝޯވ ބަލަން ތިބި މީހުން ލައްވާ ލަވަ ކިޔުއްވާފައެވެ. އަދި ގިނަ ނެށުންތައް މަރާޔާގެ ޝޯވތަކުން އާންމުކޮށް ފެނިގެންދާއިރު، ދެ ނެށުންތެރިން ވެގެން އޭނާ އުފުލަން ޖެހުމުން، ހަމައެކަނި ތިރިއަށްދާން އެހީވުމަށް ބުނާ އަޑު ވެސް އިވެއެވެ.
ޝޯވއަށް ފަހު ގިނަ ފަރާތްތަކުން އޭނާއަށް ފާޑު ކިޔަމުންދާއިރު، މަރާޔާގެ ޓީމުން ބުނީ، ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ޑިކް ކްލާކް ޕްރޮޑަކްޝަންސް އިން ކަމަށެވެ. އަދި ފެށުނީއްސުރެ އެމީހުން މަސައްކަތް ކުރީ މަރާޔާ ފެއިލް ކުރުމަށް ކަމަށް ވެސް އެމީހުން ބުންޏެވެ.
ތުހުމަތާ ގުޅިގެން ޑީސީޕީން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުންޔަކީ ނިމިގެން ދިޔަ 50އެއްހާ އަހަރު ތެރޭގައި ގިނަ ޓީވީ ހަރަކާތްތައް ޕްރޮޑިއުސް ކުރަމުން އަންނަ ބައެއް ކަމަށާއި، ގަސްތުގައި އާޓިސްޓެއްގެ ކެރިއާ ހަލާކު ކުރަން އުޅުނޭ ބުނާ ވާހަކައަކީ ޖޯކެއް ކަމަށެވެ. ޑީސީޕީން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނީ، ހާލަކުން ފަހަރަކު ޓެކްނިކަލް މައްސަލައެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުން، މަރާޔާގެ ހުށަހެޅުމަށް ދިމާވި މައްސަލަތަކުގައި ޑީސީޕީގެ ބައިވެރިވުމެއް ނުވާކަން ހާމަވެފައިވާ ކަމަށް އެމީހުން ފާހަގަކުރިއެވެ. އަދި މަރާޔާއަށް ގަދަރުކުރާ ކަމަށާއި، މިއުޒިކް ދުނިޔޭގައި އޭނާ ކޮށްފައިވާ މަސައްކަތްތައް ވެސް ޑީސީޕީ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މަރާޔާގެ ޓީމުން ބިލްބޯޑް މެގަޒިނަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ، ޝޯވގެ ކުރިން ރިހާސަލަށް ގޮސްފައިވާނެ ކަމަށާއި، ރިހާސަލަށް ފަހު މަަރާޔާގެ "އިއަރ ޕީސް"އިން ރަނގަޅަށް އަޑު ނީވޭކަން ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.
"އަހަރެންގެ ކްލައަންޓް ޝޯވ ނެގީ ވަރަށް ސީރިއަސްކޮށް. ހިތާމައަކީ އޭނާ ފެއިލް ކުރަން ބަޔަކު ސެޓް ކުރިކަން،" މަރާޔާގެ ޕަބްލިސިސްޓް ނިކޯލް ޕަރނާ ބުންޏެވެ.
ޑިކް ކްލާކް ޕްރޮޑަކްޝަންސްއަކީ މިފަދަ ގިނަ މިއުޒިކް ޝޯވތައް ޕްރޮޑިއުސްކުރާ ކުންފުންޔެކެވެ. އެ ގޮތުން، އެމެރިކަން މިއުޒިކް އެވޯޑްސް، ބިލްބޯޑް މިއުޒިކް އެވޯޑްސް އަދި ކަންޓްރީ މިއުޒިކް އެވޯޑްސް ފަދަ މިއުޒިކް ޝޯވތައް އެ ކުންފުނިން ޕްރޮޑިއުސްކޮށްފައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް