14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އުރީދޫ

އަގުހެޔޮ އާ ޑޭޓާ ޕެކޭޖްތަކެއް އުރީދޫން ތައާރަފް ކޮށްފި

  • މުޅި އެކު 20 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 އޭޕުރިލް 2018 | ހުކުރު 12:06 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އުރީދޫ ޑޭޓާ ޕްލޭންތަކުގެ އިޝްތިހާރެއް -- އުރީދޫ

މުޅި އެކު 20 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ، އާ ޑޭޓާ ޕެކޭޖުތަކެއް އުރީދޫން ތައާރަފު ކޮށްފިއެވެ.

މި ޑޭޓާ ޕެކޭޖުތަކަކީ؛ އުރީދޫ ޑޭޓާ 110 (700 އެމްބީ) އާއި އުރީދޫ ޑޭޓާ 160 (1.25 ޖީބީ) އާއި އުރީދޫ ޑޭޓާ 220 (2.5 ޖީބީ) އާއި އުރީދޫ ޑޭޓާ 330 (5 ޖީބީ) އަދި އުރީދޫ ޑޭޓާ 440 (7.5 ޖީބީ)ގެ އިތުރުން އުރީދޫ ޑޭޓާ 1،100 (25 ޖީބީ) އެވެ.

އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް ޑިޖިޓަލް އަރުޝަދު ޝާކިރު ވިދާޅުވީ ކަސްޓަމަރުން އެދޭ ފަދަ ހެޔޮ ބަދަލުތައް ގެނައުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"އުރީދޫގެ އާ ޑޭޓާ ޕެކްތަކާ އެކު، ކަސްޓަމަރުންނަށް ލިބޭ ފައިދާ އިތުރު ވެގެންދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަސްޓަމަރުންގެ ހިޔާލު ހޯދައި، އެ ބޭފުޅުން އެދޭ ފަދަ ހެޔޮ ބަދަލުތައް އުރީދޫގެ ޚިދުމަތްތަކަށް ގެނައުމަކީ ވަރަށް މުހިންމު އަދި އެކަމަށް އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމެއް،"  އަރުޝަދު ޝާކިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑޭޓާ ބޭނުން ކުރާ މިންވަރު ދިވެހިންގެ މެދުގައި އިތުރު ވަމުން އަންނައިރު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް 4ޖީ ޕްލަަސް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކުން އިންޓަނެޓް ބޭނުން ކުރުމަށް އާ ޕެކޭޖްތަކުން އެތައް ގުނައަކަށް އިތުރަށް ޑޭޓާ ލިބޭނެ ކަމަށެވެ.

އުރީދޫގެ ޑޭޓާ ޕްލޭންތަކަށް، ކޮންމެ ގަޑިއެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ސަބްސްކްރައިބް ކުރެވޭނެއެވެ. އެގޮތުން މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް އަދި *929# އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ޑޭޓާ ޕްލޭންތަކަށް ސަބްސްކްރައިބް ކުރެވެއެވެ.

މި ޕެކޭޖުތަކުގެ އިތުރުން ވެސް ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޚާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫން ފޯރުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް