18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މޯލްޑިވްސް ކޮންސިއުމަރ ފެއަރ

މޯލްޑިވްސް ކޮންސިއުމަރ ފެއަރ ފަށައިފި

  • އޭޕްރިލް 21 ވަނަ ދުވަހާ ހަމައަށް ފެއަރ ކުރިއަށްދާނެ
  • މި ފަހަރުގެ ފެއަރގައި 11 ކުންފުންޏަކުން ވަނީ ބައިވެރިވެފައި
  • މިއީ، މޯލްޑިވްސް ކޮންސިއުމަރ ފެއަރ ބާއްވާ 6 ވަނަ ފަހަރު
ސިމާހާ ނަސީމް | sim_kamana

| 19 އޭޕުރިލް 2018 | ބުރާސްފަތި 23:21 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


މޯލްޑިވްސް ކޮންސިއުމަރ ފެއަރގެ ތެރެއިން -- ފޮޓޯ : ރާއްޖެ އެމްވީ

މޯލްޑިވްސް ކޮންސިއުމަރ ފެއަރ ނެޝެނަލް އާރޓް ގެލަރީގައި ފަށައިފިއެވެ.

މި ފެއަރ ކުރިއަށްދާނީ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 21 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 04:00 އިން ރޭގަނޑު 11:00 އަކަށެވެ.

ފެއަރ އިންތިޒާމްކުރާ ބްލަކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑައިރެކްޓަރ އިސްމާއިލް ހުޝާމް ވިދާޅުވީ މި ފެއަރއަކީ ޝޮޕިންގ ފެސްޓިވަލެއްގެ ސިފައިގައި ކުރިއަށްދާ ފެއަރއެއް ކަމަށާއި ފެއަރ މެދުވެރިކޮށް ވިއްކާ ސާމާނުތަކުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

މި ފަހަރުގެ ފެއަރގައި 11 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

  1. ބީއެޗްއެމް ޓްރޭޑަސް
  2. ޓޭސްޓް
  3. ބެސްޓް ބައި މޯލްޑިވްސް
  4. ދިރާގު
  5. ސިނަފް
  6. ސްޓެޓިކް ކޮމްޕެނީ
  7. ޓްރޭޑެކްސް
  8. ކޮމްޕިއުޓަރ ޕްލަސް
  9. އެސްޓްރަބޮން
  10. ގައިޑެންސް އިމްޕްރޫވްމަންޓް
  11. ލަ ސޫކް

މިއީ ހޯލްސޭލް ވިޔަފާރިވެރިންނާއި ރީޓެއިލް ވިޔަފާރިވެރިންނާއި ސަޕްލަޔަރުންނާއި މެނުފެކްޓްޗަރުންނަށް ޚާއްޞަ ފެއަރ އެކެވެ.

މިފެއަރގައި ރާއްޖެއަށް މުޅިން އަލަށް އުފެއްދުންތައް ތަޢާރަފްކުރުމާއި ސްޓޯލްތަކުން ވިޔަފާރި ކުރުމުން ހާއްސަ ޑިސްކައުންޓާއި ކާބޯތަކެތީގެ ރަހަ ބެލުމުގެ ފުރުޞަތާއި، ތަފާތު އެކި ވައްތަރުގެ މުދާ އެއްތަނަކުން ލިބިގެންދާނެއެވެ.

އަދި ޢާންމުކޮށް ގޭތެރޭގައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނާއި ކާބޯތަކެތީގެ ބާވަތްތައްވެސް ސްޓޯލްތަކުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބްލަކް ޕްރައިވެޓް ލިމިޓެޑުން ބުނީ މިފަހަރުގެ ފެއަރއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ކޮންމެ ގަޑިއަކު އެއްފަހަރު ލަކީޑްރޯއެއް ނެގުމަށާއި އަދި ކޮންމެ ދުވަހަކު ގްރޭންޑް ޕްރައިޒް ވިނަރއެއް ހޮވުމަށް ހަމަޖެހިފައި ކަމަށެވެ.

މިއީ، މޯލްޑިވްސް ކޮންސިއުމަރ ފެއަރ ބާއްވާ 6 ވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް