21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

މަގޭ ރިޕޯޓް

އީޔޫ އާއި އދ. ވެސް ނަޝީދުގެ މުށުތެރޭގައިތަ؟

  • އީޔޫއިން އަދި އދ އިން ބުނާ ކަންކަމަކީ ނަޝީދު ކުރާ ކަމެއް ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވޭ
  • ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު ކަމެއް ނުކުރެވޭނެ
  • ތާއީދު ހޯދަން ދީން ހަތިޔާރަކަށް މިއަދަކު ހެދޭކަށް ނެތް
އަހުމަދު މުހުސިނު | dhonbandaara

| 19 އޭޕުރިލް 2018 | ބުރާސްފަތި 22:18 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ރާއްޖެއެމްވީ

މީހަކުވާ އަޖައިބުވެ އަންތަރީސް ވެދާނެއެވެ. ބަޔަކާ މެދު ނަފްރަތުވިއަސް ދައްކާފައި ނުދައްކާނެ ވާހަކަ ވެސް ހުންނާނެއެވެ. އެކަމަކު މިއީ ދެން ފުކެއް ބޮޑުވަރެވެ. ކިތައްމެ ފާޓުފުޅާވެފައި ދެއްކިއަސް ޤަބޫލު ކުރެވޭނީ އޭގައި ދެން އޮއްޓަރެއް ހުރެގެން ދައްކާ ވާހަކަކަން ނޭނގެންޏާ ތިޔަ ޒާތުގެ މަޤާމެއްގައި ހުންނާކަށް އަދި ކުފޫ ހަމައެއް ނުވެއެވެ.

އަމުދަކުން މިއީކީ މަށަކާވާ ބެހޭ ކަމެއް ވެސް ނޫނެވެ. އަދި މީއީކީ ދެން އަޅާލަން ޖެހޭވަރުގެ ކަމެއް ވެސް ނުމެ ނޫންމެއެވެ. އެކަމަކު ދެން މާ ބޮޑުވެލާފައި މާވަރުގަދަ ބާރެއްލިބިފަވާ ބަޔަކު ދައްކާތީ ދެންހަމަ ނުހުރެވުނީއެވެ.

ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫއަކީ އާދައިގެ ބައެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދަކީ ޔޫރަޕްގެ އެތައް ޤައުމެއް ބައިވެރިވެގެން ވަކިހަމަތަކެއްގެ މަތިން ކަންކަން ކުރަމުން އަންނަ ޤައުމުތަކެއްގެ މައްޗަށް އެކުލެވޭ ބޮޑު ޖަމްއިއްޔާއެކެވެ. އދ. އަކީ އަދި އެއަށް ވުރެ ވެސް ބޮޑު ޖަމާއަތެކެވެ. ދުނިޔޭގެ އެތައް ޤައުމެއް ބައިވެރިވެ ކަންކަމުގައި ގޮތް ކިޔައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެދިފައި އޮންނަ ޖަމާއަތެކެވެ. މި ދެ ޖަމާއަތަކީ ވެސް ހަމައެކަނި މުސްލިމް ޤައުމުތަކުގެ މައްޗަށް އުފެދިފައިވާ ޖަމާއަތްތަކެއް ނޫނެވެ. މުސްލިމުންނާއި ޣައިރު މުސްލިމުން އަދި ވަކިދީނެއް ޤަބޫލު ނުކުރާ މީހުން މުޅި ދުނިޔޭގައި ވެސް އުޅޭ ފަދައިން އެ ދެ ޖަމްއިްއޔާގެ ވެސް ހަމަ އެންމެން އުޅެއެވެ. އެ ޖަމާއަތްތަކުން އަމުރު މައުރޫފް ހިންގާ ހަދަނީކީ ހަމައެކަނި މުސްލިމް ޤައުމުތަކަކަށް ނޫނެވެ. އަދި ހަމައެކަނި ގޮތް ކިޔަނީކީ ޣައިރު މުސްލިމް ޤައުމުތަކަކަށް ވެސް އެކަންޏެއް ވެސް ނޫނެވެ. އެތަންތަނުގެ އުސޫލްތަކާއި ގަވާއިދުތައް ހަދާފައި ހުންނަނީ ހަމަހަމަ އުސޫލްތަކަކަށެވެ. ވަކި ދީނަކަށް ވަކި ނަސްލަކަށް ބުރަ ނުވާނެ ގޮތަކަށެވެ.

އެހެންކަމުން އެ ދެ ޖަމާއަތުން ބައިވެރިވެފައިވާ ޤައުމުތަކުން އެ ޖަމާއަތްތަކުގައި ބައިވެރިވިއަސް އެމީހުން ހިންގާހާ ކަންކަމެއްގައި ބައިވެރިވާކަށް ވެސް ނުޖެހެއެވެ. އެކަމަކަށް ލާޒިމެއް ވެސް ނޫނެވެ. އެއްޖިއްސުން ކައިވެނި ކުރުމާއި ތަފާތު ދީންތަކަށް އުޅެވެން ޖެހުމަކީ އެޖަމްއިއްޔާތަކުގައި ބައިވެރިވެފައި އޮތަސް މުސްލިމް ޤައުމުތަކަށް ކުރަން ޖެހޭ ކަންކަމެއް ނޫނެވެ. އެސަބަބަށްޓަކައި ކަންކުރާނެ އުސޫލުތަކެއް ވެސް ހުރެއެވެ. އެފަދަ ޤަރާރެއްގައި ނުވަތަ އެފަދަ މުއާހަދާއެއްގައި ހިމެނޭ އޭގެ ބައިތަކަށް ޢަމަލް ނުކުރާނެ ކަމުގެ ރިޒަވޭޝަން އެޤައުކަމަށް ލުމުގެ އިޚްތިޔާރު ކޮންމެ ޤައުމަކަށް ވެސް އޮވެއެވެ. ތިމަންމެން މިއީ ތިޔަކަންކަން ކުރެވޭ ފަދަ ދީނެއްގައި ތިބި ބައެއް ނޫނެ، އެ މުއާހަދާއެއްގައި ސޮއިކުރުމުގެ ކުރިން އެފަދަ މާއްދާތައް އުނިކުރެވެއެވެ. މިއީކީ އިއްޔެއަކު މިއަދަކު އޮންނަ ކަމެއް ނޫނެވެ. ރައީސް މައުމޫނެއް އަދި ރައީސް ނަޝީދެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހަމައަށް ވެސް ކަންކުރަމުން އައީ އެހެންނެވެ. ކިތައްމެ ވަރަކަށް ދީން ވެފައި މިސްކިއްތައް ތަޅައި ޕާކުތައް ހެދިއަސް ރައީސް ޔާމީނަކަށް ވެސް ދިވެހިރާއްޖޭގައި ވެރިކަން ކުރާ ނަމަ އެކަންކަމާ ވައިއެޅޭކަށް ނުކެރޭނެއެވެ. އެފަދަ ކަމެއް ކުރާކަށް ނުކެރޭނެއެވެ.

އެކަމަކު ޔާމިނަކަސް ޤާސިމަކަސް މައުމޫނަކަސް ނަޝީދަކަސް އެޖަމިއްޔާތަކުގައި ބައިވެރިވެ މުއާހަދާތަކުގައި ސޮއިކޮށްފައި އޮތިއްޔާ ކުރަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތައް އަދި އޭގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ޤާނޫނުއަސާސީގެ ތަރަހައިގެ މަތިން ފާސްކޮށްފައިވާ މުއާހަދާތަކުގައިވާ ކަންކަމެވެ. އެއީ އިންސާނަކަށް ވީތީ ލިބިދޭ ހައްޤުތަކެވެ. މުސްލިމަކަށް ވީތީ ލިބިދޭން ޖެހޭ އަސާސީ ޙައްޤުތަކެވެ. ދިރިހުރުމަށް ބޭނުންވާ ކަންކަމެވެ. މާތްވެގެންވާ އިސްލާމް ދީނުގައިވާ ހަމަހަމަކަމުގެ މަތިން ލިބިދޭ އިނާޔަތްތަކެވެ. އިންސާފް ޤާއިމް ކުރުމުގެ ގޮތުން ދީނުގައި ބުނާ ގޮތަށް ޢަދްލަށް ކުރަން ޖެހޭ ހުކުމްތަކުގެ ހައްޤެވެ. މިއީކީ ކިތައްމެ ބޮޑު ބާރެއް ލިބުނީތީ ނުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. ވަކި ދީނަކަށް ވީތީ ވެސް ކުރަންޖެހޭ ކަންކަމެއް ނޫނެވެ. ރާއްޖެއިން ސޮއިކޮށްފައި ވަނީ ވެސް އެކަންކަމަށް އެއްބަސްވެގެންނެވެ.

މިކަން ކުރުމުގެ ބަހަނާއެއްގެ ގޮތުގައި އީޔޫއިން ނެރޭ ކޮންމެ އެއްޗަކީ ވަކިބަޔަކު ބުނެގެން ރާއްޖޭގައި އޮތް އިސްލާމްދީން ފުނޑާލަން ނެރޭ އެއްޗެކޭ ބުނެވޭކަށް ނޯންނާނެއެވެ. އަހަރެމެންނާ ނުވެސް ގުޅޭ ކަމެއްގެ ވާހަކަ އެފަދަ ޖަމިއްޔާއަކުން ނެރުނަކަސް އެކަމަކާ މާބޮޑަށް ކަންބޮޑުވެ އުޅޭކަށް ވެސް ނުޖެހެއެވެ. އަމުދަކުން އާދައިގެ ފަރުދަކަށް އެހެރަ ބޮޑެތި ޤައުމުތަކުން އުފައްދާފައި އޮންނަ ބޮޑު ޖަމިއްޔާތަކެއް ލައްވާ ކަމެއް ކުރުމަކީ ކުރެވޭވަރުގެ ކަމެއް ނޫނެވެ.

އެއީ ކެނެރީގޭ ނަޝީދޭ، ކިނބިގަސްދޮށުގޭ މައުމޫނޭ މާމިނގިލީ ޤާސިމާއި ޝެއިޚް އިމްރާން ގުޅިގެން ރާއްޖެއިން އިސްލާމް ދީން ފުހެލަން އެމީހުން ލައްވާ ނެރޭ އެއްޗެކޭ ބުނެ ތިޔަވަރަށް ހަޑިހޭވީމާ ވަރަށް ބޮޑަށް ވެސް ހިނިއާދެއެވެ. ތިޔަވަރަށް ތެޅުނީމާ ރައްޔިތުންނަށް އެނގޭ އެނގުން މާ ބޮޑަށް ވެސް ސާފުވެއެވެ. އަދްލު އިންސާފް ނައްތާލައި ހިތުހުރިހާ ވައްކަމެއްކޮށް މުޅި ޤައުމުގެ ޚަޒާނާ ހުސްކޮށްލުމުގެ ނިވާ ފަތްގަނޑަކަށް މިއަދަކު ތިޔަ ދީން ހެދޭކަށް ނެތެވެ. އެ އަށް ވުރެ މާބޮޑަށް ވެސް ރައްޔިތުންނަށް ހަޤީގަތް ސާފުވާ ވަރަށް ތިޔަ ގަންނަ ގަނޑު އޮތީ ފަޅާ އަރާފައެވެ. އަމިއްލައަށް ތިޔަ ޖަހާ ސަކަރާތުން ދަނީ އިތުރަށް ވެސް ސާފުވަމުންނެވެ. އީޔޫއިން ހަމަ އެއްޗެކޭ ބުނާއިރަށް އެއީ ނަޝީދޭ ބުނެ ބޮޑު ބަހަނާތަކެއް ދައްކަން އުޅުނަސް ތިޔަ ލަވައެއް މިހާރަކު ވަޔަކު ނުހިފައެވެ. ތިޔައީ މާކުރީގެ ބޯދާ ބަންޖަކަށް ވެސް ނުފުދެއެވެ. ނާފަހެ، ނިއުކްލިއާ ބާރުތައް ކަމަށްވާ އެމެރިކާ އާއި، ރަޝިޔާ އާއި، ޗައިނާ އާއި ޖަޕާނު ފަދަ މުޅި ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ވެސް ހިމެނޭ ދެ ޖަމިއްޔާ މިއޮށްކުޑަކުޑަ ރާއްޖޭގައި ކުރިން ރައީސްކަން ކުރި ބޭފުޅަކު ޖަހާހާ ބެރަކަށް ނަށަނީއޭ ބުނުމަކީ ބުއްދި ހުރި މީހަކު ދައްކާނޭ ވާހަކެއް ނޫންތާއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހައްމަދު

5 މަސް ކުރިން

އަޅުގަނޑު މި ނިމަނީ ދެން ދުވަހަކު ވެސް ނަޝީދަށް ވޯޓު ނުލާ! އެކަމުވެސް އަދިވެސް އެމް.ޑީ.ޕީ

0
0
އަލީ

5 މަސް ކުރިން

މިފެންނަނީ އަސްލު މިމީހުން ބޭނުންވެގެން މިއުޅޭ ކަންތަށް ތަށް . އެހެން ނޫނަސް ކާފަރުން އަހރެމެންނަކަށް ހެވެއްނޭދޭނެ!

0
0
ހ މ ޒ

5 މަސް ކުރިން

ނަޝީދު ތާއިދު ކުރެއްވެވިއިރު އީޔޫ އިން ވަނީ ތަރިކަ މުދާ ބެހުމުގައި ވެސް އިސްލާމްދީނުގައި އަމަލު ކުރާ ގޮތް ބަދަލު ކުރަން ރާއްޖެ އަށް ހުށަހަޅާފައެވެ. އެހުށަހެޅުމަށް ނަޝީދު ތާއިދު ކުރައްވާކަން އެމަނިކުފާނުގެ ޓްވީޓުން ހާމަވެއެވެ. މީގެ އިތުރުން އީޔޫ އިން ވަނީ ސުންނީ މުސްލިމުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭ ގޮތައް އޮތް އޮތުން ބަދަލު ކުރުމަށް ވެސް ހުށަހަޅާފައެވެ. އެހުށަހެޅުމަށް ވެސް ނަޝީދު ތާއިދު ކުރައްވާކަން އެމަނިކުފާނުގެ ޓްވީޓުން ހާމަވެއެވެ؟

1
1