16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނުރަސްމީ ގަޑި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

  • ބާޒާރު މަތީ ގޮޅިއެއްގައި މަސައްކަތް ކުރައްނީ ނުރަސްމީ ގަޑި ޕްރޮގްރާމްގެ ތެރެއިން
މުހަންމަދު ވިސާމް | sampathmasiw

| 19 އޭޕުރިލް 2018 | ބުރާސްފަތި 20:15 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އެއީ ކުރީގެ ބަންޑާރު ނައިބެއެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދައްކަން މި އުޅެނީ ފުންނާބު އުސް ގާނުނީ ވަކީލާ ދިޔާނާ ސައީދުގެ ވާހަކައެވެ. ސުވާލަކީ ދިޔާނާއަށް ބާޒާރުމަތީ ގޮޅިއެއްގައި މަސައްކަތް ކޮށްލެވިދާނެތޯއެވެ؟ އާންމުން ގިނަ ބަޔަކު ނުކުމެ އުޅޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއެއްގައި އިންނަން އޭނާ އެއްބަސް ވެދާނެ ހެއްޔެވެ

ރާއްޖެޓީވީ މިއަހަރުގެ ރަމަޝާން މަހުގައި ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމުން މި ސުވާލުތަކުގެ ޖަވާބްތައް ލިބިގެންދާނެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އެއްޗެހި ވިއްކަން އިންނަވާއިރު، އޭނާގެ މޫނު މައްޗަށް އަރާ ފައިބާ ކުލަތައް ބަލަން މީހުން ޝައުގުވެރިވާނެއެވެ. އާންމު ރައްޔިތުންނަން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އިންދާ ފެނުމުން ކުރެވޭ އިޙްސާސް ވެސް ތަފާތު ވާނެއެވެ.

މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އާއިލާ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑީގައި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ. 

"ނުރަސްމީ ގަޑި" ޕްރޮގްރާމްގެ ސޫޓިން ކުރިއަށްދާއިރު، ކުރިއަށް ދުވަސްތަކުގައި ތަފާތު ފޮޓޯތައް ދައުރުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަގުބޫލް ބޭފުޅުން "ނުރަސްމީ ގަނޑި" ޕްރޮގްރާމްގައި އެބޭފުޅުން ރަސްމީ ގަޑީގައި ކުރާ މަސައްކަތް ނޫން އެހެން ކޮންމެވެސް މަސައްކަތެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަންޒަރުތަކެވެ.

މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރަނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރި މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތެވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފަތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

7 މަސް ކުރިން

އެއީ އަހަރުމެން ކަހަލަ އިންސާނުންނެއް ނޫންތަ؟؟؟

4
0