16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މާގިރި ހޮޓެލް

މާގިރި ހޮޓެލްގައި އެއްމަސް ދުވަހަށް ދެމިގެންދާ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

  • މި ޕްރޮމޯޝަންގެ ދަށުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ހެޔޮ އަގެއްގައި ލިބިގެންދާނެ
  • މާގިރި ހޮޓެލް ހުޅުވާފައިވަނީ އޭޕްރިލް 13 ވަނަ ދުވަހު
ސިމާހާ ނަސީމް | sim_kamana

| 19 އޭޕުރިލް 2018 | ބުރާސްފަތި 13:54 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މާގިރި ހޮޓެލް -- ފޮޓޯ : ސިމާހާ ނަސީމް

ރަނގަޅު ފެންވަރަކަށް ހަދާ ތަރައްޤީ ކޮށްފައިވާ މާގިރި ހޮޓެލްގައި އެއްމަސް ދުވަހަށް ދެމިގެންދާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މާގިރި ހޮޓެލްގެ އިވެންޓްސް ކޯޑިނޭޓަރ މަލްސާ ގަފޫރް ވިދާޅުވީ ޕްރޮމޯޝަން ދެމިގެންދާނީ މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކަމަށާއި ހޮޓެލް ހުޅުވުމާއި ދިމާކޮށް ފަށާފައިވާ ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އެ ހޮޓެލްގެ ފަރު ރެސްޓޯރެންޓުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ. އެގޮތުން ހެނދުނުގެ ނާސްތާ 07:30 އިން ފެށިގެން 11:30 އަށް 150 ރުފިޔާއަށް ލިބިގެންދާއިރު މެންދުރުގެ ކެއުން 12:00 އިން ހަވީރު 03:00 އަށް 180 ރުފިޔާއަށް ލިބިގެންދާނެއެވެ.  

މީގެ އިތުރުން މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރެންޓް މިއަދު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. މި ރެސްޓޯރެންޓް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 ން މެންދަމު 12:00  ހަމައަށެވެ. އަދި ޕީކް ރެސްޓޯރެންޓުން އެކި ވައްތަރުގެ ޕޭސްޓްރީއާ ރޭގަނޑުގެ ކެއުން ލިބިގެންދާނެއެވެ.

މާގިރި ހޮޓެލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީ ކޮށްފައިވާ ތަނެކެވެ. ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.

މާގިރި ހޮޓެލް ހުޅުވާފައިވަނީ އޭޕްރިލް 13 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް