20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ސްޓާޓް އަޕް ވީކެންޑް

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

  • ހާއްސަ އޮފަރއެއްގެ ދަށުން އޭޕްރިލް 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ
  • މި ފަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ 80 ޕަސަންޓް އަންހެން ކަނބަލުންނަށް
  • ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހު 6-4 އަކަށް
ސިމާހާ ނަސީމް | sim_kamana

| 18 އޭޕުރިލް 2018 | ބުދަ 18:41 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމްގެ ތެރެއިން -- ފޭސްބުކް

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޓެކް ސްޓަރ ނަމަކަށް ކިޔާ ބައިނަލަޤްވާމީ ކުންފުންޏެއްގެ ފަރާތުން "ސްޓާޓް އަޕް ވީކެންޑް" ގެ ނަމުގައި ހިންގާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ފިރިހެން ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ނަމަވެސް މި ފަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 80 ޕަސަންޓް އަންހެން ކަނބަލުން ހިއްސާވާ ގޮތަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާ ގޮތަކީ އެއް ބައިވެރިއަކު އަނެއް ބައިވެރިއަކާ ބައްދަލުކޮށް އެކި ދާއިރާތަކުން ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ފަހު، އެ ބައިވެރިންގެ ހިޔާލުތައް ހުށަހަޅާނީއެވެ. އެ ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން މަޤްބޫލް ހިޔާލު ހޮވުމަށް ފަހު އޭގެ ތެރެއިން އެންމެ މޮޅު ތިން ހިޔާލު ޖަޖުންގެ ޕެނަލްއަކުން ހޮވާނެއެވެ.

މީގެ އިތުރުން ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުންނާއި ހިޔާލުތައް ތައްޔާރުކުރާއިރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވާނެއެވެ.

ޕްރޮގްރާމްގެ މާކެޓިންގ މެންޓޯ އަސްރާ ނަސީމް ވިދާޅުވީ ހާއްސަ އޮފަރއެއްގެ ދަށުން އޭޕްރިލް 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 350ރ. ދައްކައިގެން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ އަސްލު ފީއަކީ 500ރ. އެވެ.  

މީގެ އިތުރުން މި ޕްރޮގްރާމްގެ ހާއްސަކަމަކީ އެ ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން އިންވެސްޓަރުންނަށް ކަމުދާ ހިޔާލުތަކަށް، އެ ފަރާތުން އިންވެސްޓްކޮށް އެ ހިޔާލުގެ މައްޗަށް ބިނާކޮށްފައިވާ ވިޔަފާރި ފެށުމަށް ހުރިހާ ގޮތަކުން އެހީތެރިކަން ލިބިގެންދިޔުމެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

CAPITAL

5 މަސް ކުރިން

START WITH CORRUPT CAPITAL

0
0