11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ޕްރޮމޯޝަން

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

 • ޕްރޮމޯޝަންގެ ފަހު ތާރީހަކީ 15 ޖޫން
 • ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 ރުފިޔާ އަށް ވުރެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް
 • ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއަރ އިން ވިއްކާ ބައެއް ޕްރޮޑަކްޓްތަކުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 18 އޭޕުރިލް 2018 | ބުދަ 17:22 | |

މަގުބޫލް

 1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
 2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
 7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
 8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އޭސް ހާޑްވެއަރ ޕްރޮމޯޝަން ޕޯސްޓަރ -- އޭސް ހާޑްވެއަރ

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކް އިން ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ ބަދަލުގެ ނަމުގައި ފަށާފައިވާ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭސް ހާޑްވެއަރ އިން ބުނީ އެ ބޮޑު ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 ރުފިޔާ އަށް ވުރެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށާއި އެ އަދަދަށް ވުރެން މަތިން ވިޔަފާރި ކުރުމުން ކޫޕަނެއް ލިބޭނެ ކަމަށެވެ. އެ ކޫޕަން ފުރުމަށް ފަހު ފޮއްޓަށްލުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ނަގުދު ފައިސާއިން ތިންލައްކަ ރުފިޔާ ލިބިގެންދާނެ ކަމަށެވެ.

އޭސް ހާޑްވެއަރގެ އެސިސްޓަންޓް މާރކެޓިންގ މެނޭޖަރ ރީނާ ޝަފީޤް ވިދާޅުވީ ކަލަރ ބޭންކް އާއި ގުޅިގެން ފަށާފައިވާ ޕްރޮމޯޝަންގެ ފަހު ތާރީހަކީ 15 ޖޫން ކަމަށާއި ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއަރ އިން ވިއްކާ ބައެއް ޕްރޮޑަކްޓްތަކުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކަލަރ ބޭންކުން ވެސް ގޭތެރެ ޒީނަތްތެރިކުރުމަށް ލާ ކުލައިން ވެސް ވަރަށް ރަނގަޅު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ރީނާ ވިދާޅުވިއެވެ.

ޕްރޮމޯޝަންގެ ތެރެއިން ޑިސްކައުންޓް ލިބިގެންދާނެ ބައެއް ސާމާނުތަކަކީ ބަދިގެ ތެރޭގައި ބޭނުންކުރާ ސާމާނުތަކާއި ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ސާމާނުގެ އިތުރުން ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ސާމާނުތަކުންނެވެ. 

އޭސް ހާޑްވެއަރ ފިހާރާގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކުންފުނީގެ ގިނަ ޕްރޮމޯޝަންތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފޭސްބުކްގައި ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް މެލޭޝިޔާގެ ކުއަލަ ލަމްޕޫރްގެ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

އޭސް ހާޑްވެއަރ އިން ކުރިއަށް އޮތްތާނގައި އީދު ސޭލް، ކްލިއަރަންސް ސޭލް ފެށުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.

އޭސް ހާޑްވެއަރ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައި ވަނީ މީގެ 6 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޝިކާގޯގެ އޭސް އިންޓަރނޭޝަނަލް އާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށް ފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައި ވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއް ވެސް ވަނީ ހުޅުވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް