23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އިންޝުއަރެންސް ސެމިނަރ

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ އިންޝުއަރެންސް ސެމިނަރ ބާއްވައިފި

  • ފުރަތަމަ ސެމިނަރ ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި
  • އިންޑަސްޓްރީގައި ހަރަކާތްތެރިވާ 80 ވަރަކަށް ކޮންޓްރެކްޓަރުން ބައިވެރިވި
ސިމާހާ ނަސީމް | sim_kamana

| 18 އޭޕުރިލް 2018 | ބުދަ 16:42 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ދެވަނަ ސެމިނަރގެ ތެރެއިން -- ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް

ދިވެހި އިންޝުއަރެންސް ކުންފުނީގެ ފަރާތުން ބާއްވަމުންގެންދާ، އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ދެވަނަ ސެމިނަރ، ޗަންޕާ ސެންޓްރަލް ހޮޓެލްގެ ސެމިނަރ ހޯލްގައި ބުދަ ދުވަހު ބާއްވައިފިއެވެ.

ހެނދުނުން ފެށިގެން މެންދުރާ ހަމައަށް، ކުރިޔަށްދިޔަ މި ސެމިނަރ، ހާއްސަކޮށްފައި ވަނީ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އާކިޓެކްޓުން އަދި ސިވިލް އިންޖިނިއަރުންނާއި، އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށެވެ.

މި ސެމިނަރގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް، ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތަކުގެ އިތުރުން އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ 80 ވަރަކަށް ކޮންޓްރެކްޓަރުން ބައިވެރިވިއެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހާއްސަ ގިނަ ވައްތަރުތަކުގެ އިންޝުއަރެންސް ޕެކޭޖްތަކުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ އިންޝުއަރެންސްގެ ތަޖުރިބާކާރުންނާއި ދިވެހި އިންޝުއަރެންސް ކުންފުނީގެ ފަރާތުން ސެމިނަރގެ ބައިވެރިންނަށް ހިއްސާކުރިއެވެ. މީގެ ތެރޭގައި ކޮންސްޓްރަކްސަން ޕްރޮޖެކްޓްސް އިންޝުއަރެންސް އާއި، ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް ހާއްސަ ލައިބިލިޓީސް އިންޝުއަރެންސްގެ އިތުރުން، ދިވެހި އިންޝުއަރެންސް ކުންފުނިން ދޫކުރާ އިންޝުއަރެންސް ބޮންޑްތަކުގެ މައުލޫމާތުތާއި ދިވެހި އިންޝުއަރެންސް ކުންފުނިން އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކްރެޑިޓް ބޮންޑްގެ މައުލޫމާތު ހިމެނެއެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިން އަލަށް ތައާރަފުކުރާ މި ކްރެޑިޓް ބޮންޑަކީ އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކަށް ބޮންޑް ބޭނުންކޮށްގެން ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދާ ސަޕްލަޔަރުންގެ އަތުން ކްރެޑިޓަށް ހޯދޭނެ ބޮންޑެކެވެ. މި ބޮންޑްގެ ސަބަބުން، މިވަގުތު ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކެޕިޓަލް މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވާހިދު ތަޢުފީޤު ވިދާޅުވިއެވެ.

އިންޝުއަރެންސް އިންސައިޓްސް ސެމިނަރ ސީރީސްގެ ފުރަތަމަ ސެމިނަރ ދިވެހި އިންޝުއަރެންސް ކުންފުނިން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. މި ސީރީސްގެ ފުރަތަމަ ސެމިނަރ އަމާޒުކޮށްފައި ވަނީ ވިޔަފާރި ކުންފުނިތަކަށް ބޭނުންވާ އެކި އާންމު އިންޝުއަރެންސް ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

މިއަހަރުގެ ސެމިނަރ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ ކުރެވިފައިވާ ސަބަބަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ދާއިރާއަކަށް ވުމާއި މިދާއިރާއަށް ބޭނުންވާ އިންޝުއަރެންސްގެ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް