16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮ

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

  • ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މެއި 15 ވަނަ ދުވަހުގެ ނިޔަލަށް
  • މިފާއިތުވެދިޔަ އަހަރުތަކުގައި ވެސް މި ޕްރޮގްރާމު ޓްރޭޑް މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 18 އޭޕުރިލް 2018 | ބުދަ 14:46 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ރެޑް ވޭވް ފިހާރަ -- ފޮޓޯ : ސިމާހާ ނަސީމް

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި، ފާއިތުވީ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެން ހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެން ހުންނަ ފިހާރަތަކާ ބެހޭ މައުލޫމާތުތައް އާންމުންނާއި ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

 މި މަސައްކަތް ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އާއި މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން، އެދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތައް އެނގިގެންދާނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން 16 އޭޕްރީލް 2018 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މެއި 15 ވަނަ ދުވަހެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް