
| 1 ޖެނުއަރީ 2017 | އާދީއްތަ 12:12 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކޮރަޕްޝަނުގެ ތަހުގީގުގެ ބައެއްގެ ގޮތުން އިސްރާއީލުގެ ފުލުހުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސުވާލުކޮށްފިއެވެ.
އިތުރު ތަފްސީލެއް ދެއްވުމަކާ ނުލައި ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން ފައިދާތަކެއް ނެންގެވި ކަމަށް ކުރެވޭ ތުހުމަތަކާ ގުޅިގެންނެވެ.
ނަތަންޔާހޫގެ ގެކޮޅަށް ހޯމަ ދުވަހު ތަހުގީގު ޓީމު އައުމުގެ ކުރިން ނަތަންޔާހޫ ވަނީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެކަމަށްވިދާޅުވެފައެވެ.
ނަތަންޔާހޫވަނީ، އެއްކަމެއްވެސް ނުވާނެކަމަށާއި ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެ މީޑިއާތަކަށާއި ސިޔާސީ ވާދަވެރިންނަށް އިންޒާރުދެއްވާފައެވެ.
ޖެރުއްސަލާމް ޕޯސްޓް ނޫހުން ބުނެފައިވާ ގޮތުގައި ގުދުސްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގައި ތިން ގަޑިއިރުވަންދެން ސުވާލުކޮށްފައިވާކަމަށެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރުގެ މައްޗަށް ތުހުމަތު ކުރެވެނީ އެގައުމާއި އަދި ބޭރުގެ ވިޔަފާރިވެރިންގެ އަތުން ނަހަމަ ގޮތުގައި އެތައްހާސް ޑޮލަރެއްގެ އަގުހުރި ހަދިޔާ ހޯދާފައިވާކަމުގެ ތުހުމަތeއެވެ.
ހޯމަ ދުވަހުގެ ހެނދުނު ލީކޫދު ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ނަތަންޔާހޫ ވިދާޅުވީ މީޑިއާ ރިޕޯޓްތައް ފެނިވަޑައިގަންނަވާ ކަމަށާއި އެ ފަރާތްތަކަށް ދަންނަވާލަން އޮތީ އުފާފާޅުކުރުން އަވަސް އަރުވާ ނުލާށޭ ކަމަށެވެ. އަދި ތިކަން ހޫނު ކުރަން މަސައްކަތް ކުރަމުން ނުގެންދިއުމަށާއި އެ ޕާޓީން ގައުމު ހިންގުމައިގެން ކުރިޔަށްދާނެ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް