17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މައުމޫން

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖެނުއަރީ 2017 | ހޮނިހިރު 12:01 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ޑިޕްލޮމޭޓުން ފުރާފައިވަނީ ރަޝިއާގެ ފްލައިޓެއްގައި އާ އަހަރު ފެށުނު ދުވަހު -- ގޫގުލް

އިންޑޮނޭޝިއާގެ އައްސޭރިފަށުގައި ފެރީއެއްގައި އަލިފާން ރޯވެ މަދުވެގެން 23 މީހުން މަރުވެ 17 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

ޒަހްރޯ އެކްސްޕްރެސްގެ ފެރީ 230 މީހުންނާއެކު ދަތުރުކުރަމުން ދިޔައީ ވެރިރަށް ޖަކާޓާގެ 30 މޭލުދުރުން އޮންނަ ރިޒޯޓް ރަށެއް ކަމަށްވާ ޓިޑުންގ އައިލެންޑަށެވެ.

އޮފިޝަލުން ވިދާޅުވީ ބޯޓުގައި ހުޅުފަޅައިގެން ދިޔައީ ޖަކާޓާގެ މުއަރާ އަންގކޭ ބަނދަރުން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭ ބަނދަރާ 1.5 ކިލޯ މީޓަރުހާ ދުރުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ބަޔަކުވަނީ މޫދަށް ފުންމާލާފައެވެ. އޮފިޝަލަކު ބީބީސީއަށް ވިދާޅުވެފައިވަނީ 194 މީހުން ސަލާމަތް ކޮށްފައި ވާކަމަށެވެ.

ނުވަ މީހަކު އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

"ބޯޓު ނައްޓާލިތާ ފަނަރަ މިނެޓް ތެރޭ ބޯޓުގެ ފަހަތުގައި ތިބި މީހުން ހަޅޭއްލަވަން ފެށި" އިންޑޮނީޝިއާގެ މީޑިއާގައި ފަސިންޖަރަކު ބުނެފައި ވެއެވެ.

"ދެން އަހަންނަށް ފެނުނީ ދުން،ފަހަރަކަށް ވުރެ ފަހަރެއް ބޯވަމުން ދިޔައީ، ބޯޓު އޮތީ ތޮއްޖެހިފަ، މީހުން ލައިފްޖެކެޓަށް ތަޅާފޮޅަން ފެށީ"

އެހެން ފަސިންޖަރަކު ބުނީ ކުއްލިއަކަށް ކެބިން ތެރެ ދުމުން ފުރިފައި ވާކަމަށެވެ.

ރޮއިޓާސްގައި އޭނާ ބުނީ ހުރިހާ ފަސިންޖަރުން ތިބީ ހާސްވެފައި ކަމަށާއި އެންމެން ޑެކް މައްޗަށް ދުއްވައިގަތީ ފެންމަތީ އޮންނާނެ އެއްޗެއް މޫދަށް އެއްލުމަށް ކަމަށެވެ.

ފަޅި ސިކުންތެއްގެ ތެރޭ އަލިފާންގަނޑު ބޮޑުވެފައިވާ ކަމަށާއި ހުޅުގަނޑު އަންނަމުން ދިޔައީ ތެޔޮރައްކާކޮށްފައި ހުރި ދިމާލުން ކަމަށް އޭނާ ބުންޏެވެ.

އަނދައިގެން ނުގޮސްއޮތް ބައި ވަނީ ޖަކާޓާގެ ބަނރަށް ގެންގޮސްފައެވެ.

ޑިޒާސްޓަރ އެޖެންސީގެ ތަރުޖަމާނު އޭފްޕީ ނޫސްއެޖެންސީގައި ވިދާޅުވެފައިވަނީ ބޯޓުގައި ދަތުރުކުރުމަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ ދެގުނަ އިތުރަށް ބޯޓުން ދަތުރުކޮށްފައި ވާކަމަށެވެ.

އެތައް ހާސް ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ އިންޑޮނީޝިއާގައި ދަތުރުފަތުރުގެ މައިގަނޑު ވަސީލަތަކީ ފެރީއެވެ.

ނަމަވެސް ތޮއްޖެހެންދެން މީހުން އެރުވުމާއި، ބޯޓުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގުމަކީ އާއްމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް