17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސްޓާރބަކްސް ކޮފީ

ސްޓާރބަކްސް ކޮފީގެ 8000 ކެފޭ އެއް ދުވަހަށް ބަންދުކުރަނީ!

  • ކެފޭތައް ބަންދުކުރަނީ ނަސްލީ ތަފާތުކުރުންތައް ހުއްޓުވުމާއި ބެހޭ ތަމްރީން ދިނުމަށް
މިއުވާން މުހައްމަދު | Miuvaan

| 18 އޭޕުރިލް 2018 | ބުދަ 04:18 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ސްޓާރބަކްސްއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ޗެއިން -- ބީބީސީ

މަޝްހޫރު ކޮފީ ޗެއިން ސްޓާރބަކްސްއިން އަމިއްލައަށް އޮޕަރޭޓްކުރާ ކެފޭތަކުގެ ތެރެއިން އެމެރިކާގައި އޮޕަރޭޓްކުރާ 8000 ކެފޭ އަންނަ މެއި މަހު އެއް ދުވަހަށް ބަންދުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

ސްޓާރބަކްސްއިން މި ނިންމުން ނިންމީ އެއް ދުވަހަށް ވިޔަފާރި ހުއްޓާލައި، އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ބެހޭ ގޮތުން ތަމްރީން ދިނުމަށެވެ. 

ސްޓާރބަކްސްއިން މިފިޔަވަޅު އެޅީ އެކުންފުނިން އެމެރިކާގެ ފިލަޑެލްފިއާގައި ހިންގާ ކެފޭއެއްގެ ތެރޭގައި ހިނގި ނަސްލީ ތަފާތުކުރުންތަކެއްގެ ސަބަބުން އެކުންފުންޏާއި ދެކޮޅަށް އެމެރިކާގެ މުޒާހަރާތަކެއްކޮށް، ސްޓާރބަކްސް ކޮފީ ބޮއިކޮޓްކުރުމަށް ގޮވާލާ ކެމްޕޭނެއް މުޅި އެމެރިކާގައި ފެށުމާއިއެކުއެވެ. ފިލަޑެލްފިއާގައި ހުންނަ ސްޓާރބަކްސް ކެފޭއެއްގެ ތެރޭގައި ކަޅު ނަސްލުގެ 2 މީހަކު، އިތުރު މީހަކު އަންނަންދެން އެއްޗަކަށް އޯޑަރނުކޮށް އެތަނުގައި ތިއްބައި، އެމީހުން އެތަނަށް ވަނީ ހުއްދަ ނެތި ކަމަށް ބުނެ ކެފޭގެ މެނޭޖަރ ފުލުހުންނަށް ރިޕޯޓްކުރުމާއިއެކު، ފުލުހުން ވަނީ އައިސް، އެދެމީހުން ހައްޔަރުކޮށްފައެވެ. މީގެ ކުރިންވެސް މިފަދަ އެތައް ކަމެއް ސްޓާރބަކްސްގެ ކެފޭތަކުގައި ހިނގާފައިވާއިރު، މިޙާދިސާއާއި ގުޅިގެން އަނެއްކާ ވެސް އެވާހަކަތައް ވެސް ފެންމަތިވިއެވެ.

ސްޓާރބަކްސްއިން ބުނީ އެކުންފުނިން އަމިއްލައަށް ހިންގާ ކެފޭތަކުގެ މުވައްޒަފުންނާއި، އޮފީސް މުވައްޒަފުންނަށް ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ބެހޭ ތަމްރީން ދިނުމަށް މެއި 29ވާ އަންގާރަ ދުވަހު އެތަންތަން ބަންދުވާނެ ކަމަށެވެ. މި ތަމްރީންތަކުގައި 175000 މުވައްޒަފުންނަށް ތަމްރީން ދެވޭނެއެވެ. އަދި މިހާ ގިނަ އަދަދެއްގެ ކެފޭތައް ބަންދުކުރުމުން، އެދުވަހު އެކަނިވެސް ސްޓާރބަކްސްއަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އެކުންފުނިން އަންދާޒާކުރެއެވެ. 

މުވައްޒަފުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމަށް ފަހު ކުރިއަށް އޮތްތަނުގައި ސްޓާރބަކްސްގެ ވަޒީފާއަށް ނިކުންނަށް ހުރިހާ މުވައްޒަފުންނަށް މިތަމްރީން ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ނަސްލީ ތަފާތުކުރުން ހުއްޓުވުމާއި ބެހޭ ތަމްރީންތަކަށް މުޤަރަރެއް ތައްޔާރުކޮށްދިނުމަށް މަދަނީ ހައްޤުތަކާއި ބެހޭ ބައެއް އިސް ފަރާތްތަކަށް ސްޓާރބަކްސްއިން ވަނީ އެދިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ބަންޑާރަ ނައިބު އެރިކް ހޯލްޑަރ ހިމެނިވަޑައިގަންނަވައެވެ.

ފިލަޑެލްފިއާގައި ހިނގި ޙާދިސާއަށްފަހު ސްޓާރބަކްސްގެ ޗީފް އެގްޒެކެޓިވް ކެވިން ޖޯންސަން ވިދާޅުވީ މިއީ ފިލާވަޅު ލިބިގަންނަން ޖެހޭ ދަނޑިވަޅެއްކަމަށެވެ. އަދި މިއީ މިމައުޟޫއަށް ވާހަކަ ދައްކަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް ދެކެން ޖެހޭކަމަށެވެ. ޖޯންސަން ވަނީ ފިލަޑެލްފިއާގެ ކެފޭގެ ތެރެއިން ނަސްލީ ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހުނު ދެމީހުންނާއި ބައްދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް