19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މައުމޫން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

އާލާ އިބުރާހިމް | aalu_aala

| 7 ޖެނުއަރީ 2017 | ހޮނިހިރު 10:01 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އަލީ ނިޒާރު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ރައްޔިތުން ވެސް މި ޤައުމުގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް، އުފަލާއި އަރާމުގައި ރާއްޖޭގައި އުޅެވޭނެ އުޞޫލު ޤާއިމްކުރުމުގެ ވެރިކަމުގެ ނިޒާމެއް ގެނައުމަށް މަސައްކަތްކޮށްދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.

ބ. ދަރަވަންދޫގައި ހުކުރު ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ވެރިއަކަށް ވެރިކަން ލިބުމުން ދެގޮތަކަށް ވެރިކަން ކުރެވޭ ކަމަށެވެ. އެއްގޮތަކީ ރައްޔިތުން ބޭނުންވާ ގޮތަށް، ލިޔެވިފައިވާ އުޞޫލުތަކަށް ތަބާވެ، ރައްޔިތުންގެ އުއްމީދުތައް އާވާ ގޮތަށް ރައްޔިތުންނަށް ރަނގަޅަށް އިޚްލާޞްތެރިކަމާއެކު ވެރިކަން ކޮށްދިނުމެވެ.

 

" ދެވަނަ ގޮތަކަށް ވެސް ވެރިކަން އެބަކުރެވޭ. ދެވަނަ ގޮތަކީ ވެރިކަން ލިބުމަށްފަހު ދައުލަތުގެ މުދަލާއި އެވެރިކަން ކުރާ ތަނެއްގެ ބިމާއި ރައްޔިތުން އެއީ އެމީހެއްގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ވިސްނައިގެން ވެރިކަން ކުރުން" ނިޒާރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، މި ރާއްޖޭގައި މިހާރު ކުރަމުން މިދާ ވެރިކަން ކުރަމުން ދަނީ ކޮން އުޞޫލަކުންކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ.

2008 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ހިތި ތަޖުރިބާ ކޮށްފައިވާ އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވަމުން އަލީ ނިޒާރު ވިދާޅުވީ، 2008 ގެ ފަހުން ކުރި ވެރިކަންވެސް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. މިހާރު މިއޮތް ވެރިކަން ކުރަމުން މިގެންދަނީ ވެރިކަން ކުރެވޭ ދެވަނަ އުޞޫލުން ކަމަށް ސިފަކުރައްވަމުން ނިޒާރު ވިދާޅުވީ މިވެރިކަމަކީ ލައްޒަތާއި އާރާއި ބާރުގައި ދިވެހި ރައްޔިތުން އަނދަގޮނޑި ޖަހައިގެން އަނިޔާވެރި އުޞޫލަކުން ކުރަމުން ގެންދާ އަނިޔާވެރި ފަލްސަފާއެއް ޤާއިމްކޮށްގެން ކުރަމުން ގެންދާ އަނިޔާވެރި ވެރިކަމެއް ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ނުރައްކާތެރި ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލަތެއްގެ މަތިން ކަމަށް ސިފަކުރައްވާ އަލީ ނިޒާރު ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ތިން އަހަރު ފާއިތުވެގެން ދިޔައިރު ރައްޔިތުންނަށް ލިބުނީ ކޮން އުފާވެރިކަމެއްތޯ ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވޯޓުތަކަށް ހުރަސްނާޅާ އެއްވެސް އިންތިޚާބެއް ބޭއްވިފައި ނެތްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، މިޤައުމުގެ ރައްޔިތުންނަށް އެމީހުންގެ ވެރިމީހާ ހޮވުމުގެ އިޚްތިޔާރު ލިބެން ޖެހޭނެ ކަމަށެވެ.

"އެމީހުންގެ ޙާލަތު، އެމީހުންގެ ވިސްނުން، އެމީހުންގެ ބިންތަކަށް ހަދަންވާނެ ގޮތް އެމީހުންނަށް ތަރައްޤީ އަންނާނެގޮތް އެމީހުންގެ ދަރިންނަށް ތަޢުލީމު ޙާޞިލް ކުރެވޭނެ ގޮތް އެމީހުންނަށް އެހެނިހެން ތަރައްޤީ ހޯދައިދެވޭނެގޮތް ވިސްނޭނީ އެމީހުންގެ ތެރެއިން މީހުންނަށް" ނިޒާރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ސަމާހު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް