19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އިޤްތިޞާދީ ސިޔާސަތު

ފްރީ ޓްރޭޑް އެގްރިމެންޓް ކޮބާ؟

 • ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއިކުރުމަށް ފަހު ދެން އެއަށް ވީ ގޮތެއް ނޭނގުނު
 • އެހެން ޤައުމުތަކާ އެކު ފްރީ ޓްރޭޑް އެގްރިމެންޓް ހަދާ ވާހަކަ ދެއްކި
 • އެފްޓީއޭއަކީ އެސްއީޒެޑް ފަދަ ފެއިލިއަރއަކަށް ވެދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ
މިއުވާން މުހައްމަދު | Miuvaan

| 17 އޭޕުރިލް 2018 | އަންގާރަ 17:28 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
 8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރުމަށް ވެސް ދެޤައުމުގެ އިޤްތިޞާދާ ބެހޭ ވަޒީރުން -- ރައީސް އޮފީސް

ނިމިގެން ދިޔަ އަހަރު ކުއްލި ގޮތަކަށް ރާއްޖެ އާއި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެކަށީގެންވާ ދިރާސާތަކެއް ހެދުމެއް ނެތި، ހަމައެކަނި މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް ހެދި އެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުއްލި ގޮތަކަށް ރުހުން ދީ، އޭގެ ހަފްތާއެއް ފަހުން ރައީސް ޔާމީން ޗައިނާއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އެއްބަސްވުމުގައި ސޮއިކުރެއްވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ދިވެހިރާއްޖެއަށް ވުރެ ބޮޑަށް ޗައިނާއަށް ފައިދާވާ ގޮތަށް ހަދާފައިވާ އެއްބަސްވުމާ ގުޅިގެން ސަރުކާރު ތެރެއިންނާއި މަޖިލިސް ތެރެއިން އެ އެއްބަސްވުން ޕްރޮމޯޓް ކުރަން ދެއްކި ވާހަކަތައް ދިވެހިން އަދިވެސް ހަނދާން އެބަ ހުއްޓެވެ. މިއީ ޒުވާނުންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދު ސިންގަޕޫރު ފެންވަރަށް ގެންދާނެ އެއްބަސްވުމެއް ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިން ވަރަށް ހުވަފެން ދެއްކެވިއެވެ.

މިކަމުގައި އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. ރިސޯޓެއް މެނޭޖްކުރައްވަމުން ގެންދަވަނިކޮށް ޤާސިމް އިބްރާހިމް ދެއްވި ފުރުސަތެއްގައި ކެބިނެޓަށް ވަޑައިގެން، ކާންދިން އަތުގައި ދަތް އެޅި ކަމަށް ވިދާޅުވެ ސަޢީދު ގަދަ ދެއްކެވިއިރު، ޤައުމުގެ އިޤްތިޞާދު މިފެންނަނީ މިނިސްޓަރ ސަޢީދުގެ ބެއްލެވުމުގެ ދަށުން ވީރާނާވަމުންދާތަނެވެ. 

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިގެން އުޅުނު ދުވަސްވަރު ހީވީ އެހެން ފަދަ ކަމެއްހެންނެވެ. ހީވީ ދެންމެ ދިވެހި ރާއްޖޭގެ އުފެއްދުންތައް ހިފައިގެން ޗައިނާއަށް ނައްޓާލަން އުޅުނުހެންނެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމިގެން ދިޔައިރު ވެސް، މި އެއްބަސްވުން ތަންފީޒުކުރުމަށް ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތެވެ. 

ޗައިނާއާ އެކު އެއްބަސްވުން އެކުލަވާލުމުގެ ކުރިން އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ދައުވަތު ދިން ކަމަށާއި، ހޮންކޮންގއާ އެކު ވެސް އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ހޮންކޮންގއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާ ވާހަކަ އެއް ޒަމާނެއްގައި ދެެކެވުނެވެ. ބައްދަލުވުންތައް ވެސް ބޭއްވުނެވެ. އެކަމަކު އެ އެއްބަސްވުންތައް ކޮބައިތޯއެވެ؟ އޭގެ މަސައްކަތް ކުރިޔަށް ނުދަނީ ކީއްވެބާއެވެ؟ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ވިއްކުމުގެ ޤާބިލްކަން މިނިސްޓަރ ސަޢީދުގެ ނެތުމުގެ ސަބަބުން ހުރިހާ ލަދުވެތިކަމެއް ދިވެހި ސަރުކާރަށެވެ.

ޖަގަހަތަކުގައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ އަނބިކަނބަލުން ފެންނަން ހުންނަ ހިސާބެއްގައި ނަމަ މޮޅެތި ވާހަކަތަކެއް މިނިސްޓަރ ސަޢީދު ދެއްކެވި ނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ތަމްސީލްކުރައްވަން މިނިސްޓަރ ސަޢީދަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވޭތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. ޗައިނާ އިން ބޭނުންވާ ގޮތަށް، ނުވަތަ ޗައިނާގެ ޓާރމްސްގައި އެއްބަސްވުމެއް އެކުލަވާލެވުމުން، އެކަމުން ދޭހަވަނީ މިނިސްޓަރ ސަޢީދުގެ ނުވަތަ ރައީސް ޔާމީންގެ އިޤްތިޞާދީ ދުރު ވިސްނުންފުޅެއް ނޫނެވެ. އެއިން ދޭހަވަނީ ޗައިނާގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާ މިންވަރެވެ.

ފްރީ ޓްރޭޑް އެގްރިމެންޓަކީ އަނެއް އެސްއީޒެޑް ޤާނޫނަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ވަރަށް ފޯރީގައި އެސްއީޒެޑްގެ ޤާނޫނު ފާސްކޮށްގެން، އުފާފާޅުކުރަން ބޭއްވި ހަފްލާތަކަށް ދިޔަ ޚަރަދު އަނބުރާ ލިބޭނެ މިންވަރަށް ވެސް އެސްއީޒެޑަށް އިންވެސްޓްކުރަން ރާއްޖެއަށް ބަޔަކު ނައީމަ، އިންވެސްޓްމަންޓް ފޯރަމްތަކަށް ބޮޑެތި ޚަރަދުކޮށްގެން މިނިސްޓަަރ ސަޢީދު ތިކުރައްވަނީ ކީއްތޯއޭ ބަޔަކު ނާހާނެތޯއެވެ؟ ކޮންމެ އަހަރަކު ބޮޑު ޚަރަދުކޮށްގެން، ސަރުކާރު ކުންފުނިތަކުން ޚަރަދުކޮށްގެން މިނިސްޓަރ ސަޢީދު އެކުރައްވާ ކަންތައް ސާފުވާނީ އެކަންކަމުގެ ވެސް އޮޑިޓެއް ކޮށްލީމައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ސަރުކާރުން ވެސް މިކަން ކަމަށް ވިސްނާނެއެވެ. މިނިސްޓަރ ސަޢީދާއި، އެސްއީޒެޑާއި، ފްރީ ޓްރޭޑް އެގްރިމެންޓަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ގެއްލޭ ސަބަބަށްވާން ސަރުކާރުން ބޭނުންވާނެ ކަމަކަށް ނުފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް