23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މައުމޫން

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

އާލާ އިބުރާހިމް | aalu_aala

| 7 ޖެނުއަރީ 2017 | ހޮނިހިރު 07:10 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ހަސަން ލަޠީފް ބ. ދަރަވަންދޫގައި ބޭއްވި އެމްޔޫއޯ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ބުނެ ކުރާ ކޮންމެ ކަމެއްގައި އެކުލެވެނީ ކޮރަޕްޝަން ކަމަށާއި ލާމަރުކަޒީ ނިޒާމު އިޔާދަނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ" ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވެއްޖެ އެވ.

މިނިވަން އިންސާފްވެރި އިންތިޚާބަކަށް ގޮވާލާ އެމްޔޫއޯއިން ބ. އަތޮޅު ދަރަވަންދޫގައި ހުކުރުދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި، ދައުލަތެއް ހިންގާ އުސޫލުން މިސަރުކާރުން އެއްވެސް ކަމެއް ނުކުރާކަން ފާހަގަކުރައްވަމުން، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަޠީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި، ޕީޕީއެމްގެ ބައިކުޅަބައި ހިމެނޭ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުންދާ އުޞޫލާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"އެންމެ ކުޑަމިނުން ސްކޫލެއް ޢިމާރާތް ކުރިކަމުގައި ވިޔަސް، މިސްކިތެއްގައި ނަމާދު ކުރެވޭ ގޮތް އިންތިޒާމް ކުރުން ކަމުގައި ވިޔަސް، ބަނދަރެއް ހެދިޔަސް، ހޮސްޕިޓަލެއް ހެދިޔަސް، ހޮސްޕިޓަލެއް ހިންގިޔަސް އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރީ ހިންގުން ކަމުގައި ވިޔަސް ވެސް، މިއިން ކޮންމެ ކަމެއްވެސް އެވަނީ ޢާއްމު އުޞޫލާ ޚިލާފަށް ހުރިހާ ކަމެއް ހިނގަމުންދާ ތަން އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ،" ހަސަން ލަޠީފް ވިދާޅުވިއެވެ.

ޙަޤީޤަތުގައި މިސަރުކާރު ބަލިކޮށް އަދި ހަމައެއާއެކު ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމް އަލުން އަނބުރާ ދިވެހިރާއްޖެއަށް ގެންނަންޖެހޭ އެންމެ މުހިއްމު ސަބަބަކީ މިސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޔޫއޯއިން ކުރާ މަސައްކަތަކީ އިންތިޚާބަކަށް ކުރިމަތިލައި އެ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް އެކަނި ނޫންކަން ފާހަގަކުރައްވާ ހަސަން ލަޠީފް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ މައިގަނޑު މަސައްކަތް ބިނާވެފައިވަނީ ދިވެހި ރައްޔިތުންގެ ދިރިހުރުމާއި ނެތުމުގެ މައްޗަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން އަލުން އަނބުރާ އިޔާދަ ކުރެވިގެން ނޫނީ "މި ޤައުމު ދެމިއޮންނާނެ ކަމަކަށް ޤަބޫލުނުކުރެވޭ" ކަމަށެވެ.

ދިވެހިރާއްޖެ ސިންގަޕޫރަށް ހައްދަވަން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް ހަސަން ލަޠީފް ވިދާޅުވީ ދިވެހި ރައްޔިތުން މި ޤައުމު ސިންގަޕޫރަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

"ސަބަބަކީ ސިންގަޕޫރާއި މިރާއްޖެއާއި އޮތް ތަފާތު. ސިންގަޕޫރަކީ އެންމެ ކުޑަކުޑަ ރަށެއްގެ މައްޗަށް ހިމެނޭ ޤައުމެއް. ދިވެހިރާއްޖެއަކީ 2000 (ދެހާސް) ރަށުގެ މައްޗަށް އެކުލެވޭ ބިޔަ ބޮޑު ޖަޒީރާ ޤައުމެއް. މިރާއްޖެ ތޮއްޖައްސާލާ މާލެއާއި ހުޅުމާލެއާ ވިލިނގިއްޔާ އެއްކޮށްލައިގެން އެތަނަށް މިރާއްޖޭގެ ރީތި ދިރިއުޅުން ހަތަރު ފޫޓު އަށް ފޫޓުގެ ގޮޅިއަކަށް ހަނިކޮށްލާ މަންޒަރު ދެކޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެއީ އަޅުގަނޑުމެން ބޭނުންވާ ސަބަބަކީ މިލާމަރުކަޒީ އުޞޫލު އަނެއްކާ އަނބުރާ އިޢާދަ ކުރަން" ހަސަން ލަޠީފް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހަސަން ލަޠީފް ވިދާޅުވީ، އެ ކަންކަން ކޮރަޕްޝަނާ ނުލާ ހިނގަމުން ނުދާތީ، ދިވެހިންނަށް އެކަންކަމުން ލިބޭ ޚިދުމަތުގެ އަގު އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށެވެ. ދިވެހިންގެ ޖީބުތަކުން ޚިދުމަތް ހޯދުމަށްޓަކައި ކުރަމުންދާ ޚަރަދު ތަކަކީ ޙަޤީޤަތުގައި އެއްވެސް ރައްޔިތަކު ކުރަންޖެހޭ ޚަރަދެއް ނޫންކަން ފާހަގަކުރައްވަމުން ހަސަން ލަޠީފް ވިދާޅުވީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުން އޭގެއިންވާ ފައިދާ، ޚަރަދުގެ ގޮތުންވެސް ތަރައްޤީގެ ގޮތުންވެސް ފެނިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން ގެންދާތީ މިހާރުވެސް ޙަޤީޤަތުގައި ލިބެންވާ ފައިދާ މިވަނީ ނުލިބި ކަމަށް ހަސަން ލަޠީފް ވިދާޅުވިއެވެ.

ހަސަން ލަޠީފްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް، ބޮޑުތަނުން މިސަރުކާރު ބަލިކޮށްލާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް