17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މައުމޫން

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖެނުއަރީ 2017 | ހޮނިހިރު 07:04 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


އޭޑީކޭ ހޮސްޕިޓަލް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ބަލިމީހަކު ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގެ ފިޔަގަނޑަކުން މަތިންދާ ބޯޓަށް އަރާ ސިޑިއެއްގައި ޖެހިގެން މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެހާދިސާގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އައްފާލް ވިދާޅުވީ އެހާދިސާގައި އަނިޔާވި ދެމީހުންވެސް ގެނެވުނީ އޭޑީކޭއަށް ކަމަށާއި އެކަކަށް މާބޮޑަށް ގެއްލުން ވެފައި ނުވާތީ ފަރުވާ ދިނުމަށްފަހު އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާއަށް ލިބިފައިވނީ ކޮންކަހަލަ ޒަޚާމްތަކެއް ކަމެއް އައްފާލް ވިދާޅެއް ނުވެއެވެ. ރާއްޖެ ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސް މީހާގެ ބަނޑަށް ވަނީ އެއްޗެއް ހެރިފައެވެ. ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވެފައިވަނީ ގއ ވިލިނގިލިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ބޯޓުން މީހުން ފައިބާ ހަރުގަނޑެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެއެކްސިޑެންޓުގައި ގްރައުންޑްގައި ހުރި އެއަރޕޯޓްގެ ދެ މީހަކު ޒަކަމްވެ ހޮސްޕިޓަލުން ގެންދަނީ ފަރުވާ ދެމުން ކަމަށެވެ.މިހާދިސާ ހިނގީ އާދިއްތަ ދުވަހު ހަވީރު 4 ޖަހާކަށްހާއިރު ކަމަށާއި އެހާދިސާ ތަހުގީގް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރު އެއާޕޯޓުގައި ޖެއްސުމަށް ފަހު އޭގެ ފިޔަގަނޑުގެ އެނބުރުން އެއްކޮށް ނުހުއްޓެނީސް ފިޔަގަނޑު ކައިރިން އެއާސްޓެއާ (ސިޑި) ދުއްވާފައި ދިއުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް