22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ކޮފީ

ޔޫކޭގައި ކޮފީ ބުއިމަށް ދޮޅުމަސް ދުވަސް ތެރޭގައި 8 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ!

  • ޔޫކޭގައި އެންމެ ގިނައިން ވިކިފައި ވަނީ ލާޓޭ ކޮފީ
  • އެންމެ ގިނަ އިން ކޮފީ އުފައްދާފައި ވަނީ ބްރެޒިލްގައި
  • އެމެރިކާގައި 27،900 ކޮފީ ޝޮޕް ހިންގާ
ސިމާހާ ނަސީމް | sim_kamana

| 17 އޭޕުރިލް 2018 | އަންގާރަ 14:19 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


އެކި ބާވަތްތަކުގެ ކޮފީތައް -- ދި ޓެލެގްރާފް

ކެންޓަރ ވޯލްޑްޕެނަލް ކުންފުނިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި އަހަރު އިނގިރޭސި ވިލާތުގައި ދޮޅުމަސް ދުވަހުގެ ތެރޭގައި ޖުމްލަ 8.97 ބިލިއަން ޑޮލަރު ކޮފީ ބުއިމަށް އާންމުން ހަރަދުކޮށްފައިވެއެވެ.

ކެންޓަރ ވޯލްޑްޕެނަލް ކުންފުންޏަކީ ތަކެތި ގަތުމަށް އާންމުން ޚަރަދު ކުރާ މިންވަރު ބެލުމަށް ފަހު ވިޔަފާރީތައް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. އެ ކުންފުނިން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ޔޫކޭގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް 930 މިލިއަން ލާޓޭ ކޮފީ ވިކިފައިވެއެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ވިކިފައި ވަނީ 800 މިލިއަން ކަޕަޗީނޯ ކޮފީއެވެ.

ދިރާސާ އިން އިތުރަށް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ފްލެޓް ވައިޓް ކޮފީ ބުއި މީހުންގެ އަދަދު ވަނީ އެ ޤައުމުގައި 56 ޕަސަންޓް އިތުރުވެފައެވެ.

އިންޓަނޭޝަނަލް ކޮފީ އޯގަނައިޒޭޝަން (އައިސީއޯ) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ކޮފީ އުފައްދާ 10 ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮފީ އުފައްދާފައިވާ ޤައުމަކީ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 60 ކިލޯގްރާމްގެ 51 މިލިއަން ބަސްތާގެ ކޮފީ އުފައްދާފައެވެ. އަދި ދުނިޔޭގެ ދެވަނަ އަށް އެންމެ ގިނައިން ކޮފީ އުފައްދާ ޤައުމަކީ ވިއެޓްނާމްއެވެ. މީގެ އިތުރުން އިންޑިއާ އިން 60 ކިލޯގްރާމްގެ 5.8 މިލިއަން ބަސްތާ ކޮފީ އުފައްދާފައިވާއިރު ހޮންޑިއުރަސް އިން 8.3 މިލިއަން ބަސްތާ ކޮފީ ވަނީ އުފައްދާފައެވެ.

މީގެ އިތުރުން އައިސީއޯ އިން ހެދި ދިރާސާ އިން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކަސްޓަމަރުން ވަނީ ކޮފީ ބުއިމަށް ކޮންމެ ބުރަކަށް އެވަރެޖްކޮށް 16.29 ޑޮލަރު ހަރަދުކޮށްފައެވެ.

ރިސާޗް ގްރޫޕް، އަލެގްރާ ސްޓްރެޓެޖީޒްގެ މިދިޔަ އަހަރުގެ ރެކޯޑްތައް ދައްކާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި 22،700 ބްރޭންޑެޑް ކޮފީ ޝޮޕްތައް ހިންގާއިރު، އެމެރިކާގައި އެކަނި 27،900 ކޮފީ ޝޮޕް ހިންގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް