23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

މައުމޫން

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖެނުއަރީ 2017 | ހޮނިހިރު 06:53 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ރައީސް އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ކުށުން ދުރުވެގެން މުޖުތަމައު އަށް އަންބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

 

ބުރާސްފަތި ދުވަހު އެކުލަވާލި މި އާ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ.މި ގަވައިދުގެ ދަށުން ލުއި ދޭނީ ރައީސް އަމިއްލައަށްފުޅަށް އިސް ނަންގަވައިގެންނެވެ. ގަވައިދުގައިވާ ގޮތުން ރައީސްގެ އިސްނެންގެވުމުގެ މަތިން ޝަރުތާއެކު މައާފުދޭން ފެންނަ މީހުން ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، "ރައީސުލްޖުމްހޫރިއްޔާގެ މައާފުދިނުމުގެ ހާއްސަ ފުރުސަތު ދޭ ފަންނީ ކޮމިޓީ" ގެ ނަމުގައި ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ.

 

މިނިސްޓަރުގެ އިރުޝާދާއެކު ހިންގާ މި ކޮމެޓީން މައާފު ދިނުމަށް ފުރުސަތު ދޭން ނިންމައިފިނަމަ، އެނބުރި މުޖުތަމައަށް އައިސް، ކުށުން ދުރުހެލިވެފައިވާ އަދި މުޖުތަމައަށް ފައިދާހުރި މީހެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު އޮތް ކަމަށް ފެންނަ މީހުންގެ ލިސްޓު އެކުލަވައިލުމަށްފަހު، ކޮމިޓީން ރައީސްއަށް އެ މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.މާފު ނުދޭނެ ކުށްތަކުގެ ތެރޭގައި އިސްތިއުނާފު މަރުހަލާގައި ތިބި ކުށްވެރިން، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހުން،ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިން،ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވާ މީހުން،މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ މީހުން އަދި ގަދަކަމުން ޖިންސީގުޅުން ހިންގުމުގެ ކުށްސަބިތުވެފައިވާ މީހުން ހިމެނެއެވެ.އަދި މާފު ދެވޭނީ ގަވައިދުގައިވާ ގޮތުން އެ މީހެއްގެ މައްޗަށް އެންމެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާނަމަ އެވެ. އެ މީހެއްގެ މައްޗަށް އެއް ހުކުމަށް ވުރެ ގިނަ ހުކުމްކޮށްފައިވާނަމަ، ތަންފީޒުކުރަމުންދާ
ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކުރުމުން ނޫނީ މާފު ނުދެވޭނެ  ކަމަށް ގަވާއިދުގައި ވެއެވެ.މާފު ދޭން ފެންނަ ކަމަށް ކޮމެޓީން ނިންމާ މީހުންނަށް ހާއްސަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކޮމެޓީން ހިންގަން ޖެހެ އެވެ. ރައީސް މާފު ދޭނީ އެ ޕްރޮގްރާމް ފުރިހަމަކަމާއެކު ނިންމުމުންނެވެ. މައާފުދިނުމަށް ފުރުސަތުދޭން ކޮމިޓީއަށް ފެންނަ މީހުންނާ ގުޅޭގޮތުން ރައީސް ވަކި ގޮތެއް ނިންމަވައި، ހޯމް މިނިސްޓަރަށް އެންގެވުމުން، އެ ނިންމެވުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިނިސްޓަރުގެ އެންގެވުމުގެ މަތިން ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

 

މި ގަވާއިދުގެ ބޭނުމަކީ ޖިނާއީ ކުށުގެ ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން، އެ މީހެއްގެ އުޅުމަށާއި އަޚުލާޤަށް ބެލުމަށްފަހު، އަދި މުޖުތަމަޢަށް އެނބުރި އައިސް، މުޖުތަމަޢަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުޞަތެއް އޮތް މީހުންނަށް، އެފަދަ ފުރުޞަތު ފަހިކޮށްދިނުމެވެ.އަދި ތަކުރާރުކޮށް ކުށްކުރާ މީހުންގެ އަދަދު މަދުކޮށް، ކުށްކުރުމުގެ ތެރެއަށް އެ މީހުން ދިޔަނުދީ، ޢާއިލީ ދިރިއުޅުމަކަށް ދިޔުމަށް މަގުފަހިކޮށްދިނުމެވެ.

 

މީގެ އިތުރުން ރީހެބިލިޓޭޝަންގެ އުޞޫލުތަކުގެ ތެރެއިން، ޖިނާއީ ކުށެއްގެ ޙުކުމް އިއްވާފައިވާ މީހުންނަށް ކުށުން ދުރުހެލިވެފައިވާ ދިރިއުޅުމަކަށް އަނބުރާ އައުމުގެ ފުރުޞަތު ފަހިކޮށްދިނމާއި ރީހެބިލިޓޭޝަންގެ އުސޫލުތަކުގެ ތެރެއިން، ފަރުވާދީގެން މުޖުތަމަޢަށް އަނބުރާ ގެންނަ މީހުންނަކީ، މުޖުތަމަޢުގެ ސަލާމަތާއި، އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވެ ތިބެ، ޤައުމު އާރާސްތުކުރުމާއި، ތަރައްޤީކުރުމުގައި ބައިވެރިވެ، ޢާއިލީ ޒިންމާ އުފުލައި، އުފާވެރިކަމާއެކު ޞުލްޙަވެރި އަމާން މާހައުލެއްގައި ކާމިޔާބުކަމާއެކު ދިރިއުޅެވޭ ފަދަ މީހުންކަމުގައިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.


މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް