17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވޮލީ ބޯޅަ

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

ނާފިއު ރަޝީދު | NaphiuR

| 7 ޖެނުއަރީ 2017 | ހޮނިހިރު 06:40 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އެފްއައިވީބީ ލެވެލް ތްރީގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ރާއްޖޭގެ އިންޓަނޭޝަނަލް ރެފްރީ އިސްމާއިލް ރިފާއު (ޗިޗޫ)- ފޮޓޯ: ރާއްޖެއެމްވީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސިންގަޕޫރުގެ އިންޓަނޭޝަނަލް ވޮލީ ކްލަބުން ހިންގުމަށް ހަމަޖެހިފައިވާ ވޮލީބޯލް ކޯޗިން ކޭމްޕުގައި ކިޔަވައިދިނުމަށް ރާއްޖޭގެ ވޮލީ ކޯޗިން ޓްރެއިނަރު އިސްމާއިލް ރިފާއު (ޗިޗޫ) އަށް ފުރުސަތު ލިބިއްޖެ އެވެ.

ޗިޗޫ ވަނީ މިދިޔަ 2016 ވަނަ ބަހުރެއިންގައި ވޮލީ ކޯޗިންގެ ރޮނގުން ހޯދޭނެ އެންމެ މަތީ ކާމިޔާބީ ކަމަށްވާ އެފްއައިވީބީ ލެވެލް ތްރީގެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ހޯމަ ދުވަހު ހެނދުނު ސިންގަޕޫރަށް ފުރުމުގެ ކުރިން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ޗިޗޫ ބުނީ މި ކޭމްޕަކީ ސިންގަޕޫރުގެ އިންޓަނޭޝަނަލް ވޮލީ ކްލަބުން އިންތިޒާމްކޮށްގެން އެ ގައުމުގެ އެމެރިކަން ސްކޫލުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯޗިން ކޭމްޕެއް ކަމަށާއި އަދި މި ކޭމްޕުގައި ކިޔަވައިދޭނީ މުޅިން ވެސް ސިންގަޕޫރުން ބޭރުގެ ޓްރެއިނަރުން ކަމަށެވެ.

ޗިޗޫ ބުނީ މިފަދަ ފުރުސަތެއް ރާއްޖޭގެ ފަރާތަކަށް ލިބިގެން ދިއުމަކީ ރާއްޖޭގެ ވޮލީ އަދި ރާއްޖޭގައި ތިބި ވޮލީ ކޯޗުންނާއި ކޯޗުން ތަމްރީނުކުރާ ފަރާތްތަކަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށާއި އަދި މިފަދަ ފުރުސަތުތަކުން ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޗިޗޫ ބުނީ މިފަދަ ފުރުސަތެއް ލިބުމުން އެކަމާ ވަރަށް އުފާކުރާ ކަމަށާއި އަދި އެކަމާ ފަހުރުވެރިވާ ކަމަށެވެ. މީގެ އިތުރުން ޗިޗޫ ވަނީ ވޮލީބޯލް އެސޯސިއޭޝަންގެ މިހާރާއި އޭރުގެ ދައު ރުގައި ތިއްބެވި އިސްފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ބީޗު ވޮލީ ރެފްރީއެއްގެ ދައުރުވެސް އަދާކުރަމުން އަންނަ ޗިޗޫ ބުނީ މި ކޭމްޕުން އޭނާއަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި އަދި ކޭމްޕް ނިންމާލައި އެނބުރި ގައުމަށް އައުމަށްފަހު ކޭމްޕުން ދަސްވި އެއްޗެއްގެ ބޭނުން ރާއްޖޭގައި ހިންގޭ ކޯސްތަކުގައި ވެސް ބޭނުންކުރާނެ ކަމަށެވެ.

ވީއޭއެމްގެ މިހާރުގެ ރައީސް ވަނީ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވުމަށްފަހު ރާއްޖެގެ ހުރިހާ ކަންކޮޅުތަކެއްގައި ވޮލީ ކޯޗުން ތަމްރީނުކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން މި ފެށުނު 2017 ވަނަ އަހަރަކީ އެކަމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވާ އަހަރަށް ވުމާއެކު ޗިޗޫގެ ބޭނުން ހިފާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ޖުމްލަ 8 ދުވަހުގެ މުއްދަތަށް ސިންގަޕޫރުގައި ކުރިއަށްދާ މި ޓްރެއިނިން ކޭމްޕުގައި ޖުމްލަ 4 އުމުރުފުރާއަކުން އަންހެން އަދި ފިރިހެން ކުދިން ބައިވެރިވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް