25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މައުމޫން

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖެނުއަރީ 2017 | ހޮނިހިރު 06:34 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތާރިގު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް ރަނގަޅަށް އެނގިގެން ކަމަށް މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ލޯކަލް ކައުންސިލް އިނތިޚާބު ކާމިޔާބުކުރަން އެމްޔޫއޯއިން އެހާ ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކަމަށާއި ރަށްރަށުގެ ތަރައްގީ ހޯދަން މިޖެހެނީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އެކަމަށް ހައްލެއް ލިބޭނީ ލޯކަލް ކައުންސިލްގެ ނިޒާމް ރަނގަޅަށް ތަރައްގީ ކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.ތޯރިގު ވިދާޅުވީ ޒަމާނުއްސުރެ އޮތް ނިޒާމުގައި ކަލޭފާނުންނާއި ކަތީބުންނާއި މިޒާތުގެ ބޮޑުންގެ އާއިލާތަކަށް ނިސްބަތްވާ މީހުނަނަށް ނޫނީ ވެރިކަމާއި ހިސާބަށް ނާދެވޭ ކަމަށާއި އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ގެންނަން ބޭނުންވާ ނިޒާމަކީ ހޮޅުއަށީގައި ތިބޭ އެންމެ އާދައިގެ ނިކަމެތި ފަގީރު މީހާގެ ދަރިފުޅަށް ވެސް ރަށްރަށުގެ ވެރިކަމުގެ ގޮނޑީގައި އިށީނދެވޭނެ ނިޒާމެއް ކަމަށެވެ.

މި ނިޒާމް ފައްކާކޮށް ތަރައްގީކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް