19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ފުޓުބޯޅަ

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ނާފިއު ރަޝީދު | NaphiuR

| 7 ޖެނުއަރީ 2017 | ހޮނިހިރު 06:26 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަން އިބްރާހިމް ނަޒީމް- ފޮޓޯ: ރާއްޖެއެމްވީ -- ފޮޓޯ: އަޒުމޫން އަހުމަދު

ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ނުފެންނަ ވަރުގެ ވަރުގަދަ ސްކޮޑެއް މިހިނގާ 2017 ވަނަ އަހަރު ވިކްޓްރީން ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ނަޒީމް ވިދާޅުވެއްޖެ އެވެ.

ވިކްޓްރީން ވަނީ މިދިޔަ އަހަރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ބައެއް ކްލަބުތަކަށް ކުޅުނު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ސޮއި ހޯދުމަށް ވެސް އެކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަޒީމް ވިދާޅުވީ ޓީމުން ފެންނާނެ ބިދޭސީ ކުޅުންތެރިންނަކީ ރާއްޖޭގައި ރަނގަޅަށް ޕާފޯމް ކޮށް އެކުޅުންތެރިންގެ ފެންވަރު އެނގޭ ކުޅުންތެރިން ކަމަށެވެ. އަދި ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ސްކޮޑެއް އެކުލަވާލައި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިން ތައާރަފްކޮށް، ޓީމާ ދުރުގައި މާޔުސްވެފައި ތިބި ސަޕޯޓަރުން އަލުން ޓީމާ ގުޅުވާލައި ދޭނެ ކަމަށެވެ.

ނަޒީމް ވިދާޅުވި ގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްލަބުގެ އިސްމަގާމުތަކަށް އެކި ބޭބޭފުޅުން އިންތިހާބު، އެއިން އެއްވެސް ދައުރެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އޭނާ ވިދާޅުވީ ވިކްޓްރީ އަކީ މާޒީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބަކަށްވާ އިރު، އެއްވެސް އަޅާލުމެއް ނެތި ބައެއް ފަރާތްތަކުން ވިކްޓްރީގެ ހިންގުމާ ހަވާލުވެ އެދެވޭ ނަތީޖާތަކެއް ނެރެދެވިފައި ނެތުމުން ކްލަބު ވަނީ ނިކަމެތިވެފައި ކަމަށެވެ. 

 

ނަޒީމް ވިދާޅުވި ގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްލަބުގެ އިސްމަގާމުތަކަށް އެކި ބޭބޭފުޅުން އިންތިހާބު، އެއިން އެއްވެސް ދައުރެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އޭނާ ވިދާޅުވީ ވިކްޓްރީ އަކީ މާޒީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބަކަށްވާ އިރު، އެއްވެސް އަޅާލުމެއް ނެތި ބައެއް ފަރާތްތަކުން ވިކްޓްރީގެ ހިންގުމާ ހަވާލުވެ އެދެވޭ ނަތީޖާތަކެއް ނެރެދެވިފައި ނެތުމުން ކްލަބު ވަނީ ނިކަމެތިވެފައި ކަމަށެވެ. 

 

ނަޒީމް ވިދާޅުވީ ސްކޮޑް ވަރުގަދަ ކުރުމުގެ އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި އެކުލަބު ހިންގުމަށް ކުލަބުގެ މާލީ ފުއްދުންތެރިކަން އިތުރު ކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް