19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

މަގޭ ރިޕޯޓް

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

  • މަޖޫރީންނަށް ރޭގަނޑު މަސައްކަތް ކުރުން ނޫން ގޮތެއް ނެތް
  • ގާޑިޔާ ތަކުގެ މީހުން ތިބީ ބިރުން އަނގައިން ބުނަން ނުކެރިފައި.
  • ގެއްލުންވިޔަސް ވިޔަފާރިވެރިންނަކަށް އަގެއް ބޮޑެއް ނުކުރެވޭނެ
އަހުމަދު މުހުސިނު | dhonbandaara

| 16 އޭޕުރިލް 2018 | ހޯމަ 15:44 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


މީހަކު ކާޑު އުފުލަނީ: މިހާރު މުދާ އުފުލުމަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ޑަބަލް އަގަށް ކާޑުގެ އަގުބޮޑު ކުރީމާ ރައްޔިތުން ހިތްހަމައެއް ނުޖެހުނެވެ. ނުކުމެ އެއްބަޔަކު ކުދިކިޔާން ފެށިއެވެ. ޖަވާބުގައި ބުނީ އެއީ ކަން އޮތްގޮތް ކަމަށެވެ. އިޤްތިސޯދީ މާހިރު ގެންނެވި މޮޅުގޮތް ކަމަށެވެ. އަމުދަކުން ތިޔަ ހަނޑުލެއް ކަނީކީ ކަލޭމެނެއް ނޫނޭއެވެ. ކޮންމެހެން ބޭރު މީހުން ކާކަށް ސަބްސިޑީއެއް ދޭކަށް ނެތީމެވެ. ރައްޔިތުން ބުނީ ނޫނޭ ނޫނޭއެވެ. އަހަރެމެންނަކަށް މީކީ އަނގަޔާ އަތާ ދިމާވާވަރުގެ އަގެއް ނޫނޭއެވެ. ދެންވެސް ސަރުކާރުން ބުނީ ބަހަނާ ދެއްކިއަސް ކުރާނެ ކަމެއް ނެތެވެ. މިނޫން ގޮތެއް ނުހަދާނަމެވެ.

ފްލެޓް ދިނީ ހިތުހުރި މީހަކަށެވެ. މަތިން ޕޮއިންޓް ލިބުނު މީހުން ތިބިގޮތަށް ތިއްބައެވެ. ފުރި ފޯމުތަކާއި ހެދި ސަރވޭތައް ދިޔައީ ވަށިގަނޑަށެވެ. ތަޅުދަނޑި ދިނީ އެތެރެ ކޮއިލުން ނެގުނު ލިސްޓަކަށެވެ. ރައްޔިތުން ބުނީ ތިޔަހެން ނުހަދާށެވެ. ނިކަމެތިން އެދުނީ ފްލެޓް ދިންގޮތް ހާމަކޮށްދިނުމަށެވެ. މިފަހަރު ވެސް ބުނީ މާގިނަ ވާހަކަ ނުދައްކާށޭއެވެ. ކަންކުރާނީ ކުރާނެ ގޮތަކަށެވެ. އަނގަތެޅިއަސް ގެނެވޭނެ ބަދަލެއް ނޯންނާނެ ކަމަށެވެ.

އެކަންވެސް ދޫކޮށްލާނަމެވެ. ދެން އައީ ޓްރެފިކަށް ގެނައި ބަދަލެވެ. ދިދަޖެހި ކާރަކަށް އިރުކޮޅަކު މަގުގައި އޮންނަން ޖެހޭފަދަ ގޮތަކަށް ކުރީގައި އޮވެގެން ފިހާރައަކަށް ބޭލި ފެންކޭސް ކޮޅަކާ ހެދި އެތެރޭގައި އިންނެވި ބޭފުޅާ މޫނު ކުނިވެއްޖެއެވެ. އިރުކޮޅަކު އެއަރކޯން ކާރު ތެރޭގައި އިންނަވަން ޖެހިވަޑައިގަތީތީއެވެ. ބަސްބުނި ހިނދުން މުދާބޭލުން އެޖެއްސީ ވަކި ގަޑިއަކަށެވެ. މަޖޫރީންނަށް އެންގީ ކަލޭމެން ދެން މަސައްކަތް ކުރަން ޖެހޭނީ ރޭގަނޑު ކަމަށެވެ. ނިދަން ޖެހޭނީ ދުވާލު ކަމަށެވެ. މަޖޫރީން ބުނީ ތިޔައީ ވާނެކަމެއް ނޫން ކަމަށެވެ. އެކަމަކު އެމީހުންނަށް ވެސް އެންގީ އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ. ބޮޑާ ހާކަންޏާ ހިސާބު ގަނޑުން ވެސް ފޮނުވާލާނެ ކަމަށެވެ. ދިރިއުޅުމަށް އައި ބަދަލާއެކު މަޖޫރީން ނިންމީ ރޭގަނޑު މަސައްކަތް ކުރަން ޖެހޭތީ މަސައްކަތުގެ އގު ބޮޑު ކޮށްލުމަށެވެ. ސަރުކާރުން ދިނީ ވަރުގަދަ އިންޒާރެކެވެ. ބައިލާރި ބޮޑުކޮށްލިއަސް އެއްކޮށް މަސައްކތް ހުއްޓުވާނެ ކަމަށެވެ. ބިރު ދައްކާލަން ނެގީ އެންމެ ހަތިޔާރެކެވެ. ނުކުރާނީ ވިއްޔާ ދާނީއެވެ. ބޭރު މީހުން ލައިގެން ވެސް މިނޫން ގޮތަކަށް ކަންކުރެވޭކަށް ނޯންނާނެ ކަމަށެވެ.

ކުރިން ހުޅުވަން ނުޖެހޭ ގަޑިއަކަށް ގުދަން ހުޅުވަން ޖެހުމާއި އިތުރު ޝިފްޓަކަށް ސްޓާފުން ނެރެން ޖެހުމުން ތަކެތީގެ އަގަށް ބަދަލު ނުގެނެސް ދެކޮޅު ޖެއްސޭކަށް ނެތެވެ. އަގުން އެބައި ބޮޑުކޮށްލިއެވެ. ސަރުކާރުން ދިނީ ވަރުގަދަ އިންޒާރެކެވެ. އަގުބޮޑުކޮށްގެން ނުވާނެ ކަމަށެވެ. ނުހިންގޭނިއްޔާ ފިހާރަ ބަންދު ކުރުމަށެވެ. އަގަށް ހަތަރު އަނާ ވެސް އިތުރުކޮށްގެން ނުވާނެޔެވެ. ސަރުކާރުން ކުރާނެ ބަދަލެއް ނޯންނާނެއެވެ. މިއީ ފަހުގެ ނިންމުމެވެ. މިނިންމުން ބަދަލު ކުރަން އުޅެގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ބަދަލު ގެންނެވީ ސީދާ އިޤްތިސޯދީ މާހިރު ކަމަށެވެ. ވިޔަފާރިވެރިންނަށް ގެއްލުން ވިއަކަސް އެކަމާ ވިސްނޭކަށް ނެތެވެ.

މިކަމާ އެއްޗެއް ބުނަން ނުކުތް ރައްޔިތުންނަށް އެންގީ ސަހަރޯއެވެ. ނަމަނަމަ އެއްޗެއް ނުބުނައްޗެވެ. ގާޑިޔާތަކުގެ މީހުންވެސް އެތިބީ ސައިޒްކޮށްފައެވެ. އެތިބީ މީހުން ނުވެސްދާ ހިސާބަކަށް ލާފައެވެ. މަގު ހަދަން ނެގި ގާޑިޔާތަކުގެ ދުވަހުގެ ވިކުރާއަށް 50 ރުފިޔާ ނުލިބުނަސް ހެވެ. ކުރިން ދެހާސް ތިންހާސް ލިބުނު ގާޑިޔާތަކުގެ ކުލި ދައްކާ ނުލެވުނަސް ތިޔަކަމަށް ދޭނެ އެހީތެރިކަމެއް ނެތެވެ. އެކަމަކު ގާޑިޔާތަކުގެ ވެރިންވެސް ތިބީ ބިރުން ފިތްކެނޑިކެނޑިއެވެ. ކަންއޮތްގޮތް ބުނެލަ ދޭކަށްވެސް އެވެރިންނަކަށް ނުކެރުނެވެ. ގާޑިޔާގަނޑު އަތުލާނެ ކަމުގެ އިންޒާރު ކުރިމަތީގައި އޮތީތީއެވެ.

އެއްޗެއް ބުނާން ތިބީ މަޖިލިސް މެންބަރުންނަށެވެ. އެވެރިން އެތިބީ އެއަށްވުރެ ވެސް ހާލުގައެވެ. އަމިއްލައަށް އެތިބީ ވަރަ ކޮށާލައިގެންނެވެ. ޚާއްޞަކޮށް ޕީޕީއެމް މެންބަރުންނެވެ. އެއްޗެއް ބުންޏަސް ޕާޓީން ވަކިކޮށް ގޮނޑި އަތުލާށޭ ބުނެ ސަރުކާރަށް ރިމޯޓް ދީގެންނެވެ. އާދައިގެ ނިކަމެތިންނަށްވުރެ އެވެރިންގެ ހާލު ދެރަވަރުގައެވެ.

ކޮންމެއަކަސް ރައްޔިތުން މިވަނީ ދަނޑިމާރު އަޅާފައެވެ. އެމީހުންނަކާ އެމީހުންނެކެވެ. ޤާނޫނާ ޤަވާއިދު އޮތްތަނުގައެވެ. ކުރިމަގު ބަނަވެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. ސަރުކާރުން ހިތުހުރިހާ ކަމެއް  ކުރުމުގައެވެ. ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނޭ ލިޔެފައި އޮތީ ނަމެއްގައެވެ. އެވެރިކަން ދެމެހެއްޓޭނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ބުނީ ހަމައެކަނި  ރީއްޗަކަށެވެ. ބާރު އޮތީ އެކެއްގެ އަތުގައެވެ. އެއީވެސް ދަނޑިމާރު އަޅައިގެން ގެންގުޅޭ މަދު ފުލުހުން ކޮޅަކާ ސިފައިން ކޮޅެއް ލައްވައެވެ. އެވެރިން ވެސް ދަނޑިމާރު އަޅުވައިގެންނެވެ. އެނޫން ގޮތެއް ހޯދަންޏާ ޖަލުގޮޅި އޮތްކަން ބުނެދީގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް