23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ޔޫއޭއީގެ މަތިންދާބޯޓެއް ފުރިޔަ ނުދީ ސޯމާލިއާއިން ހިފަހައްޓައިފި

  • ދެޤައުމުގެ ގުޅުން ޤަތަރުގެ މައްސަލައިގައި ވަނީ ގޯސްވެފައި
މިއުވާން މުހައްމަދު | Miuvaan

| 16 އޭޕުރިލް 2018 | ހޯމަ 15:15 | |އެއަރޕޯޓްގައި ސޯމާލިއާ އޮފިޝަލުންނާއި ޔޫއޭއީ އޮފިޝަލުން އަރާރުންވަނީ -- ސޯޝަލް މީޑިއާ

ޔޫއޭއީގެ އަސްކަރީ އޮފިޝަލުންތަކެއް ދަތުރުކުރި މަތިންދާބޯޓަކަށް ސޯމާލިއާއިން އަރުވަން އުޅުނު ބަރު ދަބަސްތަކެއް ފާސްކުރަން ހުއްދަ ނުދިނުމުން ސޯމާލިއާ އާއި ޔޫއޭއީ އާއި ދެމެދު އަނެއްކާވެސް މައްސަލަ ގޯސްވެއްޖެއެވެ.

ހޮނިހިރު ދުވަހު މިޙާދިސާ ހިނގާފައިވަނީ ސޯމާލިއާގެ ބަސައޯ އެއަރޕޯޓްގައެވެ. އަދި މައްސަލަ ޖެހެން މެދުވެރިވީ އެމަތިންދާބޯޓުން ދަތުރުކުރި ޔޫއޭއީގެ އަސްކަރީ އޮފިޝަލުންގެ ދަބަސްތައް ޗެކްކުރަން ސޯމާލިއާގެ އޮފިޝަލުން އެދުމުން، އެކަމަށް ޔޫއޭއީ އޮފިޝަލުން ހުއްދަ ނުދިނުމުންނެވެ. މި އޮފިޝަލުންނަކީ ސޯމާލިއާގެ މައި ސަރުކާރާއި ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑްގެ ސިފައިން ތަމްރީންކުރުމަށް އެސަރަހައްދަށް ދިޔަ ޔޫއޭއީގެ އޮފިޝަލުންތަކެކެވެ. 

މިހާދިސާ ހިނގާފައި މިވަނީ 3 ދަބަހުގައި 10 މިލިއަން ޑޮލަރު ޔޫއޭއީން ގެނެސް، ސޯމާލިއާއަށް ބާލަން އުޅެނިކޮށް އަތުލައިގެންފައިވާ ދަނޑިވަޅެއްގައެވެ. އެމައްސަލަވެސް ސޯމާލިއާ އޮފިޝަލުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.

މަތިންދާބޯޓު ހުއްޓުވި މައްސަލައިގައި ޔޫއޭއީގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސޯމާލިއާއަށް އެކި ގޮތް ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމަކީ ޔޫއޭއީކަން ފާހަގަކޮށް، ސޯމާލިއާއިން މަސައްކަތްކުރަނީ ރަހުމަތްތެރިއަކި ހަތުރުވެރިޔަކަށް ހަދަން ކަމަށް ޔޫއޭއީގެ ޖޫނިއަރ ފޮރިން މިނިސްޓަރ އަންވަރު ގަރްގާޝް ވިދާޅުވިއެވެ. 

އަބޫދާބީ އާއި މޮގަދިޝޫއާއި ދެމެދު މައްސަލަ ގޯސްވީ ނިމިިދިޔަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހު ޔޫއޭއީއިން ޤަތަރާއި ގުޅުން ކަނޑާލުމުން، ސޯމާލިއާ އިންވެސް ގުޅުން ކަނޑާލަން ޔޫއޭއީން ބާރު އެޅުމުންވެސް، ސޯމާލިއާއިން އެކަން ނުކުރުމުންނެވެ. ސޯމާލިއާއިން ބުނީ އެޤައުމުން ގަލްފްގެ މައްސަލައިގައި ވަކި ކޮޅަކަށް ނާރާނެކަމަށެވެ. 

މިމައްސަލައިގައި ޔޫއޭއީއިން ގެންދަނީ ސޯމާލިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ޔޫއޭއީއިން ވަނީ ސޯމާލީލޭންޑްގައި އެޤައުމުގެ އަސްކަރީ ބޭސްއެއް ޤާއިމްކުރުމަށް 30 އަހަރުގެ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފަށް ހިންގި ކަމެއްކަމަށް ބުނެ ސޯމާލިއާއިން ވަނި މިމައްސަލަ ބެލުމަށް އދ އަށް ގޮވާލާފައެވެ. 

އަދި މީގެ އިތުރުން ނިމިދިޔަ މަހު ސޯމާލީލޭންޑްގެ ސިފައިން ތަމްރީންކުރުމަށް ޔޫއޭއީއިން ނިންމުމުން ސޯމާލިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޗެއްދޭހަވިބާ

7 ދުވަަސް ކުރިން

މީގެންވެސް އެޗެއްދޭހަވިބާ ދިވެސަރުކާރަށް؟

0
0