23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ކޭބަލްއަށް ގެއްލުންވެ ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ

  • ފުވައްމުލަކު ބޮޑު ސަރަހައްދެއްގައި ކަރަންޓެއް ނެތް
  • މައްސަލަ ހައްލުކުރުމަށް އިންޖީނިއަރުންގެ ޓީމެއް މަސައްކަތް ކުރަމުން ދަނީ
ސިމާހާ ނަސީމް | sim_kamana

| 16 އޭޕުރިލް 2018 | ހޯމަ 14:47 | |



ޏ. ފުވައްމުލަކު -- ގޫގުލް

ކޭބަލްއަށް ގެއްލުންވެ ޏ. ފުވައްމުލަކު ސިޓީން ކަރަންޓުގެ ޙިދުމަތް މެދުކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޏ. ފުވައްމުލަކު ދޫނޑިގަމް އަވަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށްޓަކައި ސްރީލަންކާގެ ސިއަރާ ކުންފުނީގެ ފަރާތުން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެޗް.ވީ ކޭބަލްގެ ދެ ތަނަކަށް ގެއްލުންވެ ރަށުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައެވެ.

އެ މައްސަލަ ހައްލު ކުރުމަށް އިންޖީނިއަރުންގެ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފެނަކަ އިން ނެރުނު ބަޔާނުގައި ކަރަންޓު ކެނޑުނު ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް