23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ބަންދުގެ އަމުރު އިސްތިއުނާފު ކުރަން ދެ ފަނޑިޔާރުން ބޭނުންފުޅެއް ނުވި

  • އެގޮތަށް ނިންމެވި ސަބަބެއް ވިދާޅެއް ނުވޭ
  • އިސްތިއުނާފުގެ މުއްދަތު ވަނީ ހަމަވެފައި
  • ދެ ބޭފުޅުން ބަންދުގައި ތިބޭތާ 69 ދުވަސް
ޙުސައިން ޙަސަން | hucenhassan

| 16 އޭޕުރިލް 2018 | ހޯމަ 14:40 | |އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު -- ފޮޓޯ : މުހައްމަދު ޝަރުހާން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން އެ ދެ ބޭފުޅުން ބޭނުންފުޅެއް ނުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން، ބަންދުގައި ބަހައްޓަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާ ކުރަން ޖެހޭ މުއްދަތު ވަނީ ފަހަނަ އަޅާފައެވެ.

އެކަމާ ގުޅޭ ގޮތުން އެ ދެ ފަނޑިޔާރުންގެ ވަކީލުން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދަށު ކޯޓުގެ އެ އަމުރު އިސްތިއުނާ ނުކުރުމަށް ދެ ފަނޑިޔާރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތަށް އެ ދެ ފަނޑިޔާރުން އެދިވަޑައިގެންނެވި ސަބަބެއް ވަކީލުން ވިދާޅެއް ނުވެއެވެ.

ފަނޑިޔާރުން ހައްޔަރު ކުރަންޖެހޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، މަތީ ކޯޓެއްގެ ފަނޑިޔާރަކު ދަށު ކޯޓަށް ހާޒިރުކޮށްގެން ބަންދުގައި ބަހައްޓަން އަމުރު ކުރުމުން، ގާނޫނީ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތާ 69 ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް