23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް: ދިވިޔާ ދައްތާ

  • އެކްޓިންގ ހަޔާތް ފަށާފައި ވަނީ 1994 ވަނަ އަހަރު
ސިމާހާ ނަސީމް | sim_kamana

| 16 އޭޕުރިލް 2018 | ހޯމަ 13:22 | |



ބޮލީވުޑް އެކްޓްރަސް ދިވިޔާ ދައްތާ -- ގޫގުލް

މި އަހަރަކީ ދިވިޔާ ދައްތާ އަށް ވަރަށް ހާއްސަ އަހަރެއް ކަމަށް އޭނާ ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ނެޝެނަލް އެވޯޑް ލިބުމަށް ފަހު ދިވިޔާ ވަނީ އެ ދާއިރާ އިން އިތުރު އެވޯޑްތައް ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ނިންމާފައެވެ.

"މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް. މިއަހަރު އަދި ނުކުންނަށް ހުރި ފިލްމުތަކަށް ބަލާއިރު ބެލުންތެރިންނަށް އަހަރެން އެކި ރޯލުތަކުން ފެނިގެންދާނެ. ކޮންމެ ފިލްމެއްގައިވެސް އަހަރެން އަދާކޮށްފައިވާ ތަފާތު ރޯލެއް" ދިވިޔާ  ބުންޏެވެ.

ދިވިޔާ އެކްޓިންގ ދާއިރާއަށް ނިކުތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ޑޮކްޓަރުންގެ އާއިލާއަށް ނިސްބަތްވުމުން އޭނާއަށް އެކްޓް ކުރުމުގެ އެއްވެސް ޓްރެއިނިންގ އެއް ލިބިފައިނުވާ ކަމަށާއި އެހެންނަމަވެސް ސޫކުލް ދުވަސްވަރު އެކި ޑްރާމަތަކުގައި ބައިވެރިވެގެން އޭނާ އެންމެ މޮޅު އެކްޓްރަސްއަށް ހޮވޭ ކަމަށެވެ. އެހެން ގޮސް ފިލްމީ ދައީރާއަށް ނިކުތުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެންމެ ފުރަތަމަ ފިލްމް އިންޑަސްޓްރީއަށް އައިރު އަހަންނަކީ މިހާރު މިހިރަ ދިވިޔާއެއް ނޫން. އަހަރެން އޭރު ވަރަށް ޅަވާނެ، މައުސޫމްވާނެ، އަދި އަހަރެން ބޮޑުވަމުން އައީ ވަރަށް "ޕްރޮޓެކްޓިވް" މާހައުލެއްގައި އެކަމަކު ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް އަހަންނަށް ހިތްވަރު ގަދަ އަންހެންނަކަށް ވާން ދަސްވި، އަހަންނަށް އުނދަގޫ ހާލަތްތަކާއި ކުރިމަތިލާން ދަސްވި، ދުނިޔެއަށް އެކަން ނާންގާ" ދިވިޔާ ބުންޏެވެ.   

ދިވިޔާގެ އެކްޓިންގ ހަޔާތް ފަށާފައި ވަނީ 1994 ވަނަ އަހަރުއެވެ. އޭނާ ވަނީ މަޝްހޫރު ފިލްމްތައް ކަމުގައިވާ "ވީރްޒާރާ"، "އާޖާ ނަޗްލޭ"، "ބާގް މިކާ ބާގް" ގައި ހަރަކާތްތެރިވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް