
| 16 އޭޕުރިލް 2018 | ހޯމަ 11:40 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
4 މަސް ކުރިން |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
4 މަސް ކުރިން |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
4 މަސް ކުރިން |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
4 މަސް ކުރިން |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
1 އަހަރު ކުރި |
މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑާކްރެއިން އެންޓަޓައިންމަންޓުން އުފެއްދުމަށް ހަމަޖެހިފައިވާ ފިލްމު "މާމުއި"ގެ ޝޫޓިން ފަށާނީ ރޯދަމަހަށް ފަހުގައެވެ. ރޯދައިގެ ފަހުން ޝޫޓިން ފަށަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އެ ޕްރޮޑަކްޝަން ހައުސް އިން އަންނަނީ ވަމުންނެވެ.
މި ފިލްމުގެ ކާސްޓުންތައް މިހާރު އިއުލާންކޮށްފައިވާއިރު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މީގެ ކުރިން ބުނެފައި ވަނީ "މާމުއި" އަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމެއް ކަމަށެވެ.
މި ފިލްމުން ފެންނާނެ ތަރިންނަކީ އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މާރިޔާ ތެރެސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. އަދި މީގެ އިތުރުން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ މިފިލްމުން ފެނިގެންދެއެވެ.
މޮގާ ވަނީ މި ފިލްމުން ފެންނާނެކަމަށް ބުނެފައިވާ ބައެއް ތަރިންނާ އެކު ފޮޓޯޝޫޓެއް ވެސް ނަގާފައެވެ. އޭނާ ވަނީ ބައެއް ފޮޓޯތައް އޭނާގެ ފޭސްބުކްގައި އާންމުކޮށްފައެވެ.
މި ފިލްމު ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް